ފްލެޓާއި ގޯތި ހަމަޖައްސައިދޭނޭކަމަށް ބުނެ އޮޅުވާލައިގެން މީހުން އަތުން ފައިސާ ހޯދި މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން މިއަދު މީޑިއާއަށް ހިއްސާކުރި މެސެޖެއްގައި ބުނީ، އޮޅުވާލުމުގެ ތެރެއިން ފްލެޓާއި ގޯތި ހަމަޖައްސައިދޭނޭކަމަށް ބުނެ މީހެއްގެ އަތުން ފައިސާ ހޯދި މައްސަލައެއް ބަލަމުން އަންނަ ކަމަށެވެ. މި މައްސަލަ ތަހްގީގްކުރަން ފެށީ ފުލުހުންގެ ސަމާލުކަމަށް މައްސަލަ އައުމުންކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލާގައި އޮޅުވާލައިގެން ހޯދާފައިވަނީ ކިހާ ފައިސާއެއްކަމެއް އަދި މައްސަލައިގެ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ. މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދުމަކީ އާއްމު ކަމަކަށްވާއިރު، ފުލުހުންނަށް ހުށަހެޅޭ މިފަދަ މައްސަލަތަކުގައި މީހުން އަތުން ގިނަ އަދަދެއްގެ ފައިސާ އޮޅުވާލައިގެން ހޯދާފައި ހުންނަކަން ފާަހަހަކޮށްލެވެއެވެ.

ރީލޯޑް ކުރުމުން ފެށިގެން ހަމައިން ހައްޖަށް މީހުން ގެންގޮސްދިނުމާ ހަމަޔަށް އޮޅުވާލައިގެން މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަތައް ފުލުހުންނަށް ހުށަހެޅިފައި ހުންނަކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.









ކިޔުންތެރިންގެ ހިޔާލު