ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމްޕީއެލްގެ މުވައްޒަފެއް ސިންގަޕޫރުގެ ކޯހެއްގައި ބައިވެރިވެއްޖެ

Img md 202609170434211789644861.1978
STO_Ads
Maldivian_Ads
TTH_Ads
Advertisement

އެމްޕީއެލްގެ މުވައްޒަފަކު ސިންގަޕޫރުގެ ޕޮލިޓެކްނިކްގައި ކުރު ކޯހެއްގައި ބައިވެރިވެއްޖެއެވެ.

އެމްޕީއެލްގެ ނޯޓިކަލް ޑިޕާޓްމަންޓުގެ އެސިސްޓެންޓް މެނޭޖަރ – ނޯޓިކަލް ސާވިސަސް، އައްފާން ހުސެއިން، ޖަޕާން-ސިންގަޕޫރު ޕާޓްނަރޝިޕް ޕްރޮގްރާމް ފޯރ ދަ ޓުވެންޓީ ފަސްޓް ސެންޗަރީގެ ދަށުން 14 އިން 18 ސެޕްޓެމްބަރުގެ ނިޔަލަށް ސިންގަޕޫރުގައި ކުރިއަށްދާ ފަސް ދުވަހުގެ މެރިޓައިމް ސޭފްޓީ މެނޭޖްމަންޓް ކޯހުގައި ބައިވެރިވާނެ ކަމަށެވެ.

މި ކޯހުގައި ސިންގަޕޫރާއި ޖަޕާނުގެ ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ތަޖުރިބާތަކުން ޢިލްމު ބަދަލުކުރުމާއި ދަސްކުރުމުގެ ފުރުޞަތު ލިބިގެންދާއިރު، އެންމެ ރަނގަޅު އުސޫލުތަކާއި ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ގަވާއިދުތަކާއި ކަނޑުމަތީގައި ރައްކާތެރިކަން އިތުރުކުރެވޭނެ އަމަލީ ގޮތްތައް ކިޔައިދޭ ސެޝަންތައް ކުރިއަށް ގެންދެއެވެ.

HajjCop_ads
Advertisement

އައްފާން މި ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ އެމްޕީއެލް އިން އަންނަ މަހުގެ 5 ވަނަ ދުވަހުގައި އެކުންފުނީގެ ދެވަނަ މެރިޓައިމް ކޮންފަރެންސް ބާއްވަން ރާވާފައިވާ ދަނޑިވަޅަކާ ކައިރިކޮށްފައެވެ. މިއީ ރާއްޖޭގެ ކަނޑުދަތުރުފަތުރާއި ބަނދަރުގެ ސިނާޢަތު ކުރިއެރުވުމަށްޓަކައި، މި ދާއިރާގެ ދިވެހި އަދި ބޭރުގެ ތަޖުރިބާކާރުންނާއި ކަމާގުޅޭ އިދާރާތައް އެއްތަނަކުން ބައްދަލުވެ މަޝްވަރާކުރުމަށް ބާއްވާ މުހިންމު ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ ފުރަތަމަ އެޑިޝަން ވަރަށް ކާމިޔާބުކަމާއެކު ބާއްވާފައިވަނީ 2024 ވަނަ އަހަރުގައެވެ. އެމްޕީއެލްއިން ވަނީ މި ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުޞަތު ކަނޑުދަތުރުފަތުރުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަކަށް ހުޅުވާލާފައެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
STO_Ads
MPL_Ads
Maldivian_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ha. Uligan

އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

MPL

އެމްޕީއެލްގެ ހަރަދު ކުޑަކޮށް ސާފު ފައިދާ ދެގުނަ އިތުރުކޮށްފި

GlxArJuaYAE0be5 1024x683

އެމްޕީއެލަށް މިދިޔަ އަހަރު ލިބުނު ފައިދާ އިތުވެއްޖެ

ވިޔަފާރި ބަނދަރު ވެގެންދާނީ އެންމެ ޒަމާނީ، ލޮޖިސްޓިކް އަދި މެރިޓައިމް ޚިދުމަތްތަކަށް ފަހި ބަނދަރަކަށް