ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަމީނީ މަގުގެ ސެގްމެންޓު 1ގައި މި ހަފްތާގައި ތާރުއަޅަން ފަށަނީ

HRm9exUbYAACcj
STO_Ads
TTH_Ads
Maldivian_Ads
Advertisement

އަމީނީ މަގު އަލުން ތަރައްޤީކުރުމަށް ފެށި މަޝްރޫޢުގެ ދަށުން، އެ މަގުގެ ސެގްމެންޓް 1ގައި މި ހަފުތާގެ ތެރޭގައި ތާރުއެޅުމުގެ މަސައްކަތް ފެށޭނެކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ ، ސެގްމެންޓް 1ގައި އޭބީސީ އެޅުމުގެ މަސައްކަތާއި ޕްރައިމް ކޯޓު ސްޕްރޭކުރުމުގެ މަސައްކަތް މިދިޔަ ހަފުތާގައި ނިމިފައިވާ ކަމަށާއި، ސެގްމެންޓް 1ގެ އެންމެ މަތީ ފަށަލައިގައި ތާރުއެޅުމުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ކުރިއަށްދާނެކަމަށެވެ. އެކުންފުނިން އަންނަނީ، މަޝްރޫޢުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ހުރިހާ ތައްޔާރީތަކެއް ވަމުންނެވެ.

އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން މަގު މަރާމާތު ކުރުމުގެ އިތުރުން ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވެއެވެ. އަމީނީ މަގުގެ މިހާރު ހަލާކުވެފައިވާ ސަރަޙައްދުގެ މަސައްކަތް ނިންމާ ފުރަތަމަ ހުޅުވީ، 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ. މިދިޔަ އަހަރުގެ ކުރީކޮޅުވެސް ވަނީ، މާފަންނު ސްޓޭޑިއަމް ސަރަޙައްދުގެ އިރުން ހުޅަނގަށް ދުއްވާ ލޭނުން ބައެއްގެ ތާރުގަނޑު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.

HajjCop_ads
Advertisement

ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި މަގުގެ ތާރުގަނޑު ހަލާކުވެ، އަޑިގުޑަންވެ، މަގުން ދުއްވާ މީހުންނަށް އޭގެ އުނދަގޫ ވަރަށް ބޮޑަށް ކުރިމަތިވިއެވެ. މީގެ ސަބަބެއްގެ ގޮތުގައި ޓެކްނިކަލް ފަރާތްތަކުން ފާހަގަކުރަނީ ތާރު އެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމެވެ.

މިދިޔަ ސަރުކާރުން 84.4 މިލިޔަން ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށް ގެންދިޔަ، އަމީނީ މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 1.79 ކިލޯ މީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ތަރައްޤީ ކޮށްފައިވެއެވެ. އަމީނީމަގުގެ މަސައްކަތް މުޅިން ނިންމާފައިވަނީ، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ.

އަމީނީ މަގުގެ މާފަންނާވީ ސަރަހައްދު ހަލާކުވެފައިވާތީ މަގު މަރާމާތުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޣިޔާސުއްދީން ސްކޫލުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ ސަރަޙައްދު އަލުން ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރެއިން ސެގްމަންޓް 1ގެ ދަށުން މަރާމާތު ކުރަމުންދަނީ، ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަތުމަވަންތަ ހޮސްޕިޓަލުގެ ޕާކާ ހަމައަށް އޮންނަ ސަރަޙައްދެވެ. އެއީ، ގާތްގަނޑަކަށް 270 މީޓަރުގެ ސަރަޙައްދެކެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މޮޅަދޫ އައުޓްޑޯ ވޮލީ ކޯޓުގެ އިލެކްޓްރިކަލް ވަޔަރިންގެ މަސައްކަތް ކުރިއަށްދަނީ

ގަމު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 87 އިންސައްތަ މަސައްކަތް ނިމިއްޖެ

WhatsApp Image 2026 09 07 at 17.51.12

އޮމަދޫ ބަނދަރު ތަރައްޤީކުރުމުގެ %51 މަސައްކަތް ނިމިއްޖެ

0ecc28b5 872e 4aea 9f3d e280a2e2d99a

ރ. ކިނޮޅަހުގެ ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް