ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިލިމާލެ ހޮސްޕިޓަލު ވަގުތީ އިމާރާތަށް ބަދަލުކުރަން މިމަހު ފަށަނީ

vilimale hospital
TTH_Ads
STO_Ads
Maldivian_Ads
Advertisement

ވިލިމާލެ ހޮސްޕިޓަލުން ދެމުން އައި ޚިދުމަތްތައް ވަގުތީ އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތް މިމަހުގެ މެދުތެރޭގައި ފަށާނެކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.

ވިލިމާލެ ހޮސްޕިޓަލް ހުރި ބިމުގައި ޓާޝަރީ ހޮސްޕިޓަލެއް ތަރައްޤީކުރުމަށްޓަކައި ސިއްޙީ ޚިދުމަތްތައް ކުރީގެ އަމާން ހިޔާއަށް ވަގުތީ ގޮތުން ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

މަޢުލޫމާތު ދެއްވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތް ވަގުތީ އިމާރާތަށް ބަދަލުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ވަގުތީ އިމާރަތުގައި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތްކަމަށެވެ. އަދި އެ އިމާރާތުގައި ލިފްޓެއް ހަރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރަމުންދާކަމަށް ސީއީއޯ ވިދާޅުވިއެވެ.

HajjCop_ads
Advertisement

ސީއީއޯ ވިދާޅުވީ ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ވަގުތީ އިމާރާތަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނީ ބައިބަޔަށް ބަހާލައިގެން ޚިދުމަތަށް ބުރު ނާރާނެހެންކަމަށެވެ. އެންމެ ފުރަތަމަ ބަދަލުކުރުމަށް ހަމަޖެހިފައިވަނީ އިމަޖެންސީ ޚިދުމަތްތަކާއި އޯޕީޑީއާއި ވެކްސިން ޖެހުންފަދަ ޚިދުމަތްތައްކަމަށް ސީއީއޯ ވިދާޅުވިއެވެ. ވަގުތީ އިމާރާތައް ޚިދުމަތްތައް ބަދަލުކުރުމުގެ މަސައްކަތް މިމަހުގެ މެދުތެރޭގައި ފަށާނެކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.

“ވަގުތީ އިމާރާތުގެ ފިނިޝިން މަސައްކަތްތައް މިހާރު ދަނީ ކުރަމުންް. ވަގުތީ އިމާރާތަކީ ކުރިން ލިފްޓެއް ހުރި ތަނެއް ނޫން. އެހެންކަމުން އެތަނުގައި ބެޑް ލިފްޓެއް ހަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން. ލިފްޓް ބެހެއްޓިގެން އިތުރު ފަންގިފިލާއަށް ޚިދުމަތްތައް ބަދަލުކުރެވޭނީ. ގްރައުން ފްލޯއިން ދޭ ޚިދުމަތްތައް ފުރަތަމަ ބަދަލުކުރެވިގެންދާނީ.” މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާޤް ޙަލީމް

ވިލިމާލޭގައި މިހާރު ޚިދުމަތް ދޭ ހޮސްޕިޓަލު ތަޅާލައި އެތަނުގައި 100 އެނދުގެ އައު ހޮސްޕިޓަލެއް ތަރައްޤީކުރަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. މިހޮސްޕިޓަލުގެ އިމާރާތާއި ވަޞީލަތް ޤާއިމުކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ، ޗައިނާ ސަރުކާރުންނެވެ.

ވިލިމާލޭގައި ތަރައްޤީކުރުމަށް ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލުގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތްތައް ވަނީ ފަށާފައެވެ. ވިލިމާލޭގައި ތަރައްޤީކުރާ ހޮސްޕިޓަލުގައި ދެ އިމާރާތެއް ހުންނާނެއެވެ. އަދި އައުޓް ޕޭޝަންޓް، އިންޕޭޝަންޓް، އިމަރޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑައިލިސިސްގެ ފަރުވާ ދިނުމަށް ޚާއްޞަ އެނދުތަކެއްވެސް ހުންނާނެއެވެ.

އާބާދީގައި 15000އެއްހާ މީހުން ދިރިއުޅޭ ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލުގައި އެއާބާދީއަށް ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމު ޤާއިމުވެފައެއްނުވެއެވެ. މިހާރުގެ ހޮސްޕިޓަލުގައި ބަލި މީހުން ބެލުމަށް 3 ކޮޓަރި ހުރިއިރު، އިމަރޖެންސީގައި ބޭނުން ކުރަނީ 5 އެނދެވެ. އެހެންކަމުން ޢާންމު ކަންކަމުގައިވެސް ގިނަ ފަހަރު އައިޖީއެމްއެޗަށް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލަށް ބަރޯސާވުމަކީ، ވިލިމާލެ ރައްޔިތުންގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

vilimale hospital

ވިލިމާލެ ހޮސްޕިޓަލު ބަދަލުކުރާ އަމާން ހިޔާގެ މަސައްކަތް މިމަހު ނިންމަނީ

117

ވިލިމާލޭ ހޮސްޕިޓަލްގެ ސާވޭ އާއި ޑިޒައިންގެ މަސައްކަތް ޗައިނާ އިން ފަށައިފި

އައު ހޮސްޕިޓަލު އަޅާތީ ވިލިމާލެ ހޮސްޕިޓަލް ހިންގުން ވަގުތީގޮތުން އަމާން ހިޔާ އިމާރާތަށް ބަދަލުކުރަނީ