ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަމީނީ މަގުގެ މަރާމާތުކުރި ސަރަޙައްދު ހުޅުވާލައިފި

Maldivian_Ads
TTH_Ads
STO_Ads
Advertisement

އަމީނީ މަގުގައި މަރާމަތުކުރި ސަރަޙައްދު އާއްމު ދަތުރުފަތުރުކުރުމަށް މިހާރު ހުޅުވާލާފައިވާކަމަށް ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އަމީނީ މަގު މަރާމަތުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ.

އަމީނީ މަގުގައި ހަލާކުވެފައިވާ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ކުރިއަށްގެންގޮސްފައިވަނީ ދެ ސެގްމަންޓެއްގެ މަސައްކަތެވެ. އެއީ ސެގްމަންޓް 1 ގެ ގޮތުގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފަށައިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަޙައްދާއި، ސެގްމަންޓް 2ގެ ގޮތުގައި، ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ ހަތަރުއަނގޮޅި ކަންމައްޗެވެ. މި ދެ ސެގްމަންޓުގެ މަރާމާތުގެ މަސައްކަތް ނިންމާ މިހާރު ވަނީ ހުޅުވާލާފައެވެ.

HajjCop_ads
Advertisement

އަމީނީ މަގު ސެގްމަންޓު 1 ގެ ދަށުން ކުރިއަށްގެންދިޔަ މަސައްކަތްތަކުގެ ތެރޭގައި ކުރިން އަޅާފައިވާ އެގްރިކޭޓް ބޭސް ކޯސް (އޭބީސީ) އަދި ތާރު ނެގުމަށްފަހު 2794.062 އަކަމީޓަރުގެ ސަރަޙައްދެއްގައި ސަބްގްރޭޑް، ސަބްބޭސް، އޭބީސީ އަދި ތާރު އެޅުމުގެ މަސައްކަތް ހިމެނެއެވެ. ސެގްމަންޓް 2 ގެ ދަށުން 133.64 އަކަމީޓަރުގެ ސަރަޙައްދެއްގައި ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު އަލުން އެ ސަރަޙައްދުގައި އޭބީސީ އެޅުމާއި ތާރުއެޅުމުގެ މަސައްކަތް ހިމެނެއެވެ.

ދެން ފަށާނީ ސެގްމަންޓް 3 ގެ މަސައްކަތެވެ. ސެގްމަންޓް 3ގެ ގޮތުގައި ކުރިއަށްގެންދަނީ އިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ ސަރަޙައްދެވެ.

އާދީއްތަ ދުވަހު އަމީނީ މަގުގެ މި ސެގްމެންޓުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާތީ މިރޭ ދަންވަރު 12:00 އިން ފެށިގެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ފުލުހުން ވަނީ ނިންމާފައެވެ. އަދި މަގު މަރާމާތުކުރާ ސަރަހައްދުގައި ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން ވަނީ އަންގާފައެވެ.

އެމްޓީސީސީން ވިދާޅުވީ، ސެގްމަންޓު 3 ގެ މަސައްކަތުގެ ތެރޭގައި 1924.77 އަކަމީޓަރުގެ ސަރަޙައްދެއްގައި ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު އަލުން އޭބީސީއާއި ތާރުއެޅުމާއި އަދި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ހިމެނޭކަމަށެވެ. އަދި ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާއި ހަމައަށް ހިމެނޭ ސެގްމަންޓް 4 ގެ މަސައްކަތުގެ ތެރޭގައި 1148.91 އަކަމީޓަރުގެ ސަރަޙައްދެއްގައި ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު އަލުން އޭބީސީއާއި ތާރު އެޅުމާއި އަދި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ހިމެނޭކަމަށެވެ.

އަމީނީ މަގު މާފަންނާވީ ފަޅީގެ ބައިތައް މަރަމާތު ކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ އެ ސަރަޙައްދުގެ ތާރުގަނޑު ވަރަށް ބޮޑަށް ހަލާކުގެ ވަޅުގަނޑުތައް ހެދެމުންދާތީ، އުޅަނދުތައް ދުއްވުމަށް ދަތިވުމުގެ ސަބަބުންނެވެ. މަގުގެ އެ ސަރަޙައްދަކީ ބަސް ދަތުރުކުރާ އަދި ގިނަ އަދަދަކަށް ހެވީ ވެހިކަލްވެސް ދުއްވާ ސަރަޙައްދެކެވެ.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މާލޭގެ ހުޅަނގުކޮޅުން، ބޭރު މަގު ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމަށްވެސް ވަނީ ތައްޔާރުވެފައެވެ. އެގޮތުން މިހާރު ވަނީ ވެސްޓް ޕާކް ސަރަޙައްދުން ބައެއް، ފެން ހިންދާ ނިޒާމުގެ މަސައްކަތް ކުރުމަށެ ބަންދުކޮށްފައެވެ.

ބޮޑުތަކުރުފާނު މަގު ތާރު އަޅާ، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް ވަނީ ހެންވޭރު ފެރީ ޓަރމިނަލުން ފަށައިގެން، ނޯތް ހާބަރާ ހަމައަށް އޮންނަ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތް މުޅިން ނިންމާފައެވެ. މިއާއެކު އެ ސަރަޙައްދުތަކުގެ ތޮއްޖެހުމާއި ދަތުރުފަތުރަށް ބޮޑު ލުޔެއް ވަނީ ލިބިފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
TTH_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big QRSrPxjBASQayqQiZw1g32vj6

ފިންގަރ ޖެޓީތަކުގެ ތަނބުތައް ޖަހާ ނިންމައި، ކޮންކްރީޓް މަސައްކަތް އަންނަ ހަފުތާގައި ފަށަނީ

WhatsApp Image 2026 10 17 at 10.05.30

ގެމަނަފުށީ ފަޅު ފުންކުރުމުގެ މަސައްކަތް ފަށައިފި

WhatsApp Image 2026 10 15 at 15.58.36

ގާދިއްފުށީ ސްކޫލުގެ 10 ކްލާސްރޫމް އިމާރާތުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް

Original

މުރައިދޫ ޕޮލިސް ޕޯސްޓުގެ ފުރާޅުގެ ގިއުގަނޑުގެ މަސައްކަތްތައް ކުރިއަށް