ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ގުރައިދޫގެ ޑިޒާސްޓާ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށައިފި

TTH_Ads
STO_Ads
Advertisement

ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ކ. ގުރައިދޫ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

ގުރައިދޫގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަށް ބާއްވާ މަސައްކަތު ބައްދަލުވުންތައް މިއަދުން ފެށިގެން މިމަހުގެ 13 ގެ ނިޔަލަށް ކުރިއަށްދާނެކަމަށް އެންޑީއެމްއޭއިން ބުންޏެވެ. މަސައްކަތު ބައްދަލުވުމުގައި ގުރައިދޫ ކައުންސިލްގެ އިތުރުން ރަށުގެ މުހިއްމު ހުރިހާ މުއައްސަސާތަކުން ބައިވެރިވިއެވެ.

އެންޑީއެމްއޭގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް، ރިސާޗް އެންޑް އެޑްވޮކަސީ ޙަސަން ޒިޔާޢު ވިދާޅުވީ ފުރަތަމަ ތިން ދުވަހު ޑީޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރުމަށްފަހު، ފަހު ދެ ދުވަހުގައި ކުރިއަށްދާނީ ކޮމިިއުނިޓީ ބޭސްޑް އެމަރޖެންސީ ރެސްޕޮންސް ޓީމް (ސާޓް) ނުވަތަ ކަމެއް ދިމާވެއްޖެ ހަލަތެއްގައި ހަރަކާތްތެރިވާނެ މީހުން ތަމްރީން ކުރުމުގެ މަސައްކަތް ކަމަށެވެ.

HajjCop_ads
Advertisement

“ފުރަތަމަ ތިން ދުވަސް އަޅުގަނޑުމެން މި ހާއްސަ ކުރަނީ ޑީޒާސްޓާ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަށް. އެކަން އެޅުގަނޑުމެން މިކުރަނީ މި ރަށުގައި ހިމެނޭ ހުރިހާ މުއައްސަސާތަކާއި ކަމާ ގުޅުންހުރި ހުރިހާ ބޭފުޅުންގެ ބައިވެރިވުމާއެކު. ފަހު ދެ ދުވަހު ކުރިއަށްދާނީ ސާޓް ނުވަތަ ކަމެއް ދިމާވެއްޖެ ހާލަތެއްގައި ހަރަކާތްތެރިވާނޭ ބޭފުޅުން ތަމްރީން ކުރުން” ޒިޔާޢު ވިދާޅުވިއެވެ.

މިއީ ރަށު ފެންވަރުގައި ކާރިސީ ހިރާސްކުޑަކޮށް، ކާރިސާގެ ހާލަތަކަށް ތައްޔާރުވެ، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ރަށްރަށުގައި ކުރިއަށް ގެންދާ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި އަމަލުކުރަމުންއައި ފްރޭމްވޯކް އިސްލާހުކުރުމަށްފަހު، އެކުލަވާލި ކޮމިއުނިޓީ ބޭސްޑް ރެސިލިއަންސް ބިލްޑިންގ ފްރޭމްވޯކްގެ ދަށުން ބާއްވާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމް ކުރިއަށްެ ގެންދަނީ ލަގްޒަންބާގްއާއި ޑެންމާކް އަދި ދެކުނު ކޮރެއާގެ އެހީއާއެކު ޔޫއެންޑީޕީން ކުރިއަށް ގެންދާ ރިޑްސް އިން ސިޑްސް ޕްރޮގްރާމްގެ މާލީ އެހީތެރިކަމާއެކުގައެވެ.

ދެ ހާސް ބާރަވަނަ އަހަރުން ފެށިގެން އެންޑީއެމްއޭއިން އަމަލުކުރަމުން އައި ކޮމިއުނިޓީ ބޭސްޑް ޑިޒާސްޓަރ ރިިސްކް މެނޭޖްމަންޓް – (ސީބީޑީއާރުއެމް) ފްރޭމްވޯކް މިހާރު ވަނީ ޔޫއެންޑީޕީގެ އެހީއާއެކު އިސްލާހުކޮށް ކޮމިއުނިޓީ ބޭސްޑް ރެސިލިއަންސް ބިލްޑިންގ (ސީބީއާރުބީ) އަށް ބަދަލުކޮށްފައެވެ.

ރަށުފެންވަރުގައި ކާރިސާތައް މެނޭޖްކުރުމުގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާތަނަށް 72 ރަށެއްގައި އެންޑީއެމްއޭއިން ކުރިއަށް ގެންގޮސްފައިއެވެ. އަދި އިތުރު ރަށްރަށުގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތްވެސް އެ އޮތޯރިޓީން ދަނީ ކުރަމުންނެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Io

ފުންފަޅު ގޭގައި ހިނގި އަލިފާނުގެ ހާދިސާގައި 58 މީހަކަށް އެހީތެރިކަން ފޯރުކޮށްދީފި

އަލިފާނުގެ ހާދިސާ: ދުމުގެ އަސަރުކޮށްގެން ތުއްތު ކުއްޖަކާއި 20 މީހަކަށް ފަރުވާ ދެނީ

43

ޖަޕާނުގެ އެހީގައި ފެންހިއްކާ ޕަންޕުތައް 18 ރަށަކާ ހަވާލުކޮށްފި

ފެން ހިންދާ ޕަމްޕު ފޯރުކޮށްދޭނެ 10 ކައުންސިލަކާ އެއްބަސްވުމެއް؛ 5 ކައުންސިލާ ހަވާލުކޮށްފި