ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފިޒިކަލް ފިޓްނަސް ޓްރެއިނިންގ އިންސްޓްރަކްޓަރުންގެ ސިމްޕޯޒިއަމް ފަށައިފި

TTH_Ads
STO_Ads
Advertisement

ދިވެހި ފުލުހުންގެ ޖިސްމާނީ ދުޅަހެޔޮކަމާއި ހަށިހެޔޮކަން ދެމެހެއްޓުމަށް ބޭނުންވާ ތަމްރީނުތައް ދިނުމުގައި ހަރަކާތްތެރިވާ އިންސްޓްރަކްޓަރުންގެ ގާބިލުކަން އިތުރުކުރުމަށް ބާއްވާ “ފިޒިކަލް ފިޓްނަސް ޓްރެއިނިންގ އިންސްޓްރަކްޓަރސް ސިމްޕޯޒިއަމް 2026” އިސްކަންދަރު ބިލްޑިންގގައި ފަށައިފިއެވެ.

2026 ޖުލައި 5 ވީ އާދިއްތަ ދުވަހު ފެށި މި ސިމްޕޯޒިއަމްގައި ޖުމުލަ 61 މުވައްޒަފުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 60 ފިރިހެން މުވައްޒަފުންނާއި އަންހެން މުވައްޒަފެކެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ސިމްޕޯޒިއަމަކީ ފިޒިކަލް ޓްރެއިނިންގ އިންސްޓްރަކްޓަރުންގެ ގާބިލުކަން އިތުރުކޮށް، ހަށިހެޔޮ އަދި ދުޅަހެޔޮ މުވައްޒަފުން ބިނާކުރުމަށް ބޭނުންވާ އެކްސަސައިޒް ސައިންސްގެ އެންމެ ފަހުގެ މައުލޫމާތުތައް ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ސިމޕޯޒިއަމެކެވެ. އަދި ފިޓްނަސް އެސެސްމަންޓް ހެދުމުގެ ހުނަރުތައް ތަރައްގީކުރުމާއި، އަނިޔާއިން ރައްކާތެރިވުމުގެ ގާބިލުކަން އިތުރުކުރުމާއި، ލީޑަރޝިޕް އަދި މުއާމަލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން، އިންސްޓްރަކްޓަރުންގެ މެދުގައި ގުޅުން ބަދަހިކޮށް އިންސްޓްރަކްޓަރުންގެ މެދުގައި މައުލޫމާތު ބަދަލުކުރުމަށް ހިތްވަރުދިނުން މި ސިމްޕޯޒިއަމްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

HajjCop_ads
Advertisement

ސިމްޕޯޒިއަމްގެ ފުރަތަމަ ދުވަހުގެ ސެޝަންތައް ކުރިއަށްގެންގޮސްފައިވަނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.މި ސެޝަންތަކުގައި، ފުލުހުންގެ ފިޒިކަލް ފިޓްނަސްއާ ބެހޭ ސެޝަނާއި، ކުޅިވަރުގެ ދާއިރާގެ ނިއުޓްރިޝަން އަދި ހައިޑްރޭޝަނާ ބެހޭ ސެޝަނާއި، އެކްސަސައިޒް ސައިންސް އަދި އެވިޑެންސް ބޭސްޑް ޓްރެއިނިންގއާ ބެހޭ ސެޝަންގެ އިތުރުން އޮގަނައިޒޭޝަން ބީއެފްޓީއާ ގުޅޭ ސެޝަން ކުރިއަށްގެންގޮސްފައިވެއެވެ.

މި ސިމްޕޯޒިއަމްގައި ލެކްޗަރާއިންގެ ގޮތުގައި ބައިވެރިވެވަޑައިގެން މައުލޫމާތު ދެއްވާފައިވަނީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤް އިބްރާހީމްގެ އިތުރުން އެމްއެންޑީއެފްގެ ކެޕްޓަން އިސްމާޢީލް އަޙްމަދާއި، ފާޠިމަތު ޔަމްނާ މުޙައްމަދާއި، ސާޖަންޓް ޙަސަން ރިޔާޟް ޢަބްދުލްޣަނީ އަދި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުލްބާރީ އަޙްމަދާއި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އިބްރާހީމާއި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝާމިނާއި، ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް ނަސީމެވެ.

މި ސިމްޕޯޒިއަމްގެ ކުރިއަށް އޮތް ސެޝަންތަކުގައި ބީއެފްޓީ ޕްރޮސީޖާސްތަކާއި ބީއެފްޓީ ކުރިއަށްގެންދާނެ ގޮތްތަކާއި، އައު ބީއެފްޓީ ޕްރޮޕޯޒަލާ ބެހޭ މަޝްވަރާތަކާއި، ސްޓްރެންތު ޓްރެއިނިންގއާއި، ފިޒިކަލް ހަރަކާތްތަކުގެ ގައިޑްލައިންތަކުގެ އިތުރުން، އަނިޔާއިން ރައްކާތެރިވުމާއި ޕްރޮގްރާމް ޑިޒައިންކުރުމާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ދެވޭނެއެވެ. އަދި ކުރިއަށް އޮތް ތަނަށް އެކްޝަން ޕްލޭން އެކުލަވައިލުމަށް ގްރޫޕް މަޝްވަރާތައް ވެސް ކުރިއަށްދާނެއެވެ.

MWSC_ads
Ads_MTCC
MPL_Ads
Advertisement
HajjCop_ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

8u

ގަވާއިދާ ޚިލާފަށް ހުޅުމާލޭގައި ކުނި އުކައިދޭ ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް

police

މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރުމަކީ މުއައްސަސާގެ އެންމެ އިސް އެއް އަމާޒު: ކޮމިޝަނަރ

ދިވެހި ފުލުހުންގެ ޚިދުމަތަށް ޑްރަގް ޓެސްޓް ކިޓް ހަދިޔާކޮށްފި

police

ދުވާރުމަތީގައި އުޅަނދު ޕާކުނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި