މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) 3 ރިކްރޫމެންޓް އޭޖެންސީ ހޯދަން އިއުލާނު ކޮށްފިއެވެ.
މި ހިދުމަތް ފޯރުކޮށްދެން ބޭނުންވާ ފަރާތްތަކުން އެމްޕީއެލްއިން ގެޒެޓުގައު ޝާއިއުކޮށްފައިވާ ލިންކުން ރަޖިސްޓަރ ވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ. ބިޑްގައި ރަޖިސްޓަރ ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ކަމަށް އެމްޕީއެލްއިން ހާމަކުރެއެވެ.
މި ފުރުސަތާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން 19 ޖުލައި 2026 ވަނަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ސުވާލުތައް ފޮނުވުމަށް އެމްޕީއެލް ވަނީ އެދިފައެވެ.
މި ހިދުމަތް ފޯރުކޮށްދެން ބޭނުންވާ ފަރާތްތަކުން 22 ޖުލައި 2026 ވަނަ ދުވަހުގެ 13:00 އަށް އެމްޕީއެލް ހެޑްއޮފީހަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.











ކިޔުންތެރިންގެ ހިޔާލު