ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެއްފަހަރާ އެތައް ދިމާއަކުން އިސްރާއީލަށް ހަމަލާދޭން އީރާނު ތައްޔާރުވަމުންދާ ކަމަށް ތުހުމަތުކޮށްފި

STO_Ads
Maldivian_Ads
TTH_Ads
Advertisement

ސަރަހައްދުގައި ހަރަކާތްތެރިވާ އިސްރާއީލާ ދެކޮޅު ޖަމާއަތްތަކާ ގުޅިގެން އެތައް ދިމާއަކުން އެއްފަހަރާ އިސްރާއީލަށް ހަމަލާދޭން އީރާނުން މަސައްކަތް ކުރަމުންދާ ކަމަށް އިސްރާއީލުން ތުހުމަތު ކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އިސްރާއީލުގެ ޖެރޫސަލަމް ޕޯސްޓުން އާންމުކުރި ރިޕޯޓަކުންނެވެ.

މި ރިޕޯޓްގައި ބުނެފައިވަނީ، އިސްރާއީލާއެކު ދެން ފަށާ ހަނގުރާމައެއްގައި އެއްފަހަރާ އެތައް ފަރާތްތަކުން އިސްރާއީލަށް ހަމަލާދޭން އީރާނުން ތައްޔާރުވަމުންދާ ކަމަށް އިސްރާއީލުގެ ޖާސޫސީ އިދާރާއިން ގަބޫލުކުރާ ކަމަށެވެ.

HajjCop_ads
Advertisement

އިސްރާއީލަށް ހަމަލާ ދިނުމުގައި އީރާނާއެކު، ލުބުނާނުގެ ހިޒްބުالله، ފަލަސްތީނުގެ ހަމާސް، ޔަމަނުގެ ހޫޘީން އަދި އީރާނާ ގުޅިފައިވާ އިރާގުގެ ހަތިޔާރުއެޅި ޖަމާއަތްތައްވެސް ބައިވެރިވާނޭ ކަމަށާއި، މިއީ، އެންމެން ގުޅިގެން އެއްފަހަރާ އިސްރާއީލަށް ހަމަލާދޭން ފެށުމުގެ ޕްލޭނެއް ކަމަށް އިސްރާއީލުން ގަބޫލު ކުރެއެވެ.

އެގޮތުން ރިޕޯޓްގައި ބުނެފައިވަނީ، އޮކްޓޯބަރު ހަތެއްގައި ތަޖުރިބާކުރި ނާކާމިޔާބީތަކަށް ރިއާޔަތްކޮށް، ޖޮއިންޓް ކޮމިއުނިކޭޝަންއާއި، ޕްލޭނިންއާއި، އޮޕަރޭޝަނަލް މެކޭނިޒަމްތައް އީރާނުން ބިނާކުރަމުންދާ ކަމަށެވެ.

މިކަމުގައި އިސްވެ ހަރަކާތްތެރިވަމުން ގެންދަނީ އީރާނުގެ ގުދުސް ފައުޖު ކަމަށްވެސް ބުނެފައި ވެއެވެ.

އިސްރާއީލަށް ހަމަލާ ދިނުމަށްޓަކައި މިސައިލާއި ޑްރޯންގެ ގާބިލްކަން އަލުން ގާއިމްކުރުމާއި، ގުޅިފައިވާ ތަމްރީނުތައް ބޭއްވުމާއި، ޖަމާއަތްތަކުގެ މެދުގައި ވިލަރެސްކުރުން ވަރުގަދަކުރަމުން ގެންދާ ކަމަށްވެސް ބުނެފައި ވެއެވެ.

ގުދުސް ފައުޖުން އެކަން ކުރަމުންގެންދަނީ ޖަމާއަތްތަކުގެ ވިއުގައިގައި ހިމެނޭ ކޮމާންޑަރުންނާ ގުޅިގެން ކަމަށްވެސް، ޖެރޫސަލަމް ޕޯސްޓްގެ ރިޕޯޓްގައި ބުނެފައި ވެއެވެ.

ސަރަހައްދުގެ ގައުމުތަކަށް އިސްވެ ހަމަލާ ދިނުމަށާއި، ބިންތަކަށް އަރައިގަތުމަށް މި ބާވަތުގެ ތުހުމަތުތައް ކުރުމަކީ އިސްތިއުމާރީ ދައުލަތުން އާންމުކޮށް ކުރަމުންދާ ކަމެކެވެ. ހަމާސްއިން އިސްރާއީލަށް ދޭ ހަމަލާތައް މަޑުޖައްސާލުމުން ބުނެފައިވަނީ، އީރާނުން ހަމާސްގެ މުޖާހިދުން ގެންގޮސް ތަމްރީނުކުރަމުންދާ ކަމަށެވެ.

ޣައްޒާ އިސްތިއުމާރުކޮށްގެން އުޅެނީ ހަމާސްގެ ފަރާތުން ނުރައްކާ އަންނަ ކަމަށް ބުނެއެވެ. ލުބުނާނުގެ ދެކުނު ހިފައިގެން އުޅެނީ ހިޒްބުﷲގެ ފަރާތުން ނުރައްކާ އަންނަ ކަމަށް ބުނެއެވެ.

ސޫރިޔާގެ ބިމަށް އަރައިގަނެ ބިންތައް ހިފައިގެން ތިބީ ސޫރިޔާގެ ދެކޮޅުވެރި ޖަމާއަތްތަކުން އިސްރާއީލަށް ނުރައްކާކުރާ ކަމަށް ތުހުމަތު ކޮށެވެ.

އިސްތިއުމާރީ ދައުލަތުން މިހާރު އެ އުޅެނީ އީރާނާ ދެކޮޅަށް އުދުވާނުތައް ފަށާނެ ހުއްޖަތެއް ހޯދުމަށެވެ. އިސްތިއުމާރީ ދައުލަތުން އެކަން ކުރިޔަސް ކުރާނީ އެމެރިކާ ހައްލާލައިގެން އެމެރިކާގެވެސް ބައިވެރިވުމާ އެކުގައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލުބުނާނުގެ ދެކުނުގެ ހޮސްޕިޓަލަކަށް ބޮންއެޅި މައްސަލަ ލުބުނާނުގެ ރައީސް ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފި

އީރާނުން އެއްވަގުތެއްގައިދިން އެންމެ ވަރުގަދަ ހަމަލާ؛ އެމެރިކާގެ 3 މަނަވަރަކާއި 3 ތެޔޮ ޓޭންކަރަކަށް

ދެން އޮންނާނީ ޓޭންކަރަކަށް ޓޭންކަރެއް އުސޫލު: އެމެރިކާ

އެމެރިކާގައި ހުސްނުވާވަރަށް ހަތިޔާރުގެ ސްޓޮކް އެބަހުރި، ދޮގު ވާހަކަތައް ފަތުރަނީ ޚިޔާނާތްތެރިން: ޓްރަމްޕް