ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އދގެ ސަލާމަތީ މަޖިލިސް މިހާރަށްވުރެ ފުޅާކުރަންޖެހޭ: ނައިބު ރައީސް

naib raees
STO_Ads
TTH_Ads
Maldivian_Ads
Advertisement

ދުނިޔެއަށް އައިސްފައިވާ ބަދަލުތަކާއި އަންނަމުންދާ ބަދަލުތަކާ ފައިހަމަވާނެ ގޮތަށް އދ.ގެ ސަލާމަތީ މަޖިލިސް އިސްލާހުކުރުމަށް ރާއްޖެއިން ހުށަހެޅުންތަކެއް ހުށަހަޅައިފިއެވެ.

މި ހުށަހެޅުންތައް ހުށަހެޅުއްވީ އދގެ އާއްމު މަޖިލީހުގައި މިރޭ ކުރެއްވި ތަގުރީރުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފެވެ. ނައިބުރައީސް ވިދާޅުވީ މިއަދުގެ ދުނިޔެގެ މައްސަލަަކާމެދު ގޮތްތައް ނިންމަމުންދާއިރު، ސަލާމަތީ މަޖިލީހަކީ 1945 ވަނަ އަހަރުގެ ދުނިޔެ ރިވެލިވާ ގޮތަށް އޮތް މަޖިލީހަކަށް ވެގެންނުވާނެ ކަމަށެވެ.

އެ މަޖިލީހުގައި ހިމެނޭ ދާއިމީ އަދި ވަގުތީ މެންބަރުންގެ ކެޓަގަރީތައް މިހާރަށްވުރެ ފުޅާކުރަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނު ހުށަހެޅުއްވީ އދގެ ސަލާމަތީ މަޖިލީހުގައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ހާއްސަ ގޮނޑިއެއް ކަނޑައެޅުމަށެވެ. އެއާއެކު އެފްރިކާއަށް ނުދީ ހިފަހައްޓާފައި އޮންނަތާ އެތައް ޒަމާނެއްވީ ފުރުސަތު އެ ބައްރަށްދީ، އެ ބައްރުގެ ގައުމަކަށް ސަލާމަތީ މަޖިލީހުން ޖާގައެއް ދިނުމަށް ގޮވައިލެއްވިއެވެ.

HajjCop_ads
Advertisement

އިތުރަށް އެމަނިކުފާނު ވިދާޅުވީ އދ.ގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރު ގައުމުތަކަށް ދީފައި އޮންނަ ވީޓޯކުރުމުގެ ބާރު އެކީ އުވައިލަންޖެހޭ ކަމަށެވެ. ތަމްސީލުކުރުމަކީ ރަމްޒީ ކަމެއް ނޫންކަމަށާއި، އެ މޭޒެއްގައި ނިންމޭ ނިންމުންތަކަކީ އެ މޭޒެއްގެ ދޮށުގައި އިށީންނަ ބަޔަކު ބައްޓަންކުރާ އެއްޗެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވިޔަފާރިއާއި ފައިނޭންސްއާއި ސަޕްލައި ޗޭންތައް ސަލާމަތާ ލާމެހިފައިވާ މިންވަރު ކުދި ގައުމުތަކަށް ވަރަށް ރަނގަޅަށް ވިސްނޭކަން ފާހަގަކުރައްވަމުން ނައިބުރައީސް ވިދާޅުވީ ނަހަމަ ބާރާ ދެކޮޅަށް ކުދި ގައުމުތަކަށް ލިބޭ އެންމެ ބޮޑު ހިމާޔަތަކީ ބައިނަލްއަގުވާމީ ގާނޫނުތައްކަން ކުދި ގައުމުތަކަށް އެނގޭ ކަމަށެވެ.

އިގުތިސާދީ އަދި އިޖުތިމާއީ މަޖިލީހުގެ 2027 އިން 2029 އަށް އޮންނަ ދައުރުގެ މެންބަރުކަން ރާއްޖެއަށް ލިބިފައިވާކަނަް ފާހަގަކުރައްވަމުން ނައިބުރައީސް ވިދާޅުވީ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގ 2028 އިން 2030 ގެ ދައުރުގެ މެންބަރުކަމަަށް އިންތިހާބުވުމަށާއި، ސަލާމަތީ މަޖިލީހުގެ 2030 އިން 2034 ވަނަ އަހަރުގެ ދައުރުގައި އެ މަޖިލީހުގެ މެންބަރުކަމަށް އިންތިހާބުވުމަށް މެންބަރު ދައުލަތްތަކުގެ ތާއީދަށް ރާއްޖެއިން އެދޭ ކަމަށެވެ.

“ސަލާމަތީ މަޖިލީހުގެ މެންބަރުކަމަށް ރާއްޖެއިން ވާދަކުރަނީ ކުދި ގައުމުތަކަކީ ނިންމުންތައް ނިންމުމުގައި ބައިވެރިންނަށްވާންޖެހޭތީ. ހަމައެކަނި ނިންމުންތައް ބަލައިގަންނަން ތިބޭ ބަޔަކަށްވާންނުޖެހޭތީ.،” ނައިބުރައީސް ވިދާޅުވިއެވެ.

ނައިބުރައީސް އިތުރަށް ވިދާޅުވީ ފުރިހަމައަށް މެންބަރު ދައުލަތްތަކާއި އިންސާނީ ޖަމާއަތް ތަމްސީލުވާ ގޮތަށް ތަރުތީބުވާންޖެހެނީ އދގެ ގުނަވަންތައް އެކަނި ނޫން ކަމަށެވެ. އދ.ގެ ލީޑާޝިޕުވެސް އެގޮތަށް ތަރުތީބުވާންޖެހޭ ކަމަށެވެ. އެގޮތުން އދގެ އަމީން ޢާއްމު ގުޓަރޭޒްގެ ދައުރު ނިމުމަކަށް އަންނައިރު، އެމަނިކުފާނަށް ރާއްޖެއިިން ޝުކުރު އަދާކުރާ ކަމަށެވެ.

ގުޓަރޭޒްގެ ފަހުން އެ މަގާމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅަކު އިހުތިޔާރުކުރުމުގެ އިޖުރާއާތު ހިނގަންވާނީ ދެ ފުށް ފެންނަ ގޮތަށްކަމަށާއި، އދއަށް ލިބިފައިވާ ހުނަރުތަކުގެ އެންމެ ފުނުން ބޭފުޅަކު އިހުތިޔާރުކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ނައިބުރައީސްވަނީ ފާއިތުވި އަށް ދަހަރުގެ ތެރޭ އެ މަގާމަށް އަންހެން ބޭފުޅަކު އިންތިހާބުވެފައިނުވާކަން ފާހަގަކުރައްވައި މިއީ އދގެ ހިންގެވުމާ އަންހެން ބޭފުޅަކު ހަވާލުވެވަޑައިގަންނަވަން އެންމެ މުނާސަބަތު ވަގުތުކަމަށް ވިދާޅުވެފައެވެ.

“އދއަށް ބޭނުންވަނީ އިސްތިސްނާކުރުމެއް ނެތި އދ.ގެ ޗާޓަރު ދިފާއުކުރައްވާނެ ލީޑަރެއް. އެއީ އިސްލާހުތައް ނަތީޖާއަށް ބަދަލުކޮށްދެއްވައި، އެންމެ ކުދި މެންބަރު ގައުމުތައް ހިމެނޭހެން ހުރިހާ ދައުލަތެއްގެ އަަޑުއައްސަވާނެ ބޭފުޅެއް.،” ނައިބުރައީސް ވިދާޅުވިއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

naib raees

ޤުރްއާން ތިލާވަތުކުރުމާއި އެ ފޮތުގެ މަތިވެރި ޢިލްމު އުނގެނުމުގައި ދެމިތިއްބަވާ: ނައިބު ރައީސް

naaib raees

ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ބަދަލު ގެނައީ ވިޔަފާރިތަކާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމަށް: ނައިބު ރައީސް

ސަރުކާރުން ކުރަމުންދަނީ ގައުމު އަލުން އާރާސްތުކުރުމުގެ މަސައްކަތް: ނައިބު ރައީސް

raees Muiz

ނައިބު ރައީސް ވަކިކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު: ރައީސް