ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުފެއްދުންތެރިކަމުގެ މައުރަޒަށް މިހާތަނަށް 80 އެޕްލިކޭޝަން

Screenshot 2026 04 17
TTH_Ads
Maldivian_Ads
STO_Ads
Advertisement

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2026ގައި ބައިވެރިވުމަށް މިހާތަނަށް 80 އެޕްލިކޭޝަން ލިބިފައިވާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ބުނެފިއެވެ.

ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އަތްތެރި މަސައްކަތްތެރިންނާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި، ޑިޖިޓަލް އުފެއްދުންތެރިންގެ އިތުރުން އައު އީޖާދުތައް ކުރާ ފަރާތްތަކަށް އެ ފަރާތްތަކުގެ މަސައްކަތްތައް ދައްކާލުމަށް ބާއްވާ މަޢުރަޒެކެވެ. ބީސީސީން ބުނީ އުފެއްދުންޔެރިކަމުގެ މައުރަޒަށް މިދިޔަ އަހަރުވެސް ބޮޑު ތަރުހީބެއް ލިބުނުކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ މައުރަޒުގައި 250 ފަރާތަކުން 2500އަށްވުރެ ގިނަ އުފެއްދުން ބައިވެރިކޮށްފައިވާކަމަށް ބީސީސީން ބުންޏެވެ. އަދި މިދިޔަ އަހަރެކޭވެސް އެއްގޮތަށް މިއަހަރުގެ މައުރަޒަށްވެސް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، މިހާތަނަށް 80 އެޕްލިކޭޝަން ލިބިފައިވާ ކަމަށް ބީސީސީން ބުންޏެވެ.

މިދިޔަ އަހަރުގެ މައުރަޒަށް ބަލާއިރު ޖުމްލަ ގޮތެއްގައި 250 ފަރާތަކުން 2500އަށްވުރެ ގިނަ އުފެއްދުންތައް ވަނީ ބައިވެރިކޮށްފައެވެ. މިއަހަރުގެ މައުރަޒުގައިވެސް ސަރުކާރުގެ ކުންފުނިތަކާއި، ޖަމިއްޔާ ޖަމާޢަތްތަކާއި، ތަޢުލީމުދޭ އިދާރާތަކަށްވެސް ބައިވެރި ވެވޭނެއެވެ. އަދި މިދިޔަ އަހަރާ ޚިލާފަށް މިއަހަރުގެ މައުރަޒުގައި 13 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރި ވެވޭނެއެވެ.

HajjCop_ads
Advertisement

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މި އަހަރަކީ “އުފެއްދުންތެރިކަމުގެ އަހަރު”ގެ ގޮތުގައި ކަނޑައަޅުއްވައި އެކަން އިޢުލާނު ކުރައްވާފައެވެ. އެހެންކަމުން ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026 ވާނީ، ދިވެހި އުފެއްދުންތެރިންނާއި ފަންނުވެރިންނަށް ހުޅުވިގެންދާނެ މުހިންމު ފުރުޞަތަކަށް ކަމަށް ބީސީސީން ބުންޏެވެ.

މިއަހަރުގެ މައުރަޒު ކުރިއަށްދާނީ، އޮކްޓޯބަރު މަހުގެ 23 އިން 31އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ufeduntheri mauraz

އުފެއްދުންތެރިކަމުގެ މައުރަޒަށް ތަކެތި ބަލައިގަންނަން ފަށާނީ އަންނަމަހު: ބީސީސީ

Maurazu 2048x1347

އުފެއްދުންތެރިކަމުގެ މައުރަޒުގައި ރަޖިސްޓްރީވާން އިތުރުން ފުރުސަތެއް ހުޅުވާލައިފި

HRI at5a8AAVsAO (1)

އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް 700 އަށްވުރެ ގިނަ ފޯމު ހުށައަޅައިފި: ސަޢީދު

އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް މިހާތަނަށް 500އަށްވުރެ ގިނަ މީހުން ފޯމު ހުށަޙަޅައިފި