ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީރާނުން ހޮރްމޫޒު ކަނޑުއޮޅި ބަންދުކޮށް، އެއްވެސް އުޅަނދެއް ކަނޑުއޮޅިއާ ގާތްނުވާން އަންގައިފި

–
STO_Ads
TTH_Ads
Maldivian_Ads
Advertisement

ހޮރްމޫޒު ކަނޑުއޮޅިއާ އެއްވެސް އުޅަނދެއް ގާތްނުވާން، އީރާނުގެ އިންގިލާބީ ލަޝްކަރުން އަންގައި އިންޒާރު ކޮށްފިއެވެ.

އީރާނުގެ އިންގިލާބީ ލަޝްކަރުން މިކަމުގެ އިންޒާރުކޮށް ނެރުނު ބަޔާނުގައި ބުނެފައިވަނީ، ހޮރްމޫޒު ކަނޑުއޮޅި މިހާރު އެއްކޮށް ބަންދުކޮށްފައިވާ ކަމަށާއި، އެހެންކަމުން، ސަލާމަތީ ފިޔަވަޅެއްގެގޮތުން އެއްވެސް އުޅަނދެއް ހޮރްމޫޒާ ގާތްވެގެން ނުވާނޭ ކަމަށެވެ.

މިފިޔަވަޅުއެޅީ، އިސްތިއުމާރީ އިސްރާއީލުގެ އަމަލުތައް ހުރިގޮތުންނާއި، ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގައި ހިމެނޭ ކަންކަން އެމެރިކާއިން ފުރިހަމަ ކުރަމުން ނުގެންދާތީ ކަމަށެވެ.

HajjCop_ads
Advertisement

ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުމަށް އިހްތިރާމްކޮށް ހުކުރު ދުވަހުން ފެށިގެން ހިޒްބުﷲއިން ހަމަލާއެއް ނުދެއެވެ. އެހެން ނަމަވެސް، އިސްތިއުމާރީ ސިފައިން ހުއްޓާނުލާ ގެންދަނީ ލުބުނާނުގެ ދެކުނުގެ ރަށްތަކަށް އުދުވާނީ ހަމަލާތައް ދެމުންނެވެ.

މިއަދުގެ ހަމަލާތަކުގައި އެކަނިވެސް 23 މީހުން މަރުވެ އިތުރު އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ލުބުނާނު ސަރުކާރުގެ ހެލްތު މިނިސްޓްރީން ބުނެއެވެ. އަދި އިސްތިއުމާރީ ސިފައިން އަދިވެސް މަސައްކަތް ކުރަމުން ގެންދަނީ ލުބުނާނުގެ ދެކުނުން އިތުރު އަވަށްތައް ހިފުމަށެވެ.

އިސްތިއުމާރީ ސިފައިން ލުބުނާނަށް ދެމުންގެންދާ ހަމަލާތައް ހުއްޓާނުލާތީ އީރާނުން ހޮރްމޫޒު ކަނޑޮއޮޅި އަލުން ބަންދުކުރިއިރު، އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރި އެމްއޯޔޫގެ ދަށުން ސްވިޒަރލޭންޑްގައި މާދަމާ ޓެކްނިކަލް ވާހަކަތައް ފަށަންވެސް ދަނީ ތައްޔާރުވަމުންނެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޓްރަމްޕް ޗައިނާގެ ރައީސަށް: ޗައިނާއިން އީރާނަށް އެހީވުން ބަލައިނުގަނެވޭނެ

ނަތަންޔާހޫގެ މަތިންދާ ބޯޓު ދިޔައީ ފްރާންސްގެ ވައިގެ ސަރަހައްދުން، އެމްނެސްޓީން ބުނަނީ ފްރާންސްގެ ބަހާއި އަމަލާ ދިމާނުވާ ކަމަށް

އެމެރިކާއިން ކިތަންމެ ޕްރެޝަރެއް ކުރިޔަސް އީރާނުން ބޮލެއް ނުލަނބާނެ: އީރާނުގެ ރައީސް

އީރާނު އެއަރލައިންތަކުގެ ބައެއް ފްލައިޓްތައް ކެންސަލްކުރަން ފެށިނަމަވެސް ދަތުރުތައް ނުހުއްޓޭ