ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަމާން މުޖުތަމައެއް ބިނާކުރުމުގައި ދިވެހި ފުލުހުން ދެމިތިބޭނެ: ކޮމިޝަނަރ އަޙްމަދު

CP
STO_Ads
TTH_Ads
Advertisement

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ކުށްމަދު އަމާން މުޖުތަމައެއް ބިނާކުރުމުގެ މަތިވެރި އަޒުމުގައި ދިވެހި ފުލުހުން އަބަދުވެސް ދެމިތިބޭނެކަމުގެ ޔަގީންކަން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ދެއްވައިފިއެވެ.

ދިވެހިރާއްޖޭގެ ފަހުރުވެރި 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖެއްގައި، ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ މިއަދު ގައުމުން މިދެކޭ ހަމަޖެހުމާއި އަމާންކަމަކީ ކާބަފައިން ވެވަޑައިގަތް މަތިވެރި ގުރުބާނީގެ ނަތީޖާ ކަމަށެވެ. އަދި މި މިނިވަންކަން ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އެންމެހައި ދިވެހި ރައްޔިތުންގެ މައްޗަށް އޮތް ގައުމީ ވާޖިބެއްކަން ސީޕީ ފާހަގަކުރެއްވިއެވެ.

ކޮމިޝަނަރގެ މެސެޖުގައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް އާންމު ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ.

HajjCop_ads
Advertisement

މީގެއިތުރުން، ގައުމު ބިނާކުރުމުގެ މަސައްކަތުގައި ރައްޔިތުންގެ، ހާއްސަކޮށް ޒުވާނުންގެ ބައިވެރިވުން ނުހަނު މުހިންމުކަން ފާހަގަކުރައްވައި، ސުލްހަވެރި އަދި އަމާން ވެއްޓެއް ގާއިމުކުރުމަށް އެންމެހައި ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް އިލްތިމާސްކުރެއްވިއެވެ.

61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް، އަދި ފުލުހުންނާއި ސިފައިންގެ އާއިލާތަކަށް ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Taxi

ޓެކްސީ ލައިން އެޕްލިކޭޝަންގެ މަޢޫލޫމާތު ލީކުކުރި މުވައްޒަފުގެ މައްސަލަ ފުލުހަށް

ޝަހީދު ޢަލީ ސުކޫލުގެ 45 ދަރިވަރުން ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ފުރިހަމަކޮށްފި

Police vcle

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އިންޑިއާގެ ބަޔަކު ހައްޔަރުކޮށްފި

1 Suspect 1 b00623c1a8

މަސްތުވާތަކެއްޗާއެކު މާލެއިން މީހަކު ހައްޔަރުކޮށްފި