ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނާއެކު އެއްބަސްވުމެއް ހެދިޔަނުދޭން، ވާހަކަތަކަށް ހުރަސްއަޅަން އިސްރާއީލުން ފަންޑުކުރި: އެމެރިކާގެ ނައިބް ރައީސް

ޕާކިސްތާނުގައި ބޭއްވި އީރާން-އެމެރިކާގެ ވާހަކަތަކަށް އެމެރިކާގެ ނައިބް ރައީސް ޖޭޑީ ވޭންސް އިސްލާމްއާބާދުގައި:
STO_Ads
TTH_Ads
Advertisement

އީރާނާއެކު އެއްބަސްވުމެއް ހެދުމަށް އިސްތިއުމާރީ އިސްރާއީލުން ހުރަސްއެޅި ކަމަށް އެމެރިކާގެ ނައިބް ރައީސް ޖޭޑީ ވޭންސް އިއުތިރާފްވެވަޑައި ގެންފިއެވެ.

ދަ ޖޯ ރޯގަން އެކްސްޕީރިއަންސް ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ނައިބް ރައީސް ވިދާޅުވީ، އޭނާ އިސްވެ ހުރެ އީރާނާ ވާހަކަ ދައްކައިގެން އެއްބަސްވުމެއް ހަދާފާނެތީ އިސްރާއީލުން ފަންޑުކޮށްގެން ވާހަކަތަކަށް ހުރަސްއަޅަން އިސްރާއީލު ސަރުކާރުގެ ތެރެއިން ވަރުގަދަ ކެމްޕެއިނެއް ކޮށްފައިވާ ކަމަށެވެ.

ޖޭޑީ ވޭންސް ވިދާޅުވީ، އީރާނާ ވާހަކަ ދައްކަން އޭނާ ތާއީދުކުރައްވާތީ، އިސްރާއީލުން ފަންޑުކޮށްގެން ޓްރަމްޕްގެ ކެމްޕެއިންގެ ކުރީގެ މެމްބަރަކު އޭނާއަށް ވަރަށް ބޮޑަށް ދިމާކޮށްލި ކަމަށެވެ. އޭނާއަށް ބަހުގެ ހަމަލާތައް ދެމުންގެންދިޔަ ކަމަށެވެ.

HajjCop_ads
Advertisement

އަދި އިސްރާއީލުން ފަންޑުކޮށްގެން ސޯޝަލް މީޑިއާ އިންފްލުއެންސަރުން ލައްވައި އޭނާއާ އެތައް ގޮތަކުން ދިމާކޮށް އަގު ވައްޓާލަން އެތައް މަސައްކަތް ކުރި ކަމަށްވެސް ނައިބް ރައީސް ވޭންސް ވިދާޅުވިއެވެ.

އެމީހުންގެ އަމާޒަކަށްވީ، އީރާނު މައްސަލަ ޑިޕްލޮމަސީގެ ތެރެއިން ހައްލުކުރިޔަ ނުދިނުން ކަމަށްވެސް ވިދާޅުވިއެވެ.

ސުލްހަވެރިމަގުން އީރާނުގެ މައްސަލަ ހައްލުކުރުމުގެ ސިޔާސަތު ދޫކޮށް، އެމެރިކާއިން އީރާނާ ދެކޮޅަށް ހުއްޓާނުލާ ހަނގުރާމަ ކުރަން ބޭނުންވެ އެކަމަށް ބާރުއަޅަމުންދާ މީހުން އިސްރާއީލު ސަރުކާރުގެ ތެރޭގައި އެބަތިބި ކަމަށް ޖޭޑީ ވޭންސް ވިދާޅުވިއެވެ.

މުއްދަތެއް ނެތްގޮތަށް އީރާނު ހަނގުރާމަ ކުރިއަށް ގެންދިއުމަށްޓަކައި، ހަނގުރާމައާ ގުޅޭގޮތުން އެމެރިކާގެ އާންމު ރައްޔިތުންގެ ވިސްނުން ބަދަލުކުރަންވެސް، އިސްރާއީލު ސަރުކާރުގެ ތެރެއިން މަސައްކަތް ކުރަމުންދާ ކަމަށް އެމެރިކާގެ ނައިބް ރައީސް ވިދާޅުވިއެވެ.

އެމެރިކާގެ ނައިބް ރައީސްގެ މި ވާހަކަތަކަކީ، އިސްތިއުމާރީ ދައުލަތަށް ނިސްބަތް ކުރައްވައި އޭނާ ދެއްކެވި ވަރަށް ވަރުގަދަ ވާހަކަތަކެކެވެ. އިސްތިއުމާރީ ދައުލަތް ޖޭޑީ ވޭންސްވަނީ ފަޟީހަތް ކުރައްވާފައެވެ.

އޭނާގެ ވާހަކަތަކުން، އެމެރިކާ ސަރުކާރުގެ ތެރޭގައި އިސްރާއީލާ މެދު ބައިބައިވުން އުފެދިފައިވާ ކަމާއި، ވެރިކަންކުރާ ޕާޓީ ތެރެވެސް ބައިބައިވެފައިވާކަން ހާމަވާ ކަމަށް މުހައްލިލުން ވިދާޅުވެއެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އަހަރެން ބޮޑުވަޒީރަކަށް ހުރިހާހިނދަކު ފަލަސްތީނުގެ މިނިވަން ދައުލަތެއް ނުއުފެއްދޭނެ: ނަތަންޔާހޫ

ހޮރްމޫޒު ހުޅުވަން އީރާނުން އެމެރިކާއަށް ކުރިމަތިކުރީ ސަލާމަތްނުވެވޭވަރުގެ ހަރުކަށި ޝަރުތުތަކެއް

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް މައްޗަށް ޖެހިލައިފި

ހޮރްމޫޒާ ގުޅޭގޮތުން އީރާނާއި އުމާން އެއްބަސްވުމަކަށް، ހޮރްމޫޒު ވަގުތުން ނުހުޅުވާނެ