ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭވެހުނީ ދަރަވަންދޫއަށް

moosun
TTH_Ads
STO_Ads
Advertisement

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއަށް އެންމެ ބޯކޮށް ވާރޭވެހުނު ރަށަކީ ބ. ދަރަވަންދޫ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ.

މެޓް އޮފީހުން ބުނި ގޮތުގައި ދަރަވަންދޫއަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 93 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. ދެވަނައަށް އެންމެ ބޯކޮށް ވާރޭ ވެހުނު ބ. ގޮއިދޫއަށް 64.3 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ތިންވަނައަށް އެންމެ ބޯކޮށް ވާރޭ ވެހުނު އއ. ތޮއްޑޫއަށް 57.3 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. ހަތަރުވަނައަށް އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ނ. މާފަރަށް ކަމަށާއި، އެ ރަށަށް 56.3 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށްވެސް މެޓުން ބުނެއެވެ. މީގެ އިތުރުން، މި މުއްދަތުގައި އެންމެ މަދުން ވާރޭ ވެހިފައިވާ ކަމަށް ރެކޯޑް ކުރެވިފައިވަނީ ސ. ހުޅުމީދޫއަށް ކަމަށާއި، އެއީ 1.4 މިލިމީޓަރުގެ ވާރޭ ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަން ފާހަގަކޮށް މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ދެ ދުވަހުގައިވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

HajjCop_ads
Advertisement

ކަނޑުތަކުގެ ހާލަތާ ބެހޭގޮތުން މެޓުން ބުނީ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ. ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ދެކުނުގެ އަތޮޅުތަކުގައި ރާޅުގެ އުސްމިން 2 ފޫޓާއި 5 ފޫޓާ ދެމެދު، އަދި އުތުރާއި މެދުރާއްޖެތެރޭގައި ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓާ ދެމެދު ހުންނާނެ ކަމަށްވެސް ބުނެފައިވެއެވެ. އެހެންކަމުން، ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Moosun

ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުދު ސަމާލު

Moosun

ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ދެ ދުވަހުވެސް ވިއްސާރަކުރާނެ

moosun

އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ: މެޓް

moosun

ކުރިއަށްއޮތް ހަފުތާގައިވެސް މޫސުން ގޯސް