ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުފެއްދުންތެރިކަމުގެ މައުރަޒަށް ފަނޑިޔާރުން ހޯދަން ހުޅުވާލައިފި

Maurazu 2048x1347
TTH_Ads
STO_Ads
Advertisement

ދިވެހި އުފެއްދުންތެރިންނަށް ވާދަވެރި މާހައުލެއް ހޯދައިދީ، ރާއްޖޭގެ އުފެއްދުންތެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި ބާއްވާ “ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026” ގެ ވާދަކުރުމުގެ ބައިގައި އިންސާފުކޮށްދޭނެ ފަނޑިޔާރުން ހޯދުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިޢުލާނުކޮށްފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ އިސްނެގުމުގެ މަތިން ބީސީސީއިން އިންތިޒާމްކުރާ މި މައުރަޒުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ.

ފަނޑިޔާރުކަމުގެ ޝަރުތުތައް:
މި މައުރަޒުގެ ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 21 އަހަރު ފުރިފައިވާ ދިވެހި ރައްޔިތުންނަށް ވާންޖެހެއެވެ. އަދި ކުރިމަތިލާ ދާއިރާއަކުން މަދުވެގެން 5 އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ލިބިފައިވުމާއެކު، މައުރަޒުގެ އެއްވެސް ގިންތިއެއްގައި ވާދަކުރާ ފަރާތަކަށް ވެގެން ނުވާނެއެވެ. މީގެ އިތުރުން، ވާދަކުރާ ފަރާތަކާ އާއިލީ ނުވަތަ ވިޔަފާރީގެ އެއްވެސް މަސްލަހަތެއް އޮތް ފަރާތަކަށް ވެގެން ނުވާނެކަމަށް ބީސީސީއިން ބަޔާންކުރެއެވެ.

HajjCop_ads
Advertisement

ހޮވުމުގައި ބަލާނެ މިންގަނޑުތައް:
ފަނޑިޔާރުން ހޮވުމުގައި އެ ފަރާތެއްގެ ތަޢުލީމީ ސަނަދުތަކަށާއި، ދާއިރާގައި މަސައްކަތްކޮށްފައިވާ މުއްދަތަށާއި، ކަމާގުޅޭ ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރަށް ބަލާނެއެވެ. އަދި މީގެ ކުރިން މިފަދަ މައުރަޒުތަކުގައި ފަނޑިޔާރުކަން ކޮށްފައިވާ ތަޖުރިބާއަށްވެސް އިސްކަންދެވޭނެއެވެ. ފަނޑިޔާރުކަން ކުރާ ފަރާތްތަކަށް ބީސީސީއިން ކަނޑައަޅާ އުޞޫލެއްގެ މަތިން އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެހެންކަމުން އުފެއްދުންތެރިކަމުގެ މައުރަޒުގައި ފަނޑިޔާރުންނަށް ވާން ބޭނުންވާ މީހުން މި މަހުގެ 26 ވަނަ ދުވަހުގެ 15:00 ގެ ކުރިން ފޯމް ހުށަހެޅުމަށް ބީސީސީން އިލްތިމާސްކުރެއެވެ. އުފެއްދުންތެރިކަމުގެ މައުރަޒުގައި ފަނޑިޔާރުކަން ކުރަން ޖެހޭނެ މުއްދަތަކީ އޮކްޓޯބަރު ފުރަތަމަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހާ ހަމައަށެވެ.

މި މަގާމަށް ޝައުގުވެރިވާ މީހުން ސިޓީ، ވަނަވަރު، އައިޑީ ކާޑު ކޮޕީ، ސަނަދުތައް އަދި ތަޖުރިބާ އަންގައިދޭ ލިޔުންތަކާއެކު [email protected] އަށް އީމެއިލް ކުރެއްވުމަށް ބީސީސީއިން އެދެއެވެ. އެއް ގިންތިއަށް ވުރެ ގިނަ ގިންތިތަކަށް ފަނޑިޔާރުކަން ކުރުމަށް ހުށަހެޅުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

Ads_MTCC
MWSC_ads
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Screenshot 2026 04 17

އުފެއްދުންތެރިކަމުގެ މައުރަޒަށް މިހާތަނަށް 80 އެޕްލިކޭޝަން

Screenshot 2026 04 09

އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި ބައިވެރިކުރުމަށް ހުޅުވާލައިފި

Saeeed

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ވަރަށް ކާމިޔާބު: ސައީދު

“އުފެންއްދުންތެރިކަމުގެ މައުރަޒު 2025” އަށް ތަކެތި ބަލައިގަންނަން ފަށައި