ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤުރްއާން ތިލާވަތުކުރުމާއި އެ ފޮތުގެ މަތިވެރި ޢިލްމު އުނގެނުމުގައި ދެމިތިއްބަވާ: ނައިބު ރައީސް

naib raees
TTH_Ads
Maldivian_Ads
STO_Ads
Advertisement

ކީރިތި ޤުރްއާން ތިލާވަތުކުރުމާއި އެ ފޮތުގެ މަތިވެރި ޢިލްމު އުނގެނުމުގައި ދެމިތިބުމަށް، ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ބައިވެރީންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު އިލްތިމާސްކުރައްވައިފި އެވެ.

އެމަނިކުފާނު މި އިލްތިމާސްކުރައްވާފައިވަނީ، ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް އިފުތިތާޙުކުރެއްވުމަށް، މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ކީރިތި ޤުރްއާނުގެ ޢިލްމު އުނގަންނައިދީ، ކުދިންގެ ހިތްތަކުގައި ޤުރްއާން ކިޔެވުމުގެ ރިވެތި އާދަ އަށަގަންނުވައި، ބޮޑުވަމުން އަންނަ ޖީލަކީ ކީރިތި ޤުރްއާނާ ނުހަނު ގާތް ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ، މުޅި މުޖުތަމަޢު އަދާކުރަންޖެހޭ މުހިންމު ޒިންމާއެއްކަން އެމަނިކުފާނު ހަނދުމަފުޅުކޮށްދެއްވި އެވެ. އަދި ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތަކީ މި ޒިންމާ ފުރިހަމަކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

HajjCop_ads
Advertisement

އަދި ތިމާ އާއި ކީރިތި ޤުރްއާނާ އޮތް ގުޅުމަކީ ވަކި މުބާރާތަކުން ނިމިގެންދާ ކަމެއް ނޫންކަން އަބަދުވެސް ހަނދާނުގައި ބަހައްޓައިގެން، ޤުރްއާނުގެ ޢިލްމު އުނގެނުމުގައި ދެމިތިބުމަށާއި، ބައިވެރީންގެ ޢަމަލުތަކާއި ސުލޫކަކީ ޤުރްއާނުގެ އަލީގައި ބައްޓަންވެފައިވާ ރިވެތި ސިފަތަކަކަށް ހަދައި، ޤައުމާއި މުޖުތަމަޢަށް ނަމޫނާ، ޚިދުމަތްތެރި ދަރިންތަކަކަށް ވުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އަދި މުބާރާތުގެ ނަތީޖާއަށްވުރެ ބޮޑަށް، ޤުރްއާނަށް ކުދީންގެ ހިތްތަކުގައި އޮތް ލޯބި ދެމެހެއްޓުމަށް ބާރުއަޅުއްވައިދެއްވުމަށް، މުބާރާތުގެ ބައިވެރިންގެ ބެލެނިވެރިންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، އިސްލާމީ ތަޢުލީމާއި ޤުރްއާނުގެ ޢިލްމު ފުޅާކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ކުރިއަށްއޮތް ދުވަސްތަކުގައިވެސް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޒަމާނީ ފެންވަރުގެ ޤުރްއާނާ ބެހޭ މަރުކަޒުތައް ޤާއިމުކުރުމާއި، މުދައްރިސުން ތަމްރީނުކުރުމުގެ ފުރުޞަތުތައް އިތުރުކުރުމުގެ މަސައްކަތް ކުރެއްވުމަށް ހަމަޖެހިފައިވާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ މުބާރާތެކޭ އެއްގޮތަށް މި އަހަރުގެ މުބާރާތްވެސް ކުރިއަށްގެންދަވަނީ 3 ބުރަކަށް ބަހާލައިގެންނެވެ. މާލޭގެ އިތުރުން ރާއްޖޭގެ 20 ސަރަޙައްދެއްގައި މި މުބާރާތުގެ އޮޑިޝަން ބުރު ކުރިއަށްގެންގޮސްފައިވަނީ، މި އަހަރުގެ ޖޫން މަހާއި ޖުލައި މަހުގައެވެ. ސެމީ ފައިނަލް ބުރަށް ހޮވުނު 379 ބައިވެރީންގެ ކިޔެވުން ކުރިއަށްގެންދާނީ މި ހިނގާ ސެޕްޓެންބަރު މަހުގެ 11 އިން 14 ގެ ނިޔަލަށެވެ. އަދި އެއަށްފަހު ފައިނަލް ބުރަށް ހޮވޭ 150 ބައިވެރީންގެ ކިޔެވުން ކުރިއަށްގެންދާނީ މި ހިނގާ ސެޕްޓެންބަރު މަހުގެ 16 އިން 17 ގެ ނިޔަލަށެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

naaib raees

ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ބަދަލު ގެނައީ ވިޔަފާރިތަކާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމަށް: ނައިބު ރައީސް

ސަރުކާރުން ކުރަމުންދަނީ ގައުމު އަލުން އާރާސްތުކުރުމުގެ މަސައްކަތް: ނައިބު ރައީސް

ޤުރްއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ބައިވެރިން ރާއްޖެ އަތުވެއްޖެ

ޤުރްއާން އެސްއެސްސީ އިމްތިޙާނު ބާއްވަން ތައްޔާރުވެއްޖެ