ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު “ސްޓޭޓް އޮފް ދި އާޓް”ފެންވަރަށް ތަރައްގީ ކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.
ރައީސްގެ އޮފީހުން ވިދާޅުވީ، ސަރުކާރުގެ ބައެއް ވުޒާރާތަކުން، ސަރުކާރުން ކުރިއަށްގެންދަވާ މުހިންމު މަޝްރޫއުތަކާ ގުޅުންހުރި އަދާހަމަވެސް ހިއްސާކުރައްވައި، އެ މަޝްރޫއުތަކާ ގުޅޭ ގޮތުންވެސް މުހިންމު ނިންމެވުންތަކެއް ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން، މާލެއަތޮޅު ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަކީ ހުރިހާ ހިދުމަތްތަކެއް ލިބޭ “ސްޓޭޓް އޮފް ދި އާޓް” މަރުކަޒަކަށް ހެދުމަށްޓަކައި، އެ މަރުކަޒު އަޕްގްރޭޑްކުރުމުގެ ކަންކަމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ކަމާބެހޭ ފަރާތްތަކުން ހޯއްދަވައިގެން އެ މަސައްކަތް ކުރިއަށް ގެންދެވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ކަމަށެވެ.
ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ 1976 ވަނަ އަހަރުގެ ޖޫން މަހުގެ ހަވަނަ ދުވަހު ގާއިމުކުރި މަރުކަޒެކެވެ.










ކިޔުންތެރިންގެ ހިޔާލު