ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައްޔިތުންގެ މަޖިލީހުގައި އެންމެ ގިނަ ސުވާލު އަމާޒުވި ވަޒީރަކީ ހައުސިން މިނިސްޓަރު

788
Maldivian_Ads
STO_Ads
TTH_Ads
Advertisement

ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު އެމްޑީޕީގެ މެންބަރުން ސަރުކާރުގެ ވަޒީރުންނާ ކުރެއްވުމަށް ހުށަހެޅުއްވި ސުވާލުތަކުގެ ތެރެއިން އެންމެ ގިނަ ސުވާލު އަމާޒުވެފައިވަނީ މިނިސްޓަރ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބަށް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް ހާމަކުރެއްވި ގޮތުގައި، މިހާތަނަށް ސަރުކާރުގެ ވަޒީރުންނާ ސުވާލުކުރުމަށް އެމްޑީޕީގެ މެންބަރުންގެ ފަރާތުން ޖުމްލަ 258 ނޯޓިސް ވަނީ ހުށަހެޅިފައެވެ. އޭގެ ތެރެއިން 180 ސުވާލު އަމާޒުވެފައިވަނީ އެންމެ ގިނައިން ސުވާލު ކުރެވުނު އަށް ވަޒީރުންނަށެވެ.

އާންމުކުރެވުނު ތަފާސްހިސާބުތަކަށް ބަލާއިރު، އިންފްރާސްޓްރަކްޗަރާއި ބޯހިޔާވަހިކަމުގެ ދާއިރާގެ ކަންކަމާ ގުޅޭގޮތުން ޑރ. މުއްތަލިބާ ސުވާލުކުރެއްވުމަށް 56 ނޯޓިސް ވަނީ ފޮނުވާފައެވެ. މިއީ އެހެން ވަޒީރުންނާ އަޅާބަލާއިރު ވަރަށް މަތީ އަދަދެއްކަން ފާހަގަކުރެވެއެވެ.

HajjCop_ads
Advertisement

ޑރ. މުއްތަލިބުގެ އިތުރުން ދެން އެންމެ ގިނައިން ސުވާލު އަމާޒުވި ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް 26 ސުވާލު، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދަށް 22 ސުވާލު، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ މިނިސްޓަރު އަބްދުﷲ ރާފިއުއަށް 20 ސުވާލު، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރަށް 19 ސުވާލު، ހޯމް މިނިސްޓަރު އަލީ އިހުސާނަށް 18 ސުވާލު، ހެލްތު މިނިސްޓަރު ޤީލާ އަލީއަށް 10 ސުވާލު، އަދި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދަށް 9 ސުވާލެވެ.

މި ސުވާލުތަކަކީ ދާއިރާތަކުގެ ތަރައްގީގެ މަޝްރޫޢުތަކާއި ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން މެންބަރުންނަށް އޮޅުންފިލުވަން ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުން ހުށަހަޅާފައިވާ ސުވާލުތަކެކެވެ. ޚާއްސަކޮށް ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި ސުވާލުތައް ގިނަކަން މި ތަފާސްހިސާބުތަކުން ހާމަވެގެންދެއެވެ.

Ads_MTCC
MWSC_ads
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ishan seefromthesky Fcopy8szaoM unsplash 1656475272927 zkg9nw

ޙައްލުނުވެހުރި ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލުކުރަން އޮފީސް ފޯރ ސިވިލް ރައިޓްސްއިން

Resorts

ސިނަމާލެ ބްރިޖަކީ އިންޖިނިއަރުންގެ ނުގުޑާ އަޒުމުގެ ހެއްކެއް: މުއްތަލިބް

HQtyYKka8AATohI

ޤައުމުތަކުގެ ސުލްހައާއި ހަމަޖެހުމަށް ޤާނޫނު ހަދާ މަޖިލިސްތަކުގެ ދައުރު މުހިންމު: މަޖިލީހުގެ ރައީސް

ރާއްޖެ އާއި އޮސްޓްރޭލިއާގެ ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފި