ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދެން ތަރައްޤީކުރަން ފަށާނީ ނޯތު ހާބަރުން ފެށިގެން ރަސްފަންނާ ދެމެދުގެ ސަރަހައްދު: ރައީސް

DSC
TTH_Ads
Maldivian_Ads
STO_Ads
Advertisement

މާލޭ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢޫގެ ދަށުން ދެން އެންމެ އަވަހަށް މަސައްކަތް ފަށާނީ ނޯތު ހާބަރުން ފެށިގެން ރަސްފަންނާ ދެމެދު އޮތް ސަރަހައްދު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

‘ޕަލްސް ޕޮޓްކާސްޓް’ ގެ 4 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދަނީ ކުރިންވެސް ނިންމަވާފައިވާ ގޮތަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރިއަށްދާ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު އޮތް ސަރަހައްދު އަންނަ ހަފުތާގެ ތެރޭގައި ހުޅުވާލެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ބައި ނިމުމުން ދެން އޮތް މަރުހަލާގައި އެމްޕީއެލް ސަރަހައްދުން ފެށިގެން ރަސްފަންނާ ހަމައަށް ތަރައްޤީކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ދެން މި ބައި ނިމުނީމައި އެމްޕީއެލުން ފެށިގެންގޮސް ރަސްފަންނާ ހިސާބަަށް ތަރައްޤީކުރާނީ. އެއީ ހަގީގަތުގައި އެންމެ ބޮަޑަށް ގާތަށް މުގުރިފަ އަދި ހަލާކުވެފައި އޮތް ސަރަހައްދު މި ސަރަހައްދަކީ. އޭރުން ހަމަ ބާޒާރު އަދި ވިޔަފާރިތައް މި ހުންނަ ސަރަހައްދު އަދި މާލޭގެ އެތެރޭގެ މަގުތަކަށްވެސް ވަރަށް ބޮޑު ލުޔެއް އެ ލިބިގެންދަނީ.

HajjCop_ads
Advertisement

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން ބޭރު މަގު ފުޅާކޮށް، ދެކޮޅަށް ދުއްވޭ ދެ ލޭނު ހިމެނޭ ގޮތަށް ތަރައްޤީކުރުމުން މުޅި މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. ހާއްސަކޮށް ބާޒާރުމަތީގެ ސަރަހައްދާއި މާލޭގެ އެތެރޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މަގު ހެދުމުގެ މަސައްކަތާއެކު ޕާކިންއަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން ބޭރު މަގުން ބައެއް ހިއްކާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ކުރިން މަގުމަތީގައި ޕާކުކުރި ކުރުން ހުއްޓާލައި، އަލަށް ހިއްކި ސަރަހައްދަށް ޕާކިން ބަދަލުކުރެވޭނެއެވެ. އެ ސަރަހައްދުގައި ގާތްގަނޑަކަށް 500 އެއްހާ ސައިކަލު ޕާކުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މަގުގެ ދެފަރާތުގައި ރީތި ގަސްތައް އިންދައި، ހިނގާބިނގާވެ އުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލަކަށް އެ ސަރަހައްދު ހެދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި މި ބަދަލުތަކާއެކު ބޮޑުތަކުރުފާނު މަގަކީ ދުއްވާލަން ހިތްފަސޭހަ މަގަކަށް ވެގެންދާނެ ކަމަަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Velana MACL airport

މި އަހަރުގެ ފަހު ކުއާޓާގައި އިތުރު 7 އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް ފަށަނީ

minister saeed

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ފަށާނެ: ސައީދު

މާލޭގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް ބަޔަކާއި ހަވާލުކުރަނީ

Muiz cabinet ministers

އިހުތިރާމު އަދާކުރުމުގެ ގައުމީ މަޝްރޫއު ގައުމީ ފެންވަރުގައި ކުރިއަށްގެންދަވަން ނިންމަވައިފި