ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މަދީނާ އިންވެސްޓްމަންޓުން ތަރައްޤީކުރާ ބައިނަލްއަޤްވާމީ ފެންވަރުގެ ޢަރަބި އިސްލާމީ ސްކޫލްގެ މަސައްކަތް ފަށައިފި

43
STO_Ads
TTH_Ads
Advertisement

ހުޅުމާލޭގައި ބިނާކުރާ ބައިނަލްއަޤްވާމީ ފެންވަރުގެ ޢަރަބި އިސްލާމީ ސްކޫލްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް 15 މިލިއަން ރުފިޔާއަށް އާރްސީސީއާ ޙަވާލުކޮށް ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ހުޅުމާލޭ ރެހެންދީ ސްކޫލާ ޖެހިގެން އޮންނަ ބިމުގައި ތަރައްޤީކުރާ މި ސްކޫލްގެ ޢަމަލީ މަސައްކަތް ފެށުމުގެ ގޮތުން އާރްސީސީން މިހާރު ވަނީ ޝީޓްޕައިލް ކުރުމުގެ މަސައްކަތް ފަށާފައެވެ. މަދީނާ އިންވެސްޓްމަންޓުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫޢުގެ ފުރަތަމަ ފިޔަވައްސަށް ކަނޑައަޅާފައިވާ 15 މިލިއަން ރުފިޔާގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ފައިސާ ވަނީ ރާއްޖެއިން ބޭރުގެ އެހީގެ ގޮތުގައި ހަމަޖެހިފައެވެ. މަސައްކަތް ކުރިއަށްދާ ވަރަކުން އިތުރު މާލީ އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން އެ ކުންފުންޏަށް އޮތްއިރު، އެކަށީގެންވާ މިންވަރަށް އެހީ ނުލިބިއްޖެ ޙާލަތެއްގައި ބޭންކް ލޯނެއް ނުވަތަ އިސްލާމީ އުޞޫލުން ޞުކޫކެއް އިޝޫކުރުމަށް ވަނީ ނިންމާފައެވެ. ޞުކޫކުގެ ސްޓްރަކްޗަރ ޑޮކިއުމަންޓްތައް ތައްޔާރުކުރުމުގެ މަސައްކަތްވެސް ގާތްގަނޑަކަށް ނިމިފައިވާއިރު، މިކަމާމެދު ގޮތެއް ނިންމާނީ ފުރަތަމަ ފިޔަވަހި ނިމުމުންނެވެ.

މި ސްކޫލްގެ ކިޔެވުން އެންމެ ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ޕްރީސްކޫލް ދަރިވަރުންނަށެވެ. އޭގެ ފަހުން ގްރޭޑް 1 އިން ފެށިގެން 10 އަކަށް، އަދި މަތީ ތަޢުލީމުވެސް އުނގަންނައިދެވޭ ފެންވަރަށް ސްކޫލް ފުޅާކުރުމަށް ކުންފުނިން ވަނީ އަމާޒުހިފާފައެވެ. ބައިނަލްއަޤްވާމީ ފެންވަރަށް ޢަރަބި އިސްލާމީ ތަޢުލީމު ފޯރުކޮށްދޭ މި މުއައްސަސާއިން، ފޯރުންތެރިކަން ކުޑަ ކުދިންނަށާއި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ހިލޭ ކިޔެވޭނެ އިންތިޒާމު ހަމަޖައްސައިދޭނެކަމަށް ކުންފުނިން ބުނެފައިވެއެވެ.

HajjCop_ads
Advertisement

ސްކޫލްގެ ބިމާ އިންވެގެން ބިނާކުރާ މިސްކިތުގެ މަސައްކަތް މާލާ ކޮންސްޓްރަކްޝަނާ ޙަވާލުކޮށްގެން ކުރިއަށްދާއިރު، މިކަމަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވަނީ މަރްޙޫމް ޝައިޚް އިސްމާޢީލް މުޙައްމަދާއި އެމަނިކުފާނުގެ ޢާއިލާއިންނެވެ. މި މިސްކިތްވެސް ވަރަށް އަވަހަށް ހުޅުވިގެންދާނެއެވެ. އަލް މަދީނާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަކީ އިސްލާމީ ފުރިހަމަ ތަޢުލީމެއް ދަރިވަރުންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި އުފައްދާފައިވާ ކުންފުންޏެކެވެ. މި ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ދަރިކަލުން ޢަބްދުﷲ މާހިލް ޝަހީމާއި، އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަލީ އަޙްސަންގެ އިތުރުން އިސްލާމީ މަރުކަޒުގެ އިސް އިމާމު އައްޝައިޚް މުޙައްމަދު ލަޠީފް ހިމެނިވަޑައިގަންނަވައެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

ކ ކަލޭނޭ
މާލާއަކީ މަސައްކަތު ފެންވަރު ވަރަށް ދަށްކޮށއ އަރަބިއްޔާވެސް އެޅި ކުންފުނި ދެއްތޯ. ކޮންކަހަލަ ގުޅުމެއްބާ! މިވާގޮތެއް ބަލާބަލަ.

ގުޅުންހުރި

Resorts

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ހުޅުމާލޭގައި ފުލުހުން “ރޯޑްޝޯ” އެއް ބާއްވައިފި

788

ހުޅުމާލޭގެ އުސް އިމާރާތެއްގެ ހަވަނަ ފަންގިފިލާއިން ވެއްޓުނު ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

ހޭލުންތެރިކުރުވުމަށް ހުޅުމާލޭގައި ރޯޑްޝޯ އެއް ކުރިއަށް ގެންގޮސްފި

445gf

ހުޅުމާލޭގެ އާންމު ސަރަހައްދުތަކުގައި ރައްޔިތުންނާ ބައްދަލުކޮށް ކަންބޮޑުވުންތައް ދެނެގަތުމުގެ ސިލްސިލާ ހަރަކާތްތަކެއް ފުލުހުން ފަށައިފި