ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި

Io
TTH_Ads
STO_Ads
Advertisement

ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް އެކި މައްސަލަތަކުގައި ގެނެވިފައިވާ ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރު، ކަނޑައެޅިފައިވާ ގަވާއިދުތަކުގެ ދަށުން ނައްތާލައިފިއެވެ.

ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ޖުލައި މަހުގެ 16 ވަނަ ދުވަހު ކުޑަހުވަދޫގައި ނައްތާލާފައިވަނީ 67 ފުޅި ބަނގުރަލާއި 259 ދަޅު ބިޔަރެވެ. މި ތަކެއްޗަކީ މިއަހަރުގެ އޭޕްރީލް 4 ވަނަ ދުވަހުން ފެށިގެން ޖޫން 14 ވަނަ ދުވަހުގެ ނިޔަލަށް އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ތަކެއްޗެވެ. މި ތަކެތި ނައްތާލުމުގެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައެވެ.

މި ބަނގުރަލާއި ބިޔަރު ދަޅުތައް ނައްތާލާފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުންނެވެ. އަދި މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެކަމަށްޓަކައި ހާއްސަކޮށް އެކުލަވާލާފައިވާ ކޮމިޓީގެ ސީދާ ބެލުމުގެ ދަށުންނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މިފަދަ ތަކެތި، މައްސަލަތަކުގެ ތަހުގީގު ނިމުމުން، ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ގަވާއިދުން ނައްތާލަމުން ގެންދެއެވެ.

HajjCop_ads
Advertisement

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

IMG 20260810 WA 0030 0edda24903

ކޮމިޝަނަރ އޮފް ޕޮލިސް، ނިއުޒީލަންޑް ހައިކޮމިޝަންގެ ކައުންސެލަރާ ބައްދަލުކުރައްވައިފި

Scam

ސްކޭމްގެ 3000 ވަނަ މައްސަލަ: މިއީ ހަމައެކަނި އަދަދެއް ނޫން، ސީރިއަސް އިންޒާރެއް!

988

ޑައިމޯފިން ޓްރެފިކް ކުރި މީހަކު 25 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

Resorts

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ހުޅުމާލޭގައި ފުލުހުން “ރޯޑްޝޯ” އެއް ބާއްވައިފި