ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހާލަންޑަށް ދުނިޔޭގެ 4 ރެކޯޑެއް

B52c334b 09c5 4c3b b119 aec2d7a06c8c
STO_Ads
TTH_Ads
Advertisement

ގިނިސް ވޯލްޑް ރިކޯޑްސް ނުވަތަ ދުނިޔޭގެ 4 ރިކޯޑެއް އިންގްލިޝް ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ސިޓީއަށް ކުޅޭ ނޯވޭގެ ފޯވަޑް އާލިންގ ހާލަންޑް ގާއިމްކޮށްފިއެވެ.

ހަތަރު ރިކޯޑުގެ ތެރެއިން ހާލަންޑު ޤާއިމްކުރި ފުރަތަމަ ރިކޯޑަކީ ޕްރިމިއަރ ލީގުގައި އެންމެ އަވަހަށް 100 ލަނޑު ހަމަ ކުރުމުގެ ރިކޯޑެވެ. އޭނާވަނީ 2025 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 2 ދުވަހު ފުލަމް އާއި ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ލަނޑާއެކު 111 މެޗުގައި މިރިކޯޑް ގާއިމް ކޮށްފައެވެ. ކުރިން މިރިކޯޑް އޮންނަނީ 124 މެޗުން 100 ލަނޑު ހަމަކުރި ކުރީގެ ކުޅުންތެރިޔާ އެލަން ޝިއެރަރ އަތުގައެވެ.

ހާލަންޑުގެ ދެވަނަ ރިކޯޑަކީ ޕްރިމިއަރ ލީގުގެ ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑެވެ. މިގޮތުން ހާލަންޑް ވަނީ ޖަރުމަނު ބުންޑެސްލީގާގެ ބޮރޫޝިއާ ޑޯޓްމުންޑް އިން ސިޓީއަށް ބަދަލުވި ފުރަތަމަ ސީޒަންގައި 38 މެޗުގައި 36 ލަނޑު ކާމިޔާބު ކޮށް މިރިކޯޑް ގާއިމްކޮށްފައެވެ. އޭގެ ކުރިން މިރިކޯޑް އޮތީ 32 ލަނޑު ކާމިޔާބު ކޮށްފައިވަނީ މުހައްމަދު ސަލާހް އަތުގައެވެ. ނަމަވެސް ކުރިން 42 މެޗު ލީގުގައި ކުޅުނު އިރު އެންޑީ ކޯލް އާއި އެލަން ޝިއެރަރ 34 ލަނޑު ކާމިޔާބު ކޮށްފައިވެއެވެ.

HajjCop_ads
Advertisement

ތިންވަނަ ރިކޯޑް ގާއިމް ކޮށްފައިވަނީ ނޯވޭގެ ޤައުމީ ޖަރޒީގައެވެ. މިގޮތުން ހާލަންޑް ވަނީ ޔުއޭފާ ނޭޝަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑް ގާއިމްކޮށްފައެވެ. އެއީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ގެ ނިޔަލަށް އޭނާ ޖަހާފައިވާ 19 ލަނޑާއެކުއެވެ.

ހަތަރު ވަނަ ރިކޯޑަކީ ޔުއޭފާ ޗެމްޕިއަންސް ލީގުގެ މެޗެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑެވެ. މިގޮތުން ހާލަންޑްވަނީ 2023 ވަނަ އަހަރުގެ މާރޗް މަހުގެ 14 ވަނަ ދުވަހު ސިޓީ އާއި އާރްބީ ލެއިޕްޒިގް ބައްދަލުކުރި މެޗުގައި 5 ލަނޑު ޖަހާ ލިއޮނެލް މެސީ އާއި ލުއިޒް އެޑްރިއާނޯ ގާއިމް ކޮށްފައިވާ ރިކޯޑާއި އަރާ ހަމަކޮށްފައެވެ.

މިހަތަރު ރިކޯޑާއި ގުޅޭ ސަރޓިފިކެޓްވެސް ހާލަންޑަށް ރޭ ހަވާލުކޮށްފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

P3GXUDFBTNPGLI2IGY6DYKQUNI

އިންގްލޭންޑުގެ ފުރަތަމަ ލަނޑުގެ ކުރިން ބޯޅަ ކެމެރާ ކޭބަލްގައި ޖެހުނު: ނޯވޭގެ ކޯޗު

Images (1)

ހާލަންޑުގެ ލަނޑުން ނޯވޭ މޮޅުވެ ގަދަ 16އަށް

Download (1)

ހާލަންޑުގެ މޮޅު ކުޅުމާއެކު ސެނެގާލް ބަލިކޮށް ނޯވޭ ދެވަނަ ބުރަށް

MWL7LQNA5ZJBBKJFMPWQTULZVE

ހާލަންޑުގެ 2 ލަނޑާއެކު ފަރާންސް ހިމެނޭ ގްރޫޕްގެ ކުރިއަށް ނޯވޭ