ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވިޔަފާރި ބަނދަރު ވެގެންދާނީ އެންމެ ޒަމާނީ، ލޮޖިސްޓިކް އަދި މެރިޓައިމް ޚިދުމަތްތަކަށް ފަހި ބަނދަރަކަށް

Maldivian_Ads
STO_Ads
TTH_Ads
Advertisement

ވިޔަފާރި ބަނދަރު ވެގެންދާނީ އެންމެ ޒަމާނީ، ލޮޖިސްޓިކް އަދި މެރިޓައިމް ޚިދުމަތްތަކަށް ފަހި ބަނދަރަކަށް ކަމަށާއި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ މަސައްކަތް ތާވަލާ އެއްގޮތަށް، ބާރަށް ކުރިއަށްދާކަމަށް އިޤްތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ، ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ އެންމެ ބޮޑު ވަޢުދެކެވެ.

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ، އެކި މަރުޚަލާތަކަށް ބަހާލައިގެންނެވެ. ވިޔަފާރި ބަނދަރުގެ މަޝްރޫޢު ގުޅިފަޅުން ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ނިންމައި، އެކަމުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ދަނީ ކުރިއަށް ގެންދަމުންނެވެ.

HajjCop_ads
Advertisement

ބަނދަރު ތަރައްޤީ ކުރުމަށް ތިލަފުށިން 60 ހެކްޓަރުގެ ބިމެއް ވަނީ ކަނޑައަޅާފައެވެ. އެމްޕީއެލްއިން ވިދާޅުވީ، ތިލަފުށީ ޕޯޓު މަޝްރޫޢުގެ ފޭސް1ގެ މަސައްކަތްތައް ޓައިމްލައިނާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.

މި ޕޯޓް ވެގެންދާނީ އެންމެ ޒަމާނީ، ލޮޖިސްޓިކް އަދި މެރިޓައިމް ޚިދުމަތްތަކަށް ފަހިވާގޮތަށް ތަރައްޤީ ކުރާ އިރު މުދާ އަރުވާ ބޭލުމާއި، ސްޓޯރޭޖް ފެސިލިޓީތަކާއި އަދި އިކުއިޕްމަންޓުގެ ގޮތުންވިއަސް، އެންމެ ޒަމާނީ އަދި ޚިދުމަތް އަވަސްކުރުމަށް ބޮޑެތި ބަދަލުތަކެއް ގެންނާނެއެވެ.

މިދިޔަ މަހު ޕީއެސްއެމްގެ ނޭޝަން ޗެޓު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުން، ބައެއް ޚިދުމަތްތައް މާލޭގެ އިންޑަސްޓްރިއަލް ވިލެޖުން ދޭ ގޮތަށް ކަންކަން އިންތިޒާމު ވެގެންދާނެ ކަމަށެވެ. ތިލަފުއްޓަށް ބަދަލުވާނީ، %80 މަސައްކަތްތައްކަމަށް ރައީސް ވިދާޅުވިއެވެ. ބާކީ ހިމެނޭ ޚިދުމަތްތައް ޤާއިމުކުރާނީ، އިންޑަސްޓްރިއަލް ވިލެޖުގެ ފެސިލިޓީގައެވެ. އަދި ޓިޖެޓީ ސަރަހައްދަށްވެސް ބަދަލުތައް ގެންނާނެއެވެ.

މި ޚިދުމަތްތަކުގެ މުޅި ސިސްޓަމް ބަދަލުވެގެންދާނީ، ޑިޖިޓަލައިޒް އޮޓަމޭޑެޓް ސިސްޓަމަކަށެވެ. މިއީ، އަވަހަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގެންނަ ބަދަލުތަކެކެވެ.

ތިލަފުށީ ޕޯޓުގައި ވަސީލަތްތައް ޤާއިމުކޮށްދޭނެ ބަޔަކު ހޯދުމަށްވެސް މިހާރު އެމްޕީއެލްއިން ވަނީ، އިޢުލާނުކޮށްފައެވެ. މި މުޅި ފެސިލިޓީ ވެގެންދާނީ، މާލޭގެ މިހާރުގެ ވިޔަފާރި ބަނދަރުގެ 10 ގުނަ ބޮޑު ބަނދަރަކަށެވެ. މުދާ އަރުވާ ބޭލުމަށް ބޮޑު ބަނދަރެއްވެސް ތަރައްޤީކުރާނެއެވެ.

މި ބަނދަރަކީ، %100 ދިވެހިން ރައްޔިތުންގެ މިލްކެކެވެ.

މި މަޝްރޫޢުއަށް 150 މިލިޔަން ޑޮލަރު ހޭދަވާނެކަމަށް އަންދާޒާކުރެވެއެވެ. މިހާރު ކުރިއަށްގެންދާ ފޭސް 1ގެ މަސައްކަތްތައް ނިމި، އަންނަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ޚިދުމަތަށް ގެނައުމަކީ ސަރުކާރުގެ އަމާޒެވެ.

މާލޭގެ މައި ވިޔަފާރި ބަނދަރުގެ ޚިދުމަތަށް 39 އަހަރު ވަނީ ފުރިފައެވެ. ނަމަވެސް ޖާގައިގެ ދަތިކަމުގެ ސަބަބުން މި ޚިދުމަތް ދިނުމުގައި ދަނީ، ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންނެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister saeed

ތިލަފުށީގައި ހަދާ ވިޔަފާރި ބަނދަރު ދިވެހީންގެ 100 ޕަސަންޓު މިލްކެއް، ދޮގު ވާހަކަ ނުފަތުރާ!

MPL

ތިލަފުށި ޕޯޓް އިމާރާތާއި ވަސީލަތްތައް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަނީ

ފާއިތުވި ފަސް ދުވަހުގެ ތެރޭ މާލޭ ވިޔަފާރި ބަނދަރުން 14،790 ބިސް ކޭސް ކްލިއާކޮށްފި

HQZtIk3a8AAhIC2

އުލިގަމުގައި ޔޮޓު މެރީނާ ތަރައްޤީކުރަން ބިން އެމްޕީއެލްއާ ޙަވާލުކޮށްފި