އަމީނީމަގު އަލުން ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ދެން ތަރައްޤީކުރާނީ ދިވެހިރާއްޖޭގެ އަޑު ކުރިމަތީ ހަތަރު އަނގޮޅި އެކަނި ބަންދުކޮށްގެންކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެކުންފުނިން މިހާރު ވަނީ އަމީނީ މަގުގެ ފުރަތަމަ ފިޔަވަހީގައި ތާރުއަޅައި ނިންމާލާފައެވެ. ނަމަވެސް އަދި އާންމުކޮށް އެބައި ހުޅުވާ ނުލައެވެ. އެމްޓީސީސީން ބުނީ އަމީނީ މަގުގައި ފުރަތަމަ ތާރުއަޅައިގެން އަލުން ތަރައްޤީކުރި ސަރަޙައްދާއި ޢިއްޒުއްދީން މަގު އަދި އަޑުކުރިމަތީ ހިމެނޭ ހަތަރު އަނގޮޅިއާއެކު އާންމުންނަށް ހުޅުވާލުމަށްފަހު ބާކީ އޮތް ސަރަޙައްދު ބައިބަޔަށް ބަހާލައިގެން ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
އެމްޓީސީސީން ބުނީ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށް ނިންމާފައިވަނީ މާފަންނު ސަރަޙައްދުން އަމީނީ މަގާއި އިއްޒުއްދީން މަގު އާންމުންނަށް ހުޅުވާލުމަށްފަހުކަމަށެވެ.

އަމީނީ މަގަކީ މާލޭގެ ކާރޫބާރޫ ބޮޑު މަގެކެވެ. ޒަމާނީ ފެންވަރަށް މަގު ތަރައްޤީކޮށް ހުޅުވާލިތާ ގިނަ ދުވަސްތަކެއް ނުވަނީސް މަގުގެ ތާރުގަނޑު ހަލާކުވެ އެކަމުގެ ޝަކުވާ ބޮޑުވިއެވެ. ސަރުކާރުން މިހާރުދަނީ އަމީނީ މަގުގައި ތާރުއެޅުމުގެ މަސައްކަތް އަލުން ކުރަމުންނެވެ.
އަމީނީ މަގުގެ ތާރު ހަލާކުވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުކުރިމަތީ އޮންނަ ޕާކު ސަރަޙައްދުން ފެށިގެން ޣިޔާސުއްދިން ސްކޫލް ހިމެނޭ ސަރަޙައްދާ ދެމެދުގައެވެ. ތާރުގަނޑު އުފުލުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމުގެ ފުރުސަތު ބޮޑުވުމާއި ގުޅިގެން އަލުން ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީން ފެށީ ޖޫން މަހުގެ ތެރޭގައެވެ. ދެފިޔަވައްސަކަށް ބަހާލައިގެން ތާރުއެޅުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ދަރުމަވަންތަ ކައިރީ އޮންނަ ޕާކު ކައިރިން ފެށިގެން ޢިއްޒުއްދީން މަގު ހިމެނޭ ސަރަޙައްދުގައި ތާރުއަޅާވަނީ ނިންމާލާފައެވެ.
ދެވަނަ ފިޔަވހީގެ ދަށުން ޢިއްޒުއްދީން މަގުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް މަސައްކަތް ފަށާފައިވާއިރު އެސަރަޙައްދުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެކި ބައިބަޔަށް ބަހާލައިގެން ޓްރެފިކް ފްލޯއަށް ދަތިނުވާގޮތަށެވެ.










ކިޔުންތެރިންގެ ހިޔާލު