ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އުކުޅަހު ސްޕޯޓްސް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި

43
TTH_Ads
STO_Ads
Advertisement

އއ. އުކުޅަހުގައި ޤާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސްގެ ޢަމަލީ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރަސްމީކޮށް ފަށައިފިއެވެ. މި މަޝްރޫޢަކީ ރަށުގެ ޒުވާނުންނާއި ރައްޔިތުންނަށް ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށާއި، ގިނަ ކުޅިވަރުތަކެއް އެއް ފުރާޅެއްގެ ދަށުން ކުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ފެށި މުހިންމު މަޝްރޫޢެކެވެ.

އުކުޅަހު ސްޕޯޓްސް ކޮމްޕްލެކްސްގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން އެތަނުގެ ބިންގާ އަޅުއްވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދުގެ އިތުރުން އުކުޅަހު ކައުންސިލްގެ ރައީސް ޢަލީ ވަޙީދެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އަދި ދައުލަތުގެ ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އުކުޅަހުގައި ސްޕޯޓްސް ކޮމްޕްލެކްސް އަޅަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފައި ވަނީ، މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އުކުޅަހަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. މިއީ ހަށިހެޔޮ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ އިތުރުން، ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމާއި ކުޅިވަރުގެ ތަރައްޤީއަށް ސަރުކާރުން ކުރަން ރާވާފައިވާ މަޝްރޫޢުތަކުގެ ދަށުން ގިނަ ކުޅިވަރުތައް ކުޅެވޭގޮތަށް ޤާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސްތަކުގެ ތެރެއިން އެއް މަޝްރޫޢެވެ.

HajjCop_ads
Advertisement

މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި ހަދާ ސްޕޯޓްސް ކޮމްޕްލެކްސްގައި އިންޑޯ ޖިމަކާއި، އަންހެނުން ކަސްރަތު ކުރަން ޚާއްޞަ ކޮޓަރިއަކާއި، ބޯޑް ގޭމްތަކާއި ގިނަ ކުޅިވަރުތައް ކުޅޭވޭނެ ހޯލެއްގެ އިތުރުން ބައްދަލުވުންތައް ބާއްވަން ޚާއްޞަ ކޮޓަރިއެއް ހިމެނޭނެއެވެ. މިއީ ރަށުގެ ކުޅިވަރު ކުރިއެރުވުމަށް އެޅިގެންދާ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބަހާލައިގެން އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތައް ތަރައްޤީކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. ސަރުކާރުން މަސައްކަތްކުރަނީ މުޅި ރާއްޖެއަށް ކުޅިވަރުތައް ފުޅާކޮށް ބައިނަލްއަޤުވާމީ ފެންވަރުގެ ވަސީލަތްތައް އަތޮޅުތެރޭގައިވެސް ޤާއިމުކުރުމަށެވެ. އަދި މީގެ ސަބަބުން އަތޮޅު ތެރެއިން ޤައުމީ ފެންވަރުގެ އެލީޓް އެތުލީޓުން އުފެދިގެން އައުމަށް މަގުފަހިވެގެންދާނެއެވެ.

ސްޕޯޓްސް ކޮމްޕްލެކްސްތައް ޤާއިމުކުރުމުގެ އިތުރުން ރަށްރަށުގައި ހޭންޑްބޯޅަ އާއި ފުޓްބޯޅަ އަދި އެހެނިހެން ކުޅިވަރު ވަސީލަތްތައް ޤާއިމުކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވާކަމަށް ސަރުކާރުން ބުނެއެވެ. މިފަދަ ވަސީލަތްތަކުގެ ސަބަބުން ރަށުގެ ޒުވާނުންނަށާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް މަގުފަހިވެ، ކުޅިވަރުގެ ދާއިރާއިން ކުރިއަށް ދިއުމަށް ބޮޑެތި ފުރުޞަތުތަކެއް ތަނަވަސްވެގެންދާނެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
HajjCop_ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

43

އއ. އުކުޅަހުގެ އައުޓްޑޯ ވޮލީކޯޓު ރަސްމީކޮށް ހުޅުވައިފި

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އުކުޅަހަށް ވަޑައިގަތުމުން ހޫނު މަރުޙަބާއެއް

muiz

ރައީސް އުކުޅަހަށް ވަޑައިގެންފި

އުކުޅަސް ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫއުގެ 82 އިންސައްތަ މަސައްކަތް ނިންމާލައިފި