ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ސަރަހައްދީ ބައްދަލުވުން ރާއްޖޭގައި ކާމިޔާބުކަމާއެކު ބާއްވައިފި

TTH_Ads
STO_Ads
Advertisement

ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ސަރަހައްދީ ބައްދަލުވުން (އެނެސްތީސިއޮލޮޖީ ކޮންފަރެންސް) ރާއްޖޭގައި ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 15 އިން 16 އަށް، އއ. އުކުޅަހުގައެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް އެނެސްތީސިއޮލޮޖިސްޓްސް (އެމްއޭއޭ) އާއި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގުޅިގެން އިންތިޒާމުކުރި މި ކޮންފަރެންސްގައި ޖުމްލަ 220 ފަރާތަކުން ބައިވެރިވެފައިވެއެވެ. އޭގެ ތެރޭގައި ސާކްގެ އެކި ޤައުމުތަކުން އެނެސްތީސިއޮލޮޖީ ދާއިރާގެ 190 ތަޖުރިބާކާރުން ހިމެނެއެވެ.

ސިއްހަތާއި ބެހޭ ވުޒާރާއިން މައުލޫމާތު ދިން ގޮތުގައި، މި ކޮންފަރެންސްގައި އިންޑިއާ، ޕާކިސްތާން، ބޫޓާން، ސްރީލަންކާ އަދި ނޭޕާލް ފަދަ ޤައުމުތަކުގެ ފާހަގަކޮށްލެވޭ ސްޕެޝަލިސްޓް ޑޮކްޓަރުންނާއި، ސިއްހީ ދާއިރާގެ އިސް ހިދުމަތްތެރިންގެ އިތުރުން ކީނޯޓް ސްޕީކަރުން ވެސް ބައިވެރިވެފައިވެއެވެ.

HajjCop_ads
Advertisement

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި ރާއްޖޭގެ އެނެސްތީސިއޮލޮޖީ ދާއިރާއިން މީހުން ބިނާކުރުމާއި ތައުލީމު ފޯރުކޮށްދިނުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނު ކަމަށް ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. މީގެއިތުރުން، ކްލިނިކަލް ތަޖުރިބާތަކާއި، ރިސާޗްތަކުގެ މައުލޫމާތު ހިއްސާކޮށް، މި ދާއިރާ އިތުރަށް ތަރައްޤީކުރުމަށްޓަކައި ސަރަހައްދީ ޤައުމުތައް ގުޅިގެން ކުރެވިދާނެ މުހިންމު މަސައްކަތްތަކާ ގުޅޭގޮތުން ވެސް ހިޔާލު ބަދަލުކުރެވިފައިވާކަމަށް ބުންޏެވެ.

ސިއްހަތާއި ބެހޭ ވުޒާރާއިން ބުނީ، މި ކޮންފަރެންސްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ސަރަހައްދުގެ ސްޕެޝަލިސްޓުންގެ މެދުގައި ޕްރޮފެޝަނަލް ނެޓްވޯކްތައް ބިނާކުރުމާއި، ސިއްހީ ދާއިރާގައި ބޭނުންކުރާ އެންމެ ފަހުގެ ‘ބެސްޓް ޕްރެކްޓިސް’ ތައް ދެނެގަތުމުގެ އިތުރުން، މި ދާއިރާއިން ކުރިއަށްދިއުމަށް ހުރި ފުރުސަތުތައް ހޯދައި ތަނަވަސްކުރުން ހިމެނެއެވެ. ސިއްހީ ދާއިރާގެ މާހިރުން ދެކޭގޮތުގައި މި ބައްދަލުވުމުގެ ސަބަބުން ރާއްޖޭގެ އެނެސްތީސިއޮލޮޖީގެ ދާއިރާއަށް އިތުރު ކުރިއެރުމާއި ތަރައްޤީ ލިބިގެންދާނެއެވެ.

MPL_Ads
Ads_MTCC
MWSC_ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ސަރަހައްދީ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމައިފި

ފަރުމަސްވެރިކަމަށް ހާއްސަކޮށްގެން ބިނާކުރާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި އަޅަނީ

468552 1299680d b

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އުކުޅަހުގައި ގަސް އިންދުމުގެ ޕްރޮގްރާމްގައި ރައީސް ބައިވެރިވެވަޑައިގެންފި

43

އުކުޅަހުގައި 50 ހައުސިންގ ޔުނިޓް ތަރައްގީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި