ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުކަމަށް އާދަމް ޝަމީމް

HP0442haAAAEVYv
STO_Ads
TTH_Ads
Advertisement

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުކަމުގެ މަޤާމަށް އަލްއުސްތާޛު އާދަމް ޝަމީމް އައްޔަނުކޮށްފިއެވެ.

ޖޭސްއެސްސީން ބުނީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރކަމުގެ މަގާމަށް ދ. މާއެނބޫދޫ މަލާޒް، އަލްއުސްތާޛު އާދަމް ޝަމީމު އައްޔަނުކުރައްވާފައިވާ ކަމަށެވެ. އޭނާ މި މަގާމަށް އައްޔަނުކޮށްފައިވަނީ އިންޓަރވިއު ޕެނަލުން ކޮމިޝަނަށް ހުށަހަޅާފައިވާ ރިޕޯޓުގައިވާ ގޮތުގެމަތީން މި މަޤާމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ، އިންޓަރވިއުއިން އެންމެ މަތިން މާކްސް ހޯދާފައިވާތީ ކަމަށް ޖޭއެސްސީއިން ބުންޏެވެ.

އާދަމް ޝަމީމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ޤާނޫނީ އަދި ދިފާޢީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޝަމީމަކީ މިދާއިރާގައި ގިނަ ދުވަހު މަސައްކަތްކުރައްވާ، ދާއިރާގެ ތަޖުރިބާ ހުރި ބޭފުޅެކެވެ.

HajjCop_ads
Advertisement

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ ޖުލައި މަހުގެ 8 ވަަނަ ދުވަހުއެވެ. މި މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށް ހުޅުވާލީ އެމަޤާމުގައި މީގެ ކުރިން ހުންނެވި އަލްއުސްތާޛު އަމްޖަދު މުޞްޠަފާ އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

މި މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ގާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ 10 މީހުން ކުރިމަތިލާފައިވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

JSC

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

ކޯޓުތަކުގެ މަސައްކަތް ހަލުވިކުރުމަށް ކޭސް މެނޭޖްމަންޓް ސިސްޓަމް އިފްތިތާހުކޮށްފި

ހުޅުމާލޭ ޖަސްޓިސް ބިލްޑިންގ އެނެކްސްގައި 15 ކޯޓްރޫމް ހުންނާނެ: ޑީޖޭއޭ

1520333940

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާރގެ މަގާމަށް އަމްޖަދު އައްޔަންކޮށްފި