ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ނޯތު ހާބަރު ހިމެނޭ ސަރަހައްދުގެ މަގު ފުޅާކޮށް ތަރައްގީކުރެވުމާއެކު، ދޭ ހިދުމަތަށް ބޮޑު ކުރިއެރުމެއް

ބޮޑުތަކުރުފާނު މަގަށް ގެނެވުނު ބަދަލާއެކު އެމްޕީއެލްގެ ހިދުމަތްްތަކަށް ހެޔޮ ބަދަލުތަކެއްވަނީ ގެނެސްފައި، ފޮޓޯ: އެމްޓީސީސީ
TTH_Ads
STO_Ads
Advertisement

މާލޭ ވަށައިގެން އޮންނަ ރިންގްރޯޑުކަމަށްވާ ބޮޑު ތަކުރުފާނު މަގުގެ އުތުރު ފަޅި ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ފަށާފައިވާ މަޝްރޫއުގެ ތެރެއިން ނޯތު ހާބަރު ހިމެނޭ ސަރަހައްދުގެ މަގު ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރެވުމާއެކު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން އެ ސަރަހައްދުގައި ފޯރުކޮށްދޭ ހިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެކުންފުނީގެ ފަރާތުން އެމްއެމްޓީވީގެ “ބޮޑު ޚަބަރު” ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ އެސިސްޓެންޓް މެނޭޖަރު އަލީ ޝަމީމު ވިދާޅުވީ މަގު ފުޅާކުރުމުގެ ސަބަބުން އުޅަނދުފަހަރަށް މުދާ ބަރާކުރުމަށް ބަނދަރާ ކައިރިކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެފައިވާ ކަމަށެވެ. އެގޮތުން އެއްފަހަރާ ދެ ޕިކަޕު ނުވަތަ ތިން ޕިކަޕު ކައިރިކޮށްގެން އަވަހަށް މުދާ ބޭލުމާއި އެރުވުމުގެ ކަންކަން ކުރެވޭނެ ޖާގަ އެ ސަރަހައްދުގައި މިހާރު ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ޝަމީމު ފާހަގަކުރެއްވި ގޮތުގައި މަގު ފުޅާކުރުމުން މުދާ އަރުވައި ބޭލުމުގައި ލިބިގެންދިޔަ ލުއި ފަސޭހަތަކާކީ އެކަމާމެދު އޮޑިވެރިންވެސް ޝުކުރު އަދާކުރަމުންދާ ކަމެކެވެ. އަދި އިތުރަށް ހިދުމަތް ފަސޭހަކުރުމަށް ކުރެވެންހުރި ކަންކަމާމެދު އޮޑިވެރިން ދޭ ހިޔާލުތައް އަޑުއަހައިގެން މަސައްކަތްތައް ކުރެވެމުންދާކަމަށް ވިދާޅުވިއެވެ.

HajjCop_ads
Advertisement

އިތުރަށް އޭނާ ވިދާޅުވީ އޮޑިފަހަރަށް ބޭނުންވާ ފެން ފޯރުކޮށްދިނުމަކީ އެމްޕީއެލްއިން މީގެ ކުރިންވެސް ފޯރުކޮށްދެމުންއައި ހިދުމަތެއް ނަމަވެސް، އެއިރު ފެން ފޯރުކޮށްދެމުންއައީ ރީނދޫ ހަމަށް ފެން އަޅައިގެން ކަމަށެވެ. އަދި ޓަނުން ފެން ފޯރުކޮށްދެވޭނެ ގޮތެއް އެއިރު ހަމަޖެހިފައިނުވާކަމަށް ވިދާޅުވިއެވެ.

އިތުރަށް ޝަމީމު ފާހަގަކުރެއްވީ އެ ސަރަހައްދަށް ގާތްކުރާ އުޅަނދުފަހަރަށް ކަރަންޓު ފޯރުކޮށްދިނުމަކީ ކުރިން އެމްޕީއެލްއަށް ފޯރުކޮށްދެވިފައި ނެތް ހިދުމަތެއް ކަމަށެވެ. މިހާރު އެ ހިދުމަތް އެ ސަރަހައްދުން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ފާހަގަކުރައްވަމުން ޝަމީމު ވިދާޅުވީ އެއީ އެމްޕީއެލުން ޒަމާނުއްސުރެ ކުރަމުން އައި އުންމީދެއް ހަގީގަތަކަށްވުން ކަމަށެވެ.

“އެއިރުވެސް އަޅުގަނޑުމެންނަށް މިތަނަކަށް ކަރަންޓު ދެވިފައި ނޯންނާނެ. މިއީ އަޅުގަނޑުމެން މި ހާބަރު ފެށުނީއްސުރެ މިއަދާ ހަމައަށް ކުރަމުންއައި އުންމީދެއް ހާއްސަކޮށް ކަރަންޓޫ އިނގޭތޯ. ފެންވެސް މިއޮތީ ޓަނު އަޅުއްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ޓަނު، ވަކި ފެން ބޭނުންފުޅުވާ ބޭފުޅުންނަށް ވަކި ފެން ބޭނުންވާނެ،” ޝަމީމު ވިދާޅުވިއެވެ.

އޮޑިފަހަރަށް ފެން އެޅުމުގެ ކަންކަން ކުރިން ކުރަންޖެހޭ ގޮތަކީ އެމްޕީއެލް އޮފީސް ކައިރިއަށް ހަން ހިފައިގެންގޮސް އެތަނުގައި ހުންނަ އިސްކުރަކުން ހަމަށް ފެން އެޅުމެވެ. މިހާރު އޮޑި ގާތްކުރާ ތަނުން ދުރަށް ނުގޮސް ބޯޓާ ގުޅާލައިގެން ފެން އެޅޭނެ ގޮތަށް މަގު ފަރުމާކޮށްފައިވެއެވެ.

މަގު ފުޅާކުރުމުގެ ސަބަބުން މުދާ އެރުވުމުގައި ލިބުނު ފަސޭހަތަކަށް އަލިއަޅުވައިލައްވަމުން އެމްޕީއެލްގެ ސެކްޝަން މެނޭޖަރު މުހައްމަދު އަޒަރު ވިދާޅުވީ ކުރީގައި މުދާ އަރުވަންޖެހެނީ އުޅަނދާއި ފާލަމާ ދޭތެރޭ ފިލާ ބަހައްޓައިގެން ދެ އުޅަނދު އެއްފަހަރާ ގާތްކޮށް އުޅަނދުތަކުގެ މެދުގައި ފިލާ ބަހައްޓައިގެން ކަމަށެވެ.

އަޒަރު ވިދާޅުވީ އެގޮތަށް މުދާ އެރުވުމުގެ ތެރޭގައި މީހުން މޫދަށް ވެއްޓި އަނިޔާވުމާއި، މުދާ މޫދަށް ވެއްޓި މުދަލަށް ގެއްލުންވުންފަދަ ހިތާމަވެރި ހާދިސާތައް މެދުވެރިވެ، މީހުންނާއި މުދަލަށް ގެއްލުންވެފައި އެބަހުރި ކަމަށެވެ.

ނަމަވެސް މިހާރު މަގަށް ގެނެވުނު ކުރިއެރުމާއެކު، މިހާރު ޕިކަޕުން މުދާ ގެނެސް ތޮށިގަނޑަށް ބޭލުމަށްފަހު، ސީދާ ތޮަށިގަނޑުން އޮޑިއަށް އެރުވޭތީ ކުރިން މެދުވެރިވި ހިތާމަވެރި ހާދިސާތައް ތަކުރާރުނުވެ މީހުންނަށް މުދަލަށް ގެއްލުންނުވާ ގޮތަށް މުދާ ބަރާކޮށް ބޭލުމުުގެ ކަންކަން އިންތިޒާމުވެގެން ގޮސްފައިވާ ކަމަށެވެ.

“އެހެންކަމުން މިހާރު އެމީހުންގެ މުދާ ސަލާމަތްތެރިކަމާއެކު މިހާރު އެހުރީ ޕިކަޕުން ތޮށިގަނޑު މައްޗަށް ބޭލުމަށްފަހު، ތޮށިގަނޑުން ހަމަ ސީދާ ދޯންޏަކަށް އެރުވުމުން އެލިބޭ ހިތްހަަމަޖެހުންވެސް ހުރިހާ ފަރާތްތަކަށް ލިބިގެންދާނެ،” އަޒަރު ވިދާޅުވިއެވެ.

ނޯތު ހާބަރުގެ އޭ-ޒޯނުގައި އޮޑިފަހަރަށް ފެނާއި ކަރަންޓުގެ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، އެ ހިދުމަތްތައް ހޯދުމަށް ބޭނުންވާ އޮޑިފަހަރަަށް ބަނދަރަށް އައުމުގެ ކުރިން ޕޯޓަލް މެދުވެރިކޮށް ހިދުމަތަށް ނޯޓުކުރުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގައި ގެނެވުނު ބަދަލުތަކާއެކު އޮޑިފަހަރު ތަރުތީބުން ބަނދަރުކުރެވޭނެ ގޮތަށް އިންތިޒާމުތައް އެމްޕީއެލްއިން ހަމަޖައްސާފައިވެއެވެ. އަދި ހިދުމަތްތައް ތަރުތީބުން ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވެއެވެ. އެމްޕީއެލްއިން ބުނި ގޮތުގައި ހިދުމަތް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސަނީ އޮޑިވެރިންނާއި ފަޅުވެރިންގެ މަޝްވަރާ ހޯދައިގެންނެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Io

މާލޭ ނޯތު ހާބަރުގެ “އޭ ޒޯން” އިން ފެނާއި ކަރަންޓުގެ ޚިދުމަތް ދޭން ފަށައިފި

ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް މިމަހު ފަށަނީ

Public

ކަނޑަށް ވެއްޓުނު 3 ކޮންޓެއިނަރު އަދިވެސް ނުފެނޭ

ޓީޖެޓީ ސަރަޙައްދަށް ދޯންޏެއް އަޑިއަށް ގޮސްފި