ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕޮލިސް މެމޯރިއަލް ޑޭގެ ރަސްމިއްޔާތު ބާއްވައި، ވަކިވެދިޔަ ފުލުހުންގެ ޒިކުރާ އާކޮށްފި

STO_Ads
TTH_Ads
Advertisement

ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ވާޖިބު އަދާކުރަމުން ދަނިކޮށް އަދި ޚިދުމަތާ ގުޅުންހުރި އެކި ހާދިސާތަކުގައި ވަކިވެދިޔަ ފުލުހުންގެ އަގު ވަޒަންކޮށް، އެ ފަރާތްތަކުގެ ޒިކުރާ އާކުރުމުގެ ގޮތުން ފާހަގަކުރާ “ޕޮލިސް މެމޯރިއަލް ޑޭ” ގެ ޚާއްޞަ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

ކޮންމެ އަހަރެއްގެވެސް ޖުލައި 23 ވަނަ ދުވަހު މި ދުވަސް ފާހަގަކުރަން ފަށާފައިވަނީ 2013 ވަނަ އަހަރުން ފެށިގެންނެވެ. މިއީ 2012 ޖުލައި 23 ގައި ކ. ކާށިދޫގައި ރަސްމީ މަސައްކަތުގައި އުޅުއްވަނިކޮށް ދިން ހަމަލާއެއްގައި ޝަހީދުވި ސާޖަންޓް އާދަމް ޙަލީމްގެ ހަނދާނުގައި ފާހަގަކުރަން ފެށި ދުވަހެކެވެ.

މިއަހަރުގެ މެމޯރިއަލް ޑޭގެ ހަރަކާތްތައް ރޭ މެންދަމު 00:00 ގައި ރަސްމީކޮށް ފަށާފައިވަނީ ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކުރުމާއެކުގައެވެ.

HajjCop_ads
Advertisement

ޕޮލިސް މެމޯރިއަލް ޑޭގެ ރަސްމިއްޔާތުގެ ތެރެއިން. ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ވަޒީރު ޢަލީ އިޙްސާން. ފޮޓޯ: ޕޮލިސް

މި ދުވަހާ ގުޅިގެން މިއަދު ހެނދުނު 06:00 ގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާންއެވެ. ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި ފުލުހުންގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި، ވަކިވެދިޔަ ފުލުހުންގެ ހަނދާނުގައި ހިމޭންކަމުގެ ސުކޫތެއް ގެނެސް ދުއާކުރުން އޮތެވެ. މީގެ އިތުރުން، މެމޯރިއަލް ވޯލްގައި މައުންޓްކުރެވުނު ޝަރަފުގެ ގާޑުން މިރޭގެ 00:00 އާ ހަމައަށް ފޯރިމަރަމުން ގެންދާނެއެވެ.

ޕޮލިސް މެމޯރިއަލް ވޯލްގައި ޝަހީދުންގެ ގޮތުގައި 5 ފުލުހެއްގެ ނަން ލިޔެވިފައިވެއެވެ. އެއީ ޝަހީދު ސާޖަންޓް ޢަލީ ނާޡިމް، ޝަހީދު ސާޖަންޓް އާދަމް ޙަލީމް، ޝަހީދު ސާޖަންޓް މިޞްބާޙު ޢަބްދުﷲ، ޝަހީދު ސާޖަންޓް އަޙްމަދު ވިފާޤް، އަދި ޝަހީދު ކޮންސްޓަބަލް ޔޫސުފް ޟަމީރެވެ.

މީގެ އިތުރުން، ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވެފައިވާ އިތުރު 11 ފުލުހެއްގެ ހަނދާންވެސް މި ދުވަހު ވަނީ އާކޮށްފައެވެ.

އެ ބޭފުޅުންނަކީ ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާޢީލް ނަދީމް، ޕޮލިސް ސަރޖަންޓް ޙުސައިން ޝަރީފް، ޕޮލިސް ސަރޖަންޓް ޝުޖާޢު ޢަދުނާން، ޕޮލިސް ސަރޖަންޓް އިސްމާޢީލް ރިޟާ، ޕޮލިސް ކޯޕްރަލް މުޙައްމަދު ޝާޠިރު، ޕޮލިސް ލާންސް ކޯޕްރަލް ޙަސަން އަޝްރަފް، ކޮންސްޓަބަލް ޢަބްދުލްބާސިޠު، ސާޖަންޓު ފާޠިމަތު ރިފާ، ކޮންސްޓަބަލް ޙުސައިން ޤައިސް، ސާޖަންޓު މުޙައްމަދު އަރުޝަދު އަދި އެންމެ ފަހުން ނިޔާވި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޢާސިފެވެ. 2026 ޖޫން 11 ގައި “ޕޮލިސް ލޯންޗު 57” ގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުން ދަނިކޮށް ނިޔާވި އަޙްމަދު ޢާސިފްގެ ހަނދާން މެމޯރިއަލް ޑޭގައި އާކުރެވުނު މިއީ ފުރަތަމަ ފަހަރެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

IMG 20260810 WA 0030 0edda24903

ކޮމިޝަނަރ އޮފް ޕޮލިސް، ނިއުޒީލަންޑް ހައިކޮމިޝަންގެ ކައުންސެލަރާ ބައްދަލުކުރައްވައިފި

Scam

ސްކޭމްގެ 3000 ވަނަ މައްސަލަ: މިއީ ހަމައެކަނި އަދަދެއް ނޫން، ސީރިއަސް އިންޒާރެއް!

988

ޑައިމޯފިން ޓްރެފިކް ކުރި މީހަކު 25 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

Resorts

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ހުޅުމާލޭގައި ފުލުހުން “ރޯޑްޝޯ” އެއް ބާއްވައިފި