ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އއ. އުކުޅަހުގެ އައުޓްޑޯ ވޮލީކޯޓު ރަސްމީކޮށް ހުޅުވައިފި

43
STO_Ads
TTH_Ads
Advertisement

އއ. އުކުޅަހުގައި މި ސަރުކާރުން ޤާއިމްކުރި އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތް މުޅިން ނިންމައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ކޯޓު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި ކޯޓު ރަސްމީކޮށް ހުޅުވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

އުކުޅަހުގައި އަލަށް ޤާއިމްކުރި މި ވޮލީކޯޓަކީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު ޢަމަލީ މަސައްކަތް ފަށާފައިވާ މަޝްރޫޢެކެވެ. ޒުވާނުން ބާރުވެރިކުރުވާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން މި ކޯޓު އެޅުމުގެ މަސައްކަތް ޙަވާލުކޮށްފައި ވަނީ ޕްރޮކްސީ ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ. މުޅި މި މަޝްރޫޢަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 1,359,163.58 ރުފިޔާ ޚަރަދުކޮށްފައިވެއެވެ.

މި ކޯޓަކީ ޒަމާނީ ވަސީލަތްތަކާ އެކު، ރޭގަނޑުވެސް ކުޅިވަރު ކުޅެވޭ ގޮތަށް ފުރިހަމަ ލައިޓް ސިސްޓަމެއް ހަރުކޮށް، ވަރަށް ފުރިހަމައަށް ފަރުމާކޮށްގެން ޤާއިމްކޮށްފައިވާ ވޮލީކޯޓެކެވެ. ކޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު، އެ ކޯޓުގައި އެކުވެރިކަމުގެ ޚާއްޞަ ވޮލީ މެޗެއްވެސް ވަނީ ކުޅެފައެވެ.

HajjCop_ads
Advertisement

އަތޮޅުތެރޭގެ އެކި ރަށްރަށުގައި ވޮލީ ކޯޓުތައް ތަރައްޤީކޮށް، ޒުވާނުންނަށް ކުޅިވަރު ކުޅޭނެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިހާރުވެސް އިތުރު 10 ރަށެއްގައި ވޮލީކޯޓުތައް ހެދުމުގެ މަސައްކަތްތައް ކުރިއަށްދާކަން ކުޅިވަރާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ. މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ރަށްރަށުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫޙު އާލާވެ، ހަށިހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ހޭނައްތާ ޑޮކްޓަރުންގެ 15 ވަނަ ސަރަހައްދީ ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ނިންމައިފި

ފަރުމަސްވެރިކަމަށް ހާއްސަކޮށްގެން ބިނާކުރާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި އަޅަނީ

muiz

އިގުތިސާދީ ދަތިތަކާއެކުވެސް މި ދައުރުގެ ތެރޭގައި ވައުދުތައް ފުއްދަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

468552 1299680d b

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އުކުޅަހުގައި ގަސް އިންދުމުގެ ޕްރޮގްރާމްގައި ރައީސް ބައިވެރިވެވަޑައިގެންފި