ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދިއްދޫގައި އިމާރާތްކުރާ 75 ފްލެޓްގެ 98 އިންސައްތަ މަސައްކަތް ނިމިއްޖެ

Large thumb
STO_Ads
TTH_Ads
Maldivian_Ads
Advertisement

ހއ. ދިއްދޫގައި ސަރުކާރުން އިމާރާތްކުރަމުންދާ 75 ހައުސިން ޔުނިޓު މަޝްރޫއުގެ 98.55 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކުރި މި މަޝްރޫއުގައި މިހާރު ކުރިއަށްދަނީ ބަދިގެއާ ފާހާނާގެ ފިނިޝިން މަސައްކަތެވެ.

ދިއްދޫގައި 75 ހައުސިން ޔުނިޓު އަޅަން އެސްޖޭ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފައިވަނީ 120 މިލިއަން ރުފިޔާގެ އަގަކަށެވެ.

HajjCop_ads
Advertisement

އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާނީ ދެ ފަންގިފިލާގެ ރޯހައުސްތަކެކެވެ. އެ ކޮންމެ ރޯހައުސްއެއްގައި ތިން ކޮޓަރި، 3 ފާހާނާ، ސިޓިން ރޫމް، ބަދިގެ، ކާގެ، ލޯންޑްރީ އަދި ސްޓޯރޫމް ހުންނާނެއެވެ.

ދިއްދޫގައި އިމާރާތްކުރާ ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަސޭހައަށާއި ހިތްހަމަޖެހުމަށް އެ ސަރަހައްދު ވަށައިގެން އަލިކޮށް އެ ސަރަހައްދުގައި ޕާކަކާއި ވެހިކަލް ޕާކިން ޒޯނެއް ގާއިމުކުރާނެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

WhatsApp Image 2026 09 06 at 10.01.17

ހއ. ދިއްދޫގައި ތަރައްޤީކުރި ވޮލީ ކޯޓުގެ މަސައްކަތް ނިމިއްޖެ

WhatsApp Image 2026 03 28 at 20.22.59

ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި

WhatsApp Image 2026 03 03 at 15.12.34

ދިއްދޫ ފުޓްބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

66

ދިއްދޫ ރައްޔިތުން އެދުނުގޮތަށް 112 ހެކްޓަރުގެ ބިން ހިއްކައި ނިންމާލައިފި