ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް މިހާތަނަށް 500އަށްވުރެ ގިނަ މީހުން ފޯމު ހުށަޙަޅައިފި

STO_Ads
TTH_Ads
Maldivian_Ads
Advertisement

ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒަށް ވާދަކުރުމުގެ ބައިގައި ބައިވެރިވުމަށް މިހާތަނަށް 500އަށްވުރެ ގިނަ މީހުން ފޯމު ހުށަޙަޅައިފިއެވެ. މިއީ، ރާއްޖޭގައި ބާއްވާ މިފަދަ އެންމެ ބޮޑު ހަރަކާތެވެ.

ތަކެތި ބައިވެރިކުރުމަށް ހުށަހެޅުމުގެ މުއްދަތު ހޯމަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.

ދިވެހިންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަކީ، ދިވެހިރާއްޖޭގެ އުފެއްދުންތެރިންނާއި ހުނަރުވެރިންގެ ހުނަރާއި އުފެއްދުންތައް އެއްތަނަކުން ދައްކާލާ، މާކެޓު ކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް އިންތިޒާމުކުރާ އެންމެ ބޮޑު މައުރަޒެވެ.

HajjCop_ads
Advertisement

މިއަހަރުގެ މައުރަޒު އޮކްޓޯބަރު މަހުގެ ފަހު ހަފުތާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެކަމާ ގުޅޭ މުހިންމު މަރުޙަލާތައް ފުރިހަމަކޮށް ތައްޔާރީތައް އަންނަނީ ވަމުންނެވެ.

އުފެއްދުންތައް އުފައްދާ މައުރަޒަށް ތައްޔާރުވުމަށް ވަގުތު ދިނުމުގެ ގޮތުން ވާދަކުރުމުގެ ބަޔަށް ހުޅުވާލީ، މިއަހަރުގެ އޭޕްރިލް މަހުގެ 9ވަނަ ދުވަހުއެވެ. ބޮޑެތި އެވޯޑުތަކެއް ލިބޭ މި ބައިގައި ވާދަކުރުމަށް ތަކެތި ހުށަހެޅުމަށް ކުރިމަތިލުމުގެ މުއްދަތު ހުޅުވާލާފައިވަނީ، އޮގަސްޓު މަހުގެ 31ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުއްދަތު ހޯމަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.

ބީސީސީގެ އެސިސްޓެންޓް ޑިރެކްޓަރ ސްޓްރެޓެޖިކް ޑިވެލޮޕްމަންޓް އެންޑް ރީޖަނަލް ސަރވިސަސް އަރީސާ މޫސާ ވިދާޅުވީ، މިވަގުތު ހުޅުވާލާފައިވަނީ ވާދަކުރުމުގެ ބަޔަށް ރަޖިސްޓްރީވުމަށް ކަމަށެވެ. ހުށަހަޅާ ތަކެތީގެ ތަފްސީލުތައް ހުށަހެޅުމާއި، އެވޯޑަށް ހުށަހަޅާ ތަކެތި ރަޖިސްޓްރީ ކުރުމަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް މުއްދަތު ދޭނެ ކަމަށް ވިދާޅުވިއެވެ.

“އެވޯޑުގައި އެންމެ ބޮޑު ބެލުމެއް ބަލާނީ، ދިވެހި އުފެއްދުމެއްތޯ. އަމިއްލަ މިލްކުވެރިކަން އޮތް މިންވަރު.” އަރީސާ

އުފެއްދުންތެރިކަމުގެ މައުރަޒުގެ ވާދަކުރުމުގެ ބަޔަށް މިހާތަނަށް 520 އަށްވުރެ ގިނަ މީހުން ތަކެތި ހުށައެޅުމަށް ވަނީ ފޯމު ހުށަހަޅާފައެވެ. މިދިޔަ އަހަރު ހުށަހެޅީ، 270އެއްހާ މީހުންނެވެ. މިއީ، މިދިޔަ އަހަރާ ބަލާއިރު ދެގުނައާ ގާތްކުރާ އަދަދެކެވެ. އެންމެ ގިނަ މީހުން ބައިވެރިކުރަނީ، އަތްތެރި މަސައްކަތްތަކާ ގުޅޭ ކެޓަގަރީތަކުންނެވެ.

މިއަހަރު ގެނައި އެންމެ ބޮޑު އެއް ބަދަލަކީ، ކުރިމަތިލެވޭ އުމުރުފުރާއެވެ. ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި މިއަހަރު 13 އަހަރުން މަތީގެ ކޮންމެ މީހަކަށް ބައިވެރިވެވޭ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ.

“މިއީ ކުރިއަރަމުން އަންނަ ޒުވާނުންނަން ފުރުޞަތު ފަހިކޮށްދިނުމަށް ގެނައި ބަދަލެއް. ކޮންމެ މީހަކަށްވެސް ބޭނުންވަރަކަށް އުފެއްދުން ހުށައެޅޭނެ. އެކަމަކު އެވޯޑަށް ލެވޭނީ، އެއް ދާއިރާ ނުވަތަ ގިންތިއަކުން.” އަރީސާ ވިދާޅުވިއެވެ.

އުފެއްދުންތައް ދައްކާލުމުގެ އިތުރުން މި ހަރަކާތުގައި ވިޔަފާރިތައް މާކެޓު ކުރުމާއި، ތަކެތި ވިއްކުމަށް އެކި ޑިސްޓްރިކްޓުތައް ހިމެނެއެވެ. މި މައުރަޒުގައި ބައިވެރިވުމަށް ވަރަށް އަވަހަށް ހުޅުވާލާނެއެވެ.

މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ، އޮކްޓޯބަރު މަހުގެ 23އިން 31ވަނަ ދުވަހުގެ ނިޔަލަށެވެ. ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި ވާދަކުރުމުގެ ބައިން ތަކެތި ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ޚާއްސަކޮށްފައިވާ ޕޯޓަލް “expo.mv” މެދުވެރިކޮށް ކުރިމަތިލެވޭނެއެވެ. އަދި މިކަމާއި ގުޅޭ ހުރިހާ މަޢުލޫމާތުތަކެއްވެސް ޕޯޓަލް މެދުވެރިކޮށް ލިބޭނެއެވެ.

ރާއްޖޭގައި ދިވެހި އުފެއްދުންތެރިންގެ ވިޔަފާރިތައް މާކެޓުކޮށް ކުރިއަރުވާ އާމްދަނީ އިތުރު ކުރުމަށް ފުރުޞަތު ފަހިކޮށްދިނުމަކީ، ސަރުކާރުން ވިޔަފާރީގެ ދާއިރާއިން ގެންގުޅޭ އެންމެ ބޮޑު އެއް ޢަމާޒެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Maurazu 2048x1347

އުފެއްދުންތެރިކަމުގެ މައުރަޒަށް ފަނޑިޔާރުން ހޯދަން ހުޅުވާލައިފި

Screenshot 2026 04 17

އުފެއްދުންތެރިކަމުގެ މައުރަޒަށް މިހާތަނަށް 80 އެޕްލިކޭޝަން

Screenshot 2026 04 09

އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި ބައިވެރިކުރުމަށް ހުޅުވާލައިފި

Saeeed

ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު ވަރަށް ކާމިޔާބު: ސައީދު