ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނައިބު ރައީސް ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

Vice Pres
Maldivian_Ads
TTH_Ads
STO_Ads
Advertisement

އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައި-ލެވެލް ހަފުތާގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

މި ސަމިޓުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ރާއްޖެއިން އަހައްމިއްޔަތުކަންދޭ ކަންކަން ކަމުގައިވާ އިންސާފުވެރި ވެރިކަމުގެ ނިޒާމަކަށާއި، މޫސުމީ ވިލުންތެރިކަމަށާއި، އަދި ކުދި ޖަޒީރާ ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ހާމަކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުންޏެވެ.

ޢާންމު ބަހުސްގައި ރާއްޖޭގެ ފަރާތުން ޤައުމީ ބަޔާން އިއްވަވަމުން، ކޮންމެ ޤައުމަކަށްވެސް އެ ޤައުމެއްގެ އަމިއްލަ މުސްތަޤުބަލު ބައްޓަންކުރުމުގެ އަސާސީ ޙައްޤު ލިބިގެންވާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

މިގޮތުން ކުދި ޤައުމުތަކުގެ ސަލާމަތަށް ކުރިމަތި ވަމުންދާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މިއީ 2040 ވަނަ އަހަރާ ހަމައަށް ރާއްޖެ ތަރައްޤީވެފައިވާ ޤައުމަކަށް ހެއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ ގުޅިފައިވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، 1967 ގެ ކުރީގެ ސަރަޙައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް، އެމަނިކުފާނު ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތު ކުރެއްވިއެވެ. އަދި އދ. ގެ ސަލާމަތީ މަޖިލީހުން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދައުރުވާ ގޮނޑިއެއް ކަނޑައެޅުމަށް އެދިވަޑައިގެންނެވުމުގެ އިތުރުން އދ. ގެ ނިޒާމަށް ފުރިހަމަ އިޞްލާޙީ ބަދަލުތަކެއް ގެނައުމަށްވެސް އެމަނިކުފާނު ގޮވާލެއްވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކަށް އަލިއަޅުއްވާލައްވަމުން، ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅޭގޮތުން ބޭއްވި މަތީ ފަންތީގެ ޕްލެނަރީ ބައްދަލުވުމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ތަޤުރީރު ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ކަނޑުގެ ލޮނުގަނޑު އުފުލި ރަށްތައް ގިރަމުންދާ ދިއުމަށް ރާއްޖެއިން ދޭ ޖަވާބަކީ، ފަހަތަށް ޖެހުމެއް ނެތި ވިލުންތެރިކަން އިސްކުރުން ކަމުގައެވެ.

މޫސުމަށް އަންނަމުންދާ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ހިލޭ އެހީ، ފުޅާ ދާއިރާއެއްގައި އަވަހަށް ލިބިދިނުމަށް އިލްތިމާސް ކުރައްވަމުން، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ޤާނޫނީ ގޮތުން ބަލައިގެންފައިވާ ކަނޑުގެ ސަރަޙައްދީ އިންތައް އުނިވާންޖެހޭނެ، ނުވަތަ ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އުފެދިފައިވާ ދައުލަތެއް ނެތިގެން ދާންޖެހޭ ސަބަބެއް ނޫން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އޮފީހުން ހާމަކުރި ގޮތުގައި، ބައިނަލްއަޤްވާމީ ގުޅުންތައް އިތުރަށް ބަދަހިކުރެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާން އާއެކު މުހިންމު މަޝްވަރާތަކެއް ބާއްވަވާފައެވެ.

މީގެއިތުރުން، ޗައިނާއިން އިންތިޒާމުކުރި ގްލޯބަލް ޑިވެލޮޕްމަންޓް އިނިޝިއޭޓިވްގައިވެސް އެމަނިކުފާނު ތަޤުރީރު ކުރެއްވިއެވެ.

ރައީސް އޮފީހުން ބުނީ މި ބައްދަލުވުން ތަކުގެ ޒަރީޢާއިން، ޚާރިޖީ ގޮތުންނާއި، އަދި ތަރައްޤީގައި ދިވެހިރާއްޖެއިން އިސްކަންދޭ ކަންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ބައިނަލްއަޤްވާމީ މައިދާނުގައި ކާމިޔާބުކަމާއިއެކު ހާމަ ކުރައްވާފައިވާ ކަމަށެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Sembe naib raees

ރާއްޖޭގެ ތަރައްގީގައި ޗައިނާގެ އެހީތެރިކަމަށް ނައިބު ރައީސް ޝުކުރުއަދާކުރައްވައިފި

naib raees

އދގެ ސަލާމަތީ މަޖިލިސް މިހާރަށްވުރެ ފުޅާކުރަންޖެހޭ: ނައިބު ރައީސް

naib raees

ޤުރްއާން ތިލާވަތުކުރުމާއި އެ ފޮތުގެ މަތިވެރި ޢިލްމު އުނގެނުމުގައި ދެމިތިއްބަވާ: ނައިބު ރައީސް

naaib raees

ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ބަދަލު ގެނައީ ވިޔަފާރިތަކާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމަށް: ނައިބު ރައީސް