ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކޭބަލްތަކެއް ބުރިކޮށް ވަގަށް ނަގަން އުޅުނު މީހަކު ހައްޔަރުކޮށްފި

Io
STO_Ads
TTH_Ads
Advertisement

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 13 ކައިރީގައި އޮންނަ ހުސްބިމަކުން ފޯނު ކޭބަލްތަކެއް ބުރިކޮށް ވަގަށް ނަގަން އުޅުނު 50 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ނަޑެއްލާ، ވެލަބުލިގެ، އުމުރުން 50 އަހަރުގެ ޠާހިރު މުޙައްމަދެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ މެންދުރު 12:32 ހާއިރުއެވެ. ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެ ސަރަހައްދަށް ދިޔައިރު، އޭނާ ހުރީ ހިޔާ ޓަވަރު 13 ކައިރީގައި އޮންނަ ހުސްބިމެއްގެ ކޮށިތެރެއިން ފޯނު ކޭބަލްތަކެއް ބުރިކޮށްގެން ވަގަށް ނަގަން ތައްޔާރުވެގެންނެވެ.

ފުލުހުން އެ ސަރަހައްދަށް ގޮސް އޭނާ ހައްޔަރުކުރިއިރު، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ކޭބަލްތަކެއް އޭނާގެ އަތުން ފެނިފައިވެއެވެ. އަދި އޭނާ ބުރިކޮށްފައިވާ ބައެއް ނަރުތައް ގޯންޏަކަށް އަޅާފައި ހުއްޓައި ފެނިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ތަހުގީގު ކުރިއަށްގެންދިއުމަށްޓަކައި އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

HajjCop_ads
Advertisement

މި މައްސަލަ ފުލުހުން މިހާރު އިތުރަށް ތަހުގީގު ކުރަމުންދާއިރު، މީގެކުރިންވެސް މާލެ ސަރަހައްދުގައި ކަރަންޓު ކޭބަލްތައް ބުރިކޮށް އަދި ޓްރާންސްފޯމަރުތަކުން ވައްކަންކުރާ މީހުންގެ މައްސަލަތައް ފެންމަތިވެފައިވެއެވެ. މިފަދަ ވައްކަންތަކުގެ ސަބަބުން އާންމު ހިދުމަތްތަކަށް ބުރޫއަރައި، ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭކަން ފާހަގަކުރެވެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

IMG 20260810 WA 0030 0edda24903

ކޮމިޝަނަރ އޮފް ޕޮލިސް، ނިއުޒީލަންޑް ހައިކޮމިޝަންގެ ކައުންސެލަރާ ބައްދަލުކުރައްވައިފި

Scam

ސްކޭމްގެ 3000 ވަނަ މައްސަލަ: މިއީ ހަމައެކަނި އަދަދެއް ނޫން، ސީރިއަސް އިންޒާރެއް!

988

ޑައިމޯފިން ޓްރެފިކް ކުރި މީހަކު 25 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

Resorts

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ހުޅުމާލޭގައި ފުލުހުން “ރޯޑްޝޯ” އެއް ބާއްވައިފި