ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފްރެންޑް 4 ދޯނީގެ ހާދިސާ: މިއަދު ހުވަދޫ ކަނޑު އެއްކޮށް ބަލައި ނިމޭނެ

STO_Ads
TTH_Ads
Advertisement

މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ، ގއ. ކުޑަލަފަރީގެ އިރުއުތުރުން އަށް ނޯޓިކަލް މޭލު ބޭރުން “ފްރެންޑް 4″ ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށާއި، މިއަދުގެ ނިޔަލަށް ހުވަދޫ ކަނޑުގެ ސަރަހައްދު އެއްކޮށް ބަލައި ނިމޭނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ސިފައިން ބުނިގޮތުގައި ހާދިސާ ހިނގި ވަގުތުން ފެށިގެން، އިންފްރާރެޑް ސެންސާތައް ހަރުކޮށްފައިވާ އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ބޭނުންކޮށްގެން ރޭގަނޑާއި ދުވާލު ދަނީ ސަރަހައްދު ބަލަމުންނެވެ. މި ޔޫއޭވީގެ އެހީގައި ދޯނިން އޮޔާ ދިޔަ ގޯނިތަކާއި ޑެބްރީސް ވަނީ ދެނެގަނެވިފަ އެވެ. މީގެ އިތުރުން ކޯސްޓްގާޑް ޝިޕް “އިމާދުއްދީން”، އިންޓަރސެޕްޓަރ ކްރާފްޓްސް، ހާބަރ ޕެޓްރޯލް ލޯންޗު އަދި ފުލުހުންގެ ލޯންޗު ބޭނުންކޮށްގެން، ހުވަދޫ ކަނޑުގެ ދެކުނުން ގއ. އަތޮޅުގެ ފަރުތަކާއި އުތުރުން ލ. އަތޮޅުގެ ފަރުތައް ވެސް ވަނީ ބަލައިފަ އެވެ.

މިހާތަނަށް ވައިގެ މަގުން 9،920 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދަކާއި ކަނޑުމަގުން 2،790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފައިވެ އެވެ. ދޯނި އަޑިއަށް ދިޔަ ސަރަހައްދުގެ ފުންމިން 1600 މީޓަރަށް ވުރެ ފުން ކަމަށާއި، މިއީ އަސްކަރީ ސަބްމެރިން ނުވަތަ ނިއުކްލިޔަރ ސަބްމެރިން ވެސް އޮޕަރޭޓް ނުކުރާ ފުންމިނެއް ކަމަށް ސިފައިން ވަނީ ބުނެފަ އެވެ.

HajjCop_ads
Advertisement

ހާދިސާގައި ގެއްލިފައި ވަނީ ދޯނީގެ ކެޕްޓަން މުޙައްމަދު ޙަމްދޫނާއި، ސިފައިންގެ މީހަކާއި ފުލުހެކެވެ. ދޯނިން ފުންމާލި އެންމެން ސަލާމަތްކުރެވިފައިވާއިރު، ކޯސްޓްގާޑުގެ ޑައިވާ ސާޖަންޓް އަސްރާރު އަލީ ދެ ބިދޭސީން ސަލާމަތްކުރުމަށް ކުރި ހިތްވަރުގަދަ މަސައްކަތާއި، ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދާއި، ޕޮލިސް ސާޖަންޓް ޢަލީ ނާފިޢު އާއި ސާޖަންޓް ޢަލީ ސައިފް އަދި އޯގްޒިލަރީ ފަޔާމަން ޢަބްދުﷲ ޝަފީޤުގެ ހިތްވަރުގަދަ މަސައްކަތް ސިފައިން ވަނީ ފާހަގަކޮށްފަ އެވެ. ދޯނީގެ ކެޕްޓަން ވެސް، ދޯނި ސަލާމަތްކުރެވޭތޯ އެންމެ ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކޮށްފައިވާކަން ސަލާމަތްވި މީހުން ވަނީ ފާހަގަކޮށްފަ އެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ގުޅުން ހުރި ލިޔުމެއް ނުފެނުނު