ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސުކޫކު އެއްކޮށް ދައްކަން ނިންމެވި ސަބަބަކީ، ދަރަނިން ސަލާމަތްވުމާއި، ހަރުމުދާތައް ރަހުނުން ސަލާމަތްކުރުން: ރައީސް

muiz
STO_Ads
TTH_Ads
Maldivian_Ads
Advertisement

ކުރީ ސަރުކާރުތަކުން އެކި ގޮތްގޮތުން ނަގާފައިވާ ދަރަނީގެ ތެރެއިން މިހާތަނަށް 1.3 ބިލިޔަން ޑޮލަރު މި ސަރުކާރުން ދައްކާ ޚަލާސްކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ވެރިކަން ކުރާ ޕީޕަލްސް ނޭޝެނަލް ކޮންގްރެސް، ޕީއެންސީގެ މަތީ މަޖިލިސް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއީ ދަރަނިން ސަލާމަތްވެ، ހަރުމުދާތައް ރަހުނުން ސަލާމަތްކުރަން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ތަންފީޒުކުރުމުގައި ލިބުނު މުހިންމު ކުރިއެރުމެއްކަމަށެވެ.

HajjCop_ads
Advertisement

ރައީސް ވިދާޅުވީ، ކުރީ ސަރުކާރުތަކުން އެކި ގޮތްގޮތުން ނަގާފައިވާ ދަރަނީގެ ތެރެއިން ބުރާސްފަތި ދުވަހު 50 މިލިޔަން ޑޮލަރު ދައްކާފައިވާކަމަށެވެ. ނިމިދިޔަ ސަރުކާރުތަކުން ނަގާފައިވާ ދަރަނީގެ ވާހަކަ ނުދައްކަން ބައެއް ފަރާތްތަކުން އެދެމުންދާކަމަށް ފާހަގަކުރައްވާ ރައީސްވަނީ އެ ފަރާތްތަކުގެ ވިސްނުން ހުރީ ކޮން ގޮތަކަށްތޯ ސުވާލު އުފެދޭކަމަށް ވިދާޅުވެފައެވެ. އެފަދަ ފަރާތްތަކުން އެދެނީ ރާއްޖެ ދަރަނިވެރިވުން އެއީ ނުވާކަމަކަށް ހަދަންތޯ ރައީސް ސުވާލު އުފެއްދެވިއެވެ.

“އެކަން އެއީ އެހެންވީ ކަމެއް ނޫނޭ ބުނާކަހަލަ. އެވާހަކަ ނުދައްކާށޭ. އަދި ދަރަނި ނެގީ އެކަންޏެއްވެސް ނޫނޭ އަޅުގަނޑުމެންގެ ހަރު މުދާތައް ވެސް ވިއްކާލާފައި. ނޫނީ ރަހުނުކޮށްފައި. އަޅުގަނޑުމެން 532 މިލިއަން ޑޮލަރު ސުކޫކު އެއްކޮށް ދައްކާ ނިންމީ.” ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

އެ ސުކޫކު އެއްކޮށް ދައްކަން ނިންމެވި ސަބަބަކީ، ދަރަނިން ސަލާމަތްވުމާއި، ހަރުމުދާތައް ރަހުނުން ސަލާމަތްކުރުންކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، މިދިޔަ 8 މަސް ދުވަހުގެ ތެރޭގައި ދަރަނިތައް އަަދާކުރުމަށް 10 ބިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާބެހޭ ވަޒީރު ޙަސަން ޒަރީރުވަނީ ވިދާޅުވެފައެވެ. މިއީ ފާއިތުވި 9 އަހަރުގެ ތެރޭގައި ދަރަނިތައް ދެއްކުމަށް ދައުލަތުން ހޭދަކުރި މިންވަރަށްވުރެ އިތުރު އަދަދެކެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
TTH_Ads
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

809183947 1611321023980848 406873853677267315 n

ވަޤުފު ފުޅާކޮށް އިސްލާމީ ކަންކަން ކުރިއެރުވުމުގެ އައު ބާބެއް!

ގޯތިގެދޮރު އެޅުމަށް ބެންކުން ދޫކުރާ ލޯނުގެ އިކުއިޓީއަށް ދެ ލައްކަ ރުފިޔާގެ އެހީއެއް

Garden

ކާބޯތަކެތީގެ މުހިންމު ބާވަތްތައް ރާއްޖޭގައި އުފައްދައި، ބާޒާރަށް ނެރުމަކީ ސަރުކާރުގެ އަމާޒެއް: ރައީސް

raees Muiz

ދަނޑުވެރިކަމުގެ ބާވަތްތައް އަމިއްލަ ފަސްގަނޑުގައި އުފެއްދުމަކީ ޤައުމުގެ އިސްތިޤުލާލާ ގުޅިފައިވާ ކަމެއް: ރައީސް