ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އީޖާދެއްގެ ފެށުން އަންނަނީ ޝައުގުވެރިކަމާއި އިލްމު ގުޅުމުން: މެޑަމް ސާޖިދާ

470162 6db2f94a 3
STO_Ads
Maldivian_Ads
TTH_Ads
Advertisement

ހަގީގީ އީޖާދެއްގެ ފެށުން އަންނަނީ ކަންކަން ހޯދައި ދެނެގަތުމަށް އޮންނަ ޝައުގުވެރިކަމާއި އިލްމު ގުޅިލާމެހޭ ހިސާބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ބޭއްވި ތެވެލި އިންޓަނޭޝަނަލް ކޮންފަރެންސް 2026 ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. އީޖާދެއްގެ މާނަ ފުރިހަމަވަނީ އޭގެން މީހުންނަށް މަންފާއެއް ލިބޭކަންކަން އެކުލެވިގެންކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތު ބޭއްވުނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ މައި އޮޑިޓޯރިއަމްގައެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ޓެކްނޮލޮޖީ މިންކުރުމުގައި އެއިން މަންފާ ކުރާނީ ކޮން ބަޔަކަށްތޯ ބަލަންޖެހޭ ކަމަށެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ވަސީލަތްތަކުން އެތައް ފުރުސަތުތަކެއް ހުޅުވިގެންދިޔަ ނަމަވެސް، ކަމެއް އީޖާދުކުރުމަކީ ނިމުމެއްކަމަށް ދެކިގެން ނުވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

HajjCop_ads
Advertisement

އީޖާދުތައް ކުރިއަރައި ދިއުމަށްޓަކައި އެއީ އެންމެން ޝާމިލުވާ ކަމަކަށް ވާންޖެހޭނެކަމަށް މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ. ސައިންސާއި ޓެކްނޮލޮޖީގެ މައިދާނުގައި އަންހެނުންނާއި އަންހެން ކުދިން އެމީހުންގެ ޖާގަ ހޯދުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.

ޒުވާނުންނަކީ މާދަމާގެ ބިނާވެށި ކުރަހާ މީހުންގެ ގޮތުގައި ސިފަކުރައްވަމުން، ތައުލީމީ ނިޒާމުގެ ތެރެއިން އުފެއްދުންތެރިކަމާއި ފުންކޮށް ވިސްނުމުގެ ހުނަރު އާލާކުރަންޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ. އަދި ދަރިވަރުންނަކީ ހަމައެކަނި ޓެކްނޮލޮޖީ ބޭނުންކުރާ ބަޔަކަށްވުމުގެ ބަދަލުގައި، އެ ތަކެތި އުފައްދާ ބަޔަކަށް ވުމަށް ހިތްވަރުދެއްވިއެވެ.

ދިރާސާކުރާ ފަރާތްތަކުން އެމީހުންގެ ހޯދުންތައް ހަގީގީ ދުނިޔޭގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ނެރުމަށް މެޑަމް ސާޖިދާ ބާރުއެޅުއްވިއެވެ. އިލްމީ މުއައްސަސާތަކާއި، ސިޔާސަތު އެކަށައަޅާ ފަރާތްތަކާއި، ސިނާއަތްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށްވެސް އެކަމަނާ ގޮވާލެއްވިއެވެ.

މި ރަސްމިއްޔާތުގައި އެކަމަނާ ވަނީ ތެވެލި އެވޯޑުތައް ހާސިލުކުރި ފަރާތްތަކަށް އެވޯޑު ހަވާލުކޮށްދެއްވައިފައެވެ. މިއަހަރުގެ ކޮންފަރެންސް ކުރިއަށްދަނީ 21 ވަނަ ގަރުނުގައި ބަދަލުވަމުންދާ އީޖާދުތަކާއި ސައިންސާއި ޓެކްނޮލޮޖީ އަދި މުޖުތަމައާ ގުޅޭ ޝިއާރުގެ ދަށުންނެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

saajida

ކޮންމެ ފަރުދެއްގެވެސް ނަފުސާނީ ހާލަތަށް ފަރުވާތެރިވާން ޖެހޭނެ: ސާޖިދާ

Igmh

ހިސާބު އިލްމު ކުރިއެރުވުމަކީ ގައުމުގެ މުސްތަގުބަލަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށް ފަސްޓްލޭޑީ ވިދާޅުވެއްޖެ

Igmh

ދިވެހިންގެ އާދަކާދަތަކާއި ހިސާބު އިލްމާ ހުރި ގުޅުން ދައްކުވައިދޭ ތާރީހީ ފޮތެއް ސާޖިދާ ނެރެދެއްވައިފި

464306 9cd26852 8

ތައުލީމާއި، މުޖުތަމައުގެ ކުރިއެރުމާއި އިގްތިސާދީ ފާގަތިކަން ބިނާވެފައިވަނީ ރަނގަޅު ސިއްހަތެއްގެ މައްޗަށް: ސާޖިދާ