އއ. ފެރިދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ހުއްޓުމެއްނެތި ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްދާ މި މަޝްރޫއަކީ ފެރިދޫގެ ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި ސަރުކާރުން ފައްޓަވާފައިވާ މުހިންމު މަޝްރޫއެކެވެ.
މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 19 އޮގަސްޓް 2025 ގައި، އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.
އެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ ދަށުން ލެބޯޓްރީގެ ހިދުމަތް ފެންވަރު ރަނގަޅުކޮށް ގާއިމުކޮށްދެއްވާނެ ކަމަށެވެ. އަދި ފެރިދޫއަށް ބޭނުންވާ ދާއިރާތައް ބަލައި، ސްޕެޝަލިސްޓް ޑޮކްޓަރުންގެ ހިދުމަތް ވެސް ހަމަޖައްސަވައިދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އޭގެ އިތުރުން ފެރިދޫގައި ސިއްހީ ހިދުމަތް ދިނުމުގެ ފެންވަރު މަތިކޮށް، ރައްޔިތުންނަށް ފަސޭހަކަމާއެކު ސިއްހީ ހިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.