ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޓީސީސީގެ ބޯޑަށް ޢާންމު ޙިއްޞާދާރުންގެ ފަރާތުން ދެ ޑިރެކްޓަރުން އިންތިޚާބުކުރަން ކުރިމަތިލާން ހުޅުވާލައިފި

Heena
Maldivian_Ads
TTH_Ads
STO_Ads
Advertisement

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގައި ޢާންމު ޙިއްޞާދާރުން ތަމްސީލުކުރާ ދެ ޑިރެކްޓަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އެ ކުންފުނިން އިޢުލާނަކުން ހުޅުވާލައިފިއެވެ.

މިއީ އެމްޓީސީސީގެ ހިންގާ ޤަވާއިދުގެ 57 ވަނަ މާއްދާގެ ދަށުން ޢާންމު ޙިއްޞާދާރުންގެ ފަރާތުން އިންތިޚާބުކުރަންޖެހޭ ޑިރެކްޓަރުން ހޮވުމަށް ހުޅުވާލި ފުރުޞަތެކެވެ. އެ ކުންފުނީގެ ބޯޑުގައި ސަރުކާރުގެ ފަރާތުން ފަސް ޑިރެކްޓަރުން ތިއްބަވާއިރު، ޢާންމު ޙިއްޞާދާރުންގެ ތެރެއިން އިންތިޚާބުކުރަނީ ދެ ޑިރެކްޓަރުންނެވެ.

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސް ކޯޑުގައި ބާރުއަޅާފަދައިން، ކުންފުނީގެ ބޯޑު ޑިރެކްޓަރުކަމަށް ވީހާވެސް ގިނަ އަންހެން ބޭފުޅުން ކުރިމަތިލެއްވުމަށް އެމްޓީސީސީން އެދެއެވެ. ޑިރެކްޓަރުކަމަށް ކުރިމަތިލާ ފަރާތްތަކުގައި ކުންފުނީގެ ހިންގާ ޤަވާއިދުގެ 67 ވަނަ މާއްދާގައިވާ ޝަރުތުތައް ފުރިހަމަވާންޖެހޭނެއެވެ.

HajjCop_ads
Advertisement

މި މަޤާމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 30 އަހަރުވެފައިވާ ދިވެހި ރައްޔިތަކަށް ވާންޖެހޭނެއެވެ. އަދި އެ ފަރާތަކީ އެމްޓީސީސީގެ ޙިއްޞާދާރަކަށް ވުން ނުވަތަ ޙިއްޞާދާރު ކުންފުންޏަކުން ނޮމިނޭޓްކޮށް ބޯޑު ޤަރާރަކުން ހުއްދަދީފައިވާ ފަރާތަކަށް ވާންޖެހެއެވެ.

މީގެއިތުރުން އެޕްލިކޭޝަނާއެކު ހުށަހަޅާ ރިކޯޑު ބަލާ ފޯމު ސާފު ފަރާތަކަށް ވުމާއެކު، މާލީ ރިޕޯޓުތައް ދިރާސާކުރުމުގެ ޤާބިލުކަން ހުންނަންޖެހޭނެއެވެ. ބަނގުރޫޓުވެފައިވާ ފަރާތަކަށް ނުވުމާއި، އަދާނުކޮށް އޮތް ސާބިތު ދަރަންޏެއް ނެތުމަކީވެސް ޝަރުތެކެވެ.

ފާއިތުވި ފަސް އަހަރު ތެރޭގައި ބޯޑު މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ސަސްޕެންޑް ނުވަތަ ޑިސްކޮލިފައި ކޮށްފައިވާ ފަރާތްތަކަށް ކުރިމަތިއެއް ނުކެވޭނެއެވެ. އަދި އެމްޓީސީސީގެ ވަޒީފާއެއް އަދާކުރާ ފަރާތަކަށް ނުވުމާއި، މަސްލަޙަތު ފުށުއަރާ ވިޔަފާރިއެއްގައި ޝާމިލުވާ ފަރާތަކަށް ވެގެންނުވާނެއެވެ.

މި މަޤާމަށް ކުރިމަތިލެވޭނީ ޕަބްލިކް ނުވަތަ ސަރުކާރު ކުންފުންޏެއްގެ ބޯޑުގައި ނުވަތަ މެނޭޖްމަންޓް ފެންވަރުގައި މަދުވެގެން 10 އަހަރުގެ ތަޖުރިބާ ހުރި ފަރާތްތަކަށެވެ. ނުވަތަ ވިޔަފާރިއާ ގުޅުންހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީއާއެކު ފަސް އަހަރުގެ ތަޖުރިބާ ނުވަތަ ޑިޕްލޯމާއާއެކު 10 އަހަރުގެ ޢަމަލީ ތަޖުރިބާ ލިބިފައިވާންޖެހެއެވެ.

ކޯޕަރޭޓް ގަވަރނަންސް، ބިޒްނަސް ޑިވެލޮޕްމަންޓް، ޤާނޫނު، ފައިނޭންސް އަދި ކުންފުނީގެ ވިޔަފާރިއާ ގުޅޭ ދާއިރާތަކުން މަތީ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. ޝަރުތުހަމަވާ ފަރާތްތައް އިވެލުއޭޓްކުރާނީ ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނެރޭޝަން ކޮމެޓީންނެވެ.

ކުރިމަތިލާ ފަރާތްތަކުގެ މަޢުލޫމާތު ބޯޑަށް ހުށަހެޅުމަށްފަހު، އަހަރީ ޢާންމު ޖަލްސާގެ ކުރިން ޢާންމުކޮށް އިޢުލާންކުރާނެއެވެ. މިއިންތިޚާބު އޮންނާނީ 2025 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައެވެ.

ޝަރުތު ފުރިހަމަވާ ފަރާތްތަކުން 24 ސެޕްޓެމްބަރު 2026 ގެ 14:00 ގެ ނިޔަލަށް އެމްޓީސީސީގެ ޝެއަރހޯލްޑަރސް އޮންލައިން ޕޯރޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަންޖެހެއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

F51e5835 e7ee 489f be84 e9bb862e1f68

އެމްޓީސީސީގެ ބޯޑަށް އާންމު ހިއްސާދާރުން ތަމްސީލްކުރާނެ ޑިރެކްޓަރަކު ހޯދަން އިޢުލާންކޮށްފި

WhatsApp Image 2026 08 31 at 20.44.11

ކުޑަހުވަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 75 އިންސައްތަ ނިމިއްޖެ

WhatsApp Image 2026 08 31 at 16.03.15

ފީއަލީ ފުޓްސަލް ދަނޑުގެ މަސައްކަތް ވެސް ހުއްޓުމެއްނެތި ކުރިއަށް

WhatsApp Image 2026 08 31 at 13.05.23

މޮޅަދޫ އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް ބާރަށް ކުރިއަށް