ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ތިނަދޫ “ޖަޒީރާ” ބޯޓު ގިނަ އަދަދެއްގެ މުދަލާއެކު އަޑިއަށް ހިނގައްޖެ

Screenshot
Screenshot
TTH_Ads
Maldivian_Ads
STO_Ads
Advertisement

ގދ. ތިނަދޫއަށް ނިސްބަތްވާ އަދި ގިނަ އަދަދެއްގެ މުދާ އުފުލަމުންދިޔަ “ޖަޒީރާ” ބޯޓު ވ. ފެލިދޫ ކައިރިން ދިޔަވެގެން އަޑިއަށް ހިނގައްޖެއެވެ.

މުދާ އުފުލާ މި ބޯޓު އަޑިއަށް ގޮސްފައިވަނީ ވ. ފެލިދޫގެ ފަސް ނޯޓިކަލް މޭލު ބޭރުންނެވެ. އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ބޯޓު ދިޔަވެގެން އަޑިއަށްދާކަމުގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުގެ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އުޅަނދެއް ވަނީ އެ ސަރަހައްދަށް ދަތުރުކުރަން ފަށާފައެވެ.

ބޯޓު އަޑިއަށް ދިއުމާ ގުޅިގެން އޭގައި ހުރި ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ. ހާއްސަ ގޮތެއްގައި ރޭގަނޑުގެ ވަގުތުތަކުގައި ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް އިތުރަށް ސަމާލުވުމަށް ވަނީ އަންގާފައެވެ.

HajjCop_ads
Advertisement

އެމްއެންޑީއެފް ކޯސްޓްގާޑުން ލަފާކުރާ ގޮތުގައި، ބޯޓުން އޮޔާދާ ތަކެތި ދަތުރުކުރަމުން ދަނީ ފެލިދޫގެ ފަސް ނޯޓިކަލް މޭލު ބޭރުން އިރުމައްޗަށެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ ކަނޑުއުޅަނދުފަހަރުން ދަތުރުކުރުމުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ނުހަނު މުހިންމު ކަމެކެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
MPL_Ads
Maldivian_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

MNDF

ފްރެންޑް 4 ދޯނިން ގެއްލުނު މީހުން ހޯދަން ބޭރުގެ އެހީތެރިކަން ހޯދަނީ

moosun

މުދާ އުފުލާ ދޯންޏެއް އަޑިއަށް ގޮސް އެ ދޯނީގެ ކެޕްޓަނާއި ސިފައިންގެ ބޭކަލަކާއި ފުލުހަކު ގެއްލިގެން ހޯދަން ފަށައިފި

Igmh

ގާފަރު ކައިރިން ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ މީހުން ހޯދުމަށް ބޮޑު ސަރަހައްދެއް ބަލައިފި

moosun

ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި