ހދ. ނޮޅިވަރަންފަރު ފަރަށް ހަ މީހުންނާއި އެކު ދަތުރު ކުރި ޑައިވިން ދޯންޏެއް ފަރަށް އަރައިފި އެވެ.
އެމްއެންޑީއެފުން ބުނީ “އުރަފާ” ނަމަކަށް ކިޔާ ޑައިވިން ދޯނި ފަރަށް އަރައިގެން ރިޕޯޓު ކުރީ އިއްޔެ ކަމަށެވެ. ހާދިސާ ހިނގި އިރު އޭގައި ހަ މީހުން ތިއްބެވެ.
އެމީހުން ވަނީ ނޮޅިވަރަމްފަރު ޑިންގީއެއްގައި އެ ރަށަށް ގެންގޮސްފައި އެވެ. އޭގެ ތެރެއިން މީހަކަށް އަނިޔާއެއްވި ކަމެއް އަދި ސާފެއް ނުވެ އެވެ.

އެމީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވެފައިވަނީ ސިފައިންނާއި ފުލުހުންނެވެ.
އެ ދޯނި ފަރަށް އަރާފައިވަނީ އިއްޔެވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާޅު ނެރެފައިވަނިކޮށެވެ.
މި ދުވަސްވަރު މޫސުން ގޯސްކަމުން ކަމާ ބެހޭ ފަރާތްތަކުން ވަނީ މޫސުން ބަލައިގެން ނޫނީ ދަތުރު ފަތުރު ނުކުރުމަށް އިލްތިމާސް ކޮށްފައި އެވެ.








ކިޔުންތެރިންގެ ހިޔާލު