ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާއާއި އިސްތިއުމާރީ ދައުލަތުން ހިންގި އުދުވާނުތަކަށް އިންސާފު ހޯދާނެކަމަށް އީރާނުން ވައުދުވެއްޖެ

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ:
TTH_Ads
Maldivian_Ads
STO_Ads
Advertisement

އެމެރިކާއާއި އިސްތިއުމާރީ ދައުލަތުން އީރާނާ ދެކޮޅަށް ހިންގި އުދުވާނުތަކަށް އިންސާފު ހޯދާނޭ ކަމަށް އީރާނުން ވައުދުވެއްޖެއެވެ.

އީރާނުގެ ޚާރިޖިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއާއި އިސްތިއުމާރީ ބާރުގެ ކިބައިން އިންސާފު ހޯދެންދެކަށް އީރާނުން އެކަމަށް މަސައްކަތް ކުރާނޭ ކަމަށެވެ.

އީރާނު ޚާރިޖިއްޔާއިން މިކަން ހާމަކޮށްފައި މިވަނީ، އެމެރިކާއާއި އިސްތިއުމާރީ ދައުލަތުން ހަމަލާދީ އަވަހާރަކޮށްލި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ކަންކަން އީރާނުގައި އިއްޔެ ފެށިފައި ވަނިކޮށެވެ.

HajjCop_ads
Advertisement

އެމެރިކާއާއި އިސްރާއީލުން ހަމަލާދީ އަލީ ޚާމަނާއީއާއި އާއިލާގެ ބައެއް ބޭފުޅުން އަވަހާރަ ކޮށްލާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ތެހެރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކުގައެވެ.

އާޔަތުﷲ އަލި ޚާމަނާއީގެ ޖަނާޒާ ތެހެރާނުގައި ކުރިއަށްދާއިރު، އަލީ ޚާމަނާއީއަށް އެންމެފަހުގެ އިހްތިރާމް އަދާކުރެއްވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ސަތޭކައަށްވުރެ ގައުމުގެ ވަފުދުތައް ވަނީ ތެހެރާނަށް ގޮސްފައެވެ.

އެ ވަފުދުތަކުގައި، ގައުމުތަކުގެ ރައީސުންނާއި، ބޮޑުވަޒީރުންނާއި، ވަޒީރުންނާއި، ޕާލަމެންޓް މެމްބަރުންނާއި، އެނޫންވެސް އެތައް ޖަމްއިއްޔާ ޖަމާއަތްތަކުގެ ވެރިން ހިމެނެއެވެ.

އަދި އެތައް މިލިއަން އާންމުން ގެންދަނީ ތެހެރާނުގައި އާޔަތުﷲ އަލީ ޚާމަނާއީއަށް އެންމެ ފަހުގެ އިހްތިރާމް އަދާކުރަމުންނެވެ.

އީރާނުގެ ޚާރިޖިއްޔާގެ ބަޔާނުގައި ބުނެފައިވަނީ، އީރާނަށް ގޮސްއުޅޭ ވަފުދުތަކަށް ބަލާލުމުންވެސް އީރާނު ރައްޔިތުންގެ މަތިވެރިކަމާއި ގަދަރުވެރިކަން ހާމަވެގެންދާ ކަމަށެވެ.

އެމެރިކާއާއި އިސްރާއީލުން އީރާނުގެ ރޫހީ ލީޑަރު، އުމުރުފުޅުން 86 އަހަރުގެ އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަ ކޮށްލީ އީރާނުގެ ވެރިކަން ބަދަލުކުރުމުގެ ބޭނުމުގައެވެ. ނަމަވެސް، އަލީ ޚާމަނާއީ އަވަހާރަ ކޮށްލުމުން އީރާނުގެ ލަޝްކަރުތަކާއި، ސަރުކާރާއި އަދި އާންމު ރައްޔިތުންވެސް އިހުރަށްވުރެ އަޒުމު ވަރުގަދަ ކުރުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ދުޝްމަނުން ބޭނުންވި އެއްވެސް ކަމެއް އީރާނުގައި ހާސިލް ނުވުމެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެމެރިކާ ރައްޔިތުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރާނަމަ އަލުން ވިސްނުމަށް އެމެރިކާއިން އަންގައިފި

ހަކަތައާ ގުޅުންހުރި ތަންތަނަށް ހަމަލާނުދޭން ޔޫކްރެއިނާއި ރަޝިޔާ އެއްބަސްވެއްޖެ

އީރާނުން ގަލްފްގެ ގައުމުތަކާ ބައްދަލުކުރިޔަސް ފަރުވާލެއް ނެތް: އެމެރިކާގެ ރައީސް

ވިޔަފާރި އުޅަނދަށް އެމެރިކާއިން ދިން ހަމަލާ އީރާނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފި، ހަމަލާގައި އެކަކު މަރުވި