ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގެދޮރުވެރިކަމުގެ ލޯނަށް ބޭނުންވާ އިކުއިޓީ ހިލޭ ދޭ ސްކީމެއް މިއަހަރު ފަހުކޮޅު ހުޅުވާލަނީ

471582 5360a507 c
STO_Ads
Maldivian_Ads
TTH_Ads
Advertisement

ގެދޮރުވެރިކަމަށް ބޭނުންވާ އިކުއިޓީ ފައިނޭންސް ފޯރުކޮށްދިނުމުގެ ސްކީމެއް މިއަހަރު ފަހުކޮޅު ހުޅުވާލަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގެދޮރުވެރިކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަލަށް ހުޅުވާލާ ސްކީމަކީ، އިމާރާތްކުރަން ލޯނު ނެގުމަށްޓަކައި ބޭންކުތަކަށް ދައްކަން ޖެހޭ އިކުއިޓީއިން ބައެއް ސަރުކާރުން ހިލޭ ދޫކުރާ ގޮތަށް ކުރިއަށް ގެންދާ ސްކީމެއްކަމަށެވެ.

މި ލޯނު ސްކީމްގެ ދަށުން ކޮންމެ މީހަކަށްވެސް ވަކި އަދަދަކަށް އިކުއިޓީ ސަރުކާރުން ދޭނެ ކަމަށާއި، އެ އިކުއިޓީއަކީ އަނބުރާ ދޭންޖެހޭ އެއްޗެއް ނޫންކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އަލަށް ތަޢާރަފްކުރާ ސްކީމްގައި ސަރުކާރުން ދޭނީ %5 އަށްވާ ފައިސާކަމަށެވެ.

HajjCop_ads
Advertisement

މިހާރުވެސް، ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ދޫކުރާ އެފޯޑަބުލް ލޯނުގެ އިކުއިޓީއަކީ %5 ކަމަށާއި އެއީ އާއްމުންނަށް ލިބޭ ވަރަށް ބޮޑު ލުޔެއްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސްވަނީ އެ ލޯނު ސްކީމަށް ލިބޭ ތަރުޚީބު ރަނގަޅުކަމަށް ވިދާޅުވެފައެވެ.

“މިއަހަރު ފަހުކޮޅު އަޅުގަނޑުމެން ހުޅުވާލަނީ އިރާދަކުރެއްވިއްޔާ އެއަށް ވުރެ މާ ފުޅާ ސްކީމެއް، އިކުއިޓީ ފައިނޭންސް ލޯނު ސްކީމް. އެއީ އިކުއިޓީ ސަރުކާރުގެ މި ފަންޑުގެ ތެރެއިން ފޯރުކޮށްދިނުމުގެ ސްކީމެއް. އިކުއިޓީ ފައިނޭންސް މިދެނީ ކޮންމެ މީހަކަށް ވަކި އަދަދެއް” ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އާއިލާގެ އެންމެން އެއްވެގެން ގެއެއްގެ ފައިނޭންސް އިކުއިޓީއަށް ބޭނުންވާ މިންވަރު ހަމަކުރުމަށް މަސައްކަތްކުރާއިރު، ސަރުކާރުން ފޯރުކޮށްދޭ އިކުއިޓީގެ މިންވަރު އަނބުރާ ދައްކަން ނުޖެހުމަކީ ފަސޭހައަކަށްވާނެކަމަށެވެ. އަދި އެކަމާގުޅޭ ތަފްސީލްތައް ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ހާމަކުރައްވާނެކަމަށެވެ.

މީގެކުރިން، ގެދޮރު އިމާރާތްކުރުމަށާއި ގަތުމަށް ދޫކުރާ ހައުސިން ލޯނުތަކުގެ އިކުއިޓީއަކީ %10 އެވެ. ނަމަވެސް މިހާރު ބީއެމްއެލް އިން ވަނީ އިކުއިޓީ %5 ކުޑަކޮށްފައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުން ފަހިކޮށްދޭ ފުރުޞަތުތަކާއެކު 2028 ވަނަ އަހަރުގެ މެދަކާ ހިސާބަށްދާއިރު، ގިނަ ރައްޔިތުންތަކަކަށް ބޯހިޔާވަހިކަން ކަށަވަރުވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވިއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

471574 26c7bbb6 f

ފޯޅަވަހީގެ މައްސަލާގައި ރަސްމީ ވާހަކަތައް ފެށުމަށް ރައީސްގެ ދަޢުވަތު އިނގިރޭސި ބޮޑުވަޒީރަށް

resorts

ދިވެހި ރައްޔިތުންނަށް ހިއްސާ ދިނުމަށް ހަދާ 10 ރިސޯޓު، ތަރައްޤީކުރާނެ ސަރަޙައްދު ކަނޑައަޅައިފި

410818 bb529946 1

މަދަނީ މައްސަލަތައް އަވަސްކުރަން ޤާނޫނު އިޞްލާޙުކުރަނީ

471601 6fc0382f 2

އަޅުގަނޑުމެން އެންމެންނަކީ ޤައުމާމެދު އިޚްލާޞްތެރިކަމާއެކު ދެކޭ ބަޔަކަށް ވާންޖެހޭ: ރައީސް