ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޑރ. ނަހްލާގެ ހާއްސަ ސެޝަންތަކެއް އައިޔޫއެމްއިން ބާއްވަނީ

STO_Ads
Maldivian_Ads
TTH_Ads
Advertisement

މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީގެ އިމާމް، ޝައިޚުލް އަޒްހަރު ފަޟީލަތުއްޝައިޚް އަލްއުސްތާޛު ޑރ. އަޙްމަދު ޠައްޔިބުގެ އެޑްވައިޒަރ ޑރ. ނަހްލާ އައްޞަޢީދީގެ ހާއްސަ ސެޝަންތަކެއް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން ބޭއްވުމަށް ތާވަލުކޮށްފިއެވެ.

އައިޔޫއެމް އިން މައުލޫމާތު ދިން ގޮތުގައި ޑރ. ނަހްލާ ރާއްޖެ ވަޑައިގަންނަވަނީ އެ ޔުނިވަރސިޓީގެ ދައުވަތަކަށެވެ.

އެކަމަނާއަކީ އަޒްހަރުގެ ދިގު ތާރީހުގައި ޝައިޚުލް އަޒްހަރުގެ އެޑްވައިޒަރެއްގެ މަޤާމަށް އައްޔަނުކުރެވުނު އެންމެ ފުރަތަމަ އަންހެން ބޭކަނބަލެވެ. ޑރ. ނަހްލާ ރާއްޖެއަށް ކުރައްވާ މި ޒިޔާރަތުގައި މުޖުތަމައުގެ އެކި ދާއިރާތަކަށް އަމާޒުކޮށްގެން ސެޝަންތައް އިންތިޒާމުކުރަނީ އައިޔޫއެމްގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް އިންނެވެ. މީގެއިތުރުން، އައިޔޫއެމްއިން ބާއްވާ އަހަރީ ބައިނަލްއަޤްވާމީ ކޮންފަރެންސް (އައިސީއައިއޭ) ގައި ޑރ. ނަހްލާ ހާއްސަ ކީނޯޓް ސްޕީޗެއް ދެއްވުމަށްވެސް ހަމަޖެހިފައިވާކަމަށް އެ ޔުނިވަރސިޓީއިން ބުނެފައިވެއެވެ.

HajjCop_ads
Advertisement

މި ޒިޔާރަތުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހާއްސަ ސެޝަންތަކުގެ ތަފްޞީލު:

1. ޒުވާނުންނާއި ދަރިވަރުންނަށް އަމާޒުކުރެވޭ ސެޝަން: މި ސެޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ 26 އޮގަސްޓްވާ ހޯމަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށެވެ. “ޝަޚްޞިއްޔަތާއި އިޖްތިމާއީ މަގާމް ހާސިލްކުރުމުގައި އިސްލާމް ދީން ޒުވާނުން ބާރުވެރިކުރާ ގޮތް” މި މައުޟޫއަށް ކުރިއަށްދާ މި ސެޝަން އަމާޒުކޮށްފައިވަނީ ސެކަންޑަރީ ސްކޫލްތަކުގެ އަންހެން އަދި ފިރިހެން ދަރިވަރުންނަށް ކަމަށް އެމްއެންޔޫއިން ހާމަކޮށްފައިވެއެވެ.

2. ދީނީ ޢިލްމުވެރިންނާއި ވާޢިޡުންނަށް އަމާޒުކުރެވޭ ސެޝަން: 26 އޮގަސްޓްގެ ރޭގަނޑު 20:00 އިން 22:00 އަށް ކުރިއަށްދާނީ “އިސްލާމީ ދައުވަތުގެ މައިދާނުގައި އަންހެނުން: ނުފޫޒުވެރިކަމާއި އަދާކުރާ މުހިންމު ދައުރު” މި މައުޟޫއުގެ ސެޝަނެވެ. މިއީ ދީނީ ދައުވަތު ފެތުރުއްވުމުގައި ހަރަކާތްތެރިވާ މުސްލިހުންނާއި، އިލްމުވެރިން އަދި ވާޢިޡުންނަށް ހާއްސަ ސެޝަނެކެވެ.

3. މުދައްރިސުންނަށް އަމާޒުކުރެވޭ ސެޝަން: 27 އޮގަސްޓްވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް ބާއްވާ ސެޝަން އަމާޒުކޮށްފައިވަނީ ސްކޫލްތަކުގެ މުދައްރިސުންނަށެވެ. މި ސެޝަންގެ މައުޟޫއަކީ “ދަރިވަރުންގެ ވަންތުކަން ބައްޓަންކުރުމާއި، އިސްލާމީ ރަނގަޅު އުސޫލުތަކަށް ލޯބިކުރާ ހޭލުންތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުންގެ ދައުރު” އެވެ.

4. ޔުނިވަރސިޓީ އަދި ކޮލެޖްތަކުގެ ދަރިވަރުންގެ ލީޑަރުންނަށް އަމާޒުކުރެވޭ ސެޝަން: 27 އޮގަސްޓްގެ މެންދުރުފަސް 13:00 އިން 15:00 އަށް ބޭއްވުމަށް ހަމަޖެހިފައިވަނީ “އިސްލާމީ ވަންތަކަމުގެ މައްޗަށް ބިނާވެފައިވާ، ނަތީޖާނެރެވޭފަދަ އިސްނެގުމުގެ ދައުރުތަކެއް އަދާކުރުމުގައި ދަރިވަރުން ބާރުވެރިކުރުވުން” މި މައުޟޫއުގެ ސެޝަނެވެ. މި ސެޝަން އަމާޒުކުރެވިފައިވަނީ ޔުނިވަރސިޓީތަކާއި ކޮލެޖްތަކުގެ ސްޓޫޑެންޓް ޔޫނިއަންތަކުގެ އިސް ދަރިވަރުންނަށެވެ.

5. ތަޢުލީމީ މުއައްސަސާތަކުގެ މުވައްޒަފުންނަށް އަމާޒުކުރެވޭ ސެޝަން: 27 އޮގަސްޓްގެ ރޭގަނޑު 20:00 އިން 22:00 އަށް ބާއްވާ ސެޝަން ހާއްސަކުރެވިފައިވަނީ ޔުނިވަރސިޓީތަކާއި ތައުލީމީ އެކި މުއައްސަސާތަކުގެ މުވައްޒަފުންނަށެވެ. މި ސެޝަންގެ މައުޟޫއަކީ “ތައުލީމީ މުއައްސަސާތަކުގައި މަސައްކަތުގެ އުފެއްދުންތެރިކަމާއި، އިސްލާމީ އަގުތަކާ ދެމެދު ވަޒަން ހަމަކުރުން” އެވެ.

އައިޔޫއެމްއިން މައުލޫމާތު ދިން ގޮތުގައި، މި ސެޝަންތަކަކީ އިސްލާމީ އަގުތަކުގެ މައްޗަށް ބިނާކޮށް މުޖުތަމައުގެ އެކި ފަންތިތަކުގެ މީހުން ހޭލުންތެރިކުރުވުމަށާއި، އިލްމީ ގޮތުންނާއި ފިކުރީ ގޮތުން މީހުން ބިނާކުރުމަށް މަގުފަހިކޮށްދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ވަރަށް މުހިންމު ސެޝަންތަކެކެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

kudakudhin

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން، ޚާއްޞަ ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހުޅުމާލޭގައި އަޅާ ބޮޑު މިސްކިތަށް ނަމެއް ހޯދަން އާއްމުންގެ ހިޔާލަށް ހުޅުވާލައިފި

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފަށައިފި