ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕޮލިސް މެމޯރިއަލް ޑޭ ފާހަގަކުރުމުގެ ގޮތުން ފުލުހުންގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފި

TTH_Ads
Maldivian_Ads
STO_Ads
Advertisement

ފުލުހުންގެ ވާޖިބު އަދާކުރުމުގެ ތެރޭގައި ނިޔާވެފައިވާ ފުލުހުންގެ ޒިކުރާ އައުކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ “ޕޮލިސް މެމޯރިއަލް ޑޭ” ގެ ހަރަކާތްތައް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

ހަރަކާތްތައް ފެށީ، ރޭ 00:00 ގައި އިސްކަންދަރު ބިލްޑިންގައި ހުރި ދިވެހި ފުލުހުންގެ ޚިދުމަތުގެ ދިދަ ވަނީ ބައިދަނޑިއަށް ތިރިކުރުމާއެކުއެވެ.

ފުލުހުންގެ މެމޯރިއަލް ދުވަހުގެ ގޮތުގައި ހަމަޖައްސާފައިވަނީ ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 23 ވަނަ ދުވަހެވެ.

HajjCop_ads
Advertisement

މި ދުވަސް ފާހަގަކުރަނީ ފުލުހުންގެ ޑިއުޓީގައި އުޅެނިކޮށް ނުވަތަ އެ ވާޖިބު އަދާކުރުމުގެ ތެރޭގައި ދިމާވި އެކިއެކި ހާދިސާތަކުގައި ނިޔާވެފައިވާ ފުލުހުންގެ ހަނދާންތައް އައުކުރުމުގެ ގޮތުންނެވެ. އަދި އެ ފުލުހުން ގައުމަށްޓަކައި ވެފައިވާ މަތިވެރި ގުރުބާނީއާއި ކޮށްދީފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކޮށް، އެ ޒިކުރާ އައުކުރުމަކީވެސް މި ދުވަސް ފާހަގަކުރުމުގެ މުހިންމު ބޭނުމެއް ކަމަށް ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ.

މެމޯރިއަލް ޑޭގެ ހަރަކާތްތައް މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ހުރި ޕޮލިސް ސްޓޭޝަންތަކުގައިވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ހަރަކާތްތައް ފެށުމުގެ ގޮތުން މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގައި ހުރި ޕޮލިސް ސްޓޭޝަންތަކުގައި ބަހައްޓާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދިދަ، މި ދުވަހުގެ މުނާސަބަތުގައި ބައިދަނޑިއަށް ވަނީ ތިރިކޮށްފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police 12 Sept

ރަސްމީ ފާލަން ހިމެނޭ ސަރަހައްދުން އުޅަނދުތައް ނަގަން އަންގައިފި

ބަނގުރާ ގެންގުޅެ، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1އިން ދެ މީހުން ހައްޔަރުކޮށްފި

ކޮލެޖު އޮފް ޕޮލިސިންގެ 2 ކޯހަކުން 54 ފުލުހުން ދަސްވެނިވެއްޖެ

ސައިބަރ ޑްރިލްއާއި، ސައިބަރ ކްރައިސިސް ޕްރޮގްރާމް ކުރިއަށް ގެންގޮސްފި