ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕީއެންސީގެ ކޮންގްރެސްއަކީ ދާޚިލީ ޑިމޮކްރަސީގެ ހަރުދަނާކަމުގެ ރަމްޒެއްކަން ސާބިތުކޮށްދޭނަން: ރައީސް

17a95d20 4b64 4914 81e8 d9b015a10010
TTH_Ads
Maldivian_Ads
STO_Ads
Advertisement

އަންނަ ސެޕްޓެމްބަރު މަހު ކުރިއަށް ގެންދިއުމަށް ތާވަލުކުރެވިފައިވާ އެ ޕާޓީގެ ކޮންގްރެސްއަކީ ދާޚިލީ ޑިމޮކްރަސީގެ ހަރުދަނާކަމުގެ ރަމްޒެއްކަން ސާބިތުކޮށްދެވޭނެކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ސިލްސިލާ ޕޮޑްކާސްޓް “ނޭޝަން ޗެޓް”ގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ވެރިކަން ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީ.އެން.ސީ) އިން ދާދި ފަހުން ކުރިއަށްގެންދެވި އެތެރޭގެ އިންތިޚާބަށް އަލިއަޅުއްވާލައްވައި، ޕާޓީގެ ކުރިމަގު ހިއްސާކުރައްވާފައެވެ. އެގޮތުން، މިއަހަރުގެ ސެޕްޓެމްބަރު މަހު ކުރިއަށް ގެންދިއުމަށް ތާވަލުކުރެވިފައިވާ އެ ޕާޓީގެ ކޮންގްރެސްއަކީ ދާޚިލީ ޑިމޮކްރަސީގެ ހަރުދަނާކަމުގެ ރަމްޒެއްކަން ސާބިތުކޮށްދެވޭނެކަމުގެ ޔަޤީންކަން، އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މިދިޔަ މާރިޗު މަހު އާޓިފިޝަލް ބީޗުގައި ‘ދަ ގްރޭޓް އައްޑޫ’ގެ ނަމުގައި ބޭއްވި ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޕީއެންސީގެ ކޮންގްރެސްއަކީ ވަރަށް އިންސާފުވެރި އަދި ދެފުށް ފެންނަ ކޮންގްރެސްއަކަށް ވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ޕާޓީގެ ތެރެއިން ސިޔާސީ ގޮތުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ލިބޭނެ މުހިއްމު ފުރުސަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

HajjCop_ads
Advertisement

ޕީއެންސީން މަސައްކަތް ކުރާނީ ރައްޔިތުންގެ މަސްލަހަތު އިސްކޮށް، އެއް ޓީމެއްގެ ގޮތުގައި ކަމަށާއި، އެ ޕާޓީއަކީ ޑިމޮކްރަސީއަށް ލޯބިކުރާ ޕާޓީއެއް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، 2023 ވަނަ އަހަރުގެ ނޮވެންބަރު މަހު 3،000 މެންބަރުންނާއެކު ފެށި މި ޕާޓީގެ މެންބަރުންގެ އަދަދު މިހާރު 75،000 އަށް އަރާފައިވާއިރު، ޕާޓީގެ މެންބަރުންގެ އަދަދު އެއްލައްކައަށް ވުރެ އިތުރުކުރުމަކީ އަމާޒެއް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

muiz cabinet 2026

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތަކާ ބެހޭ މުޢާހަދާގެ ޕްރޮޓޮކޯލްގައި ރާއްޖޭން ބައިވެރިވަނީ

ނޭޕާލުގެ ޤާނޫނުއަސާސީގެ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

muiz

ސުކޫކު އެއްކޮށް ދައްކަން ނިންމެވި ސަބަބަކީ، ދަރަނިން ސަލާމަތްވުމާއި، ހަރުމުދާތައް ރަހުނުން ސަލާމަތްކުރުން: ރައީސް

muiz

އެންމެ ފުރަތަމަ ޤައުމު ނޫން ގޮތެއް ނެތް، އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުން: ރައީސް