ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެމެރިކާއިން ދިވެހި ފުލުހުންގެ ޚިދުމަތަށް ޑްރަގް ޓެސްޓް ކިޓްތަކެއް ހަދިޔާކޮށްފި

Igmh
TTH_Ads
Maldivian_Ads
STO_Ads
Advertisement

އެމެރިކާ ސަރުކާރުގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް 150 ޑްރަގް ޓެސްޓް ކިޓް މިއަދު ހަދިޔާކޮށް، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ހޯދައިދީފިއެވެ.

މި ތަކެތި ފުލުހުންނާ ހަވާލުކުރުމަށްޓަކައި އިސްކަންދަރު ބިލްޑިންގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި ޑްރަގް ޓެސްޓް ކިޓްތަކާ ހަވާލުވެވަޑައިގަތީ ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. އެމެރިކާގެ ފަރާތުން މި ތަކެތި ފޯރުކޮށްދެއްވީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ މަންދޫބުން ކަމުގައިވާ އެންރިކޯ ބޮނިންސެނާއާއި، މިހްޔާ އަލް ނިފެއިޑީއެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ އިސް އޮފިސަރުންނާއި ޔޫއެންއޯޑީސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރު އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ އެމެރިކާ ސަރުކާރަށާއި ޔޫއެންއޯޑީސީއަށް ޚާއްސަ ޝުކުރެއް އަދާކުރައްވައިފައެވެ. ކޮމިޝަނަރު ފާހަގަކުރެއްވި ގޮތުގައި، މި ކިޓްތަކުގެ ސަބަބުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުންގެ މަސައްކަތްތައް އިތުރަށް އަވަސްވެ، ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އެމެރިކާއިން ހަދިޔާކުރި މި 150 ޑްރަގް ޓެސްޓް ކިޓަކީ އަވަސް އަދި އިތުބާރު ހުރި ނަތީޖާ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ ވަސީލަތްތަކެކެވެ. މި ކިޓްތަކުގެ އެހީގައި ގިނަ ބާވަތްތަކުގެ މަސްތުވާތަކެތި ފަސޭހައިން ދެނެގަނެވޭނެއެވެ.

HajjCop_ads
Advertisement

ރާއްޖޭގައި މަސްތުވާތަކެއްޗާ ގުޅުން ހުރި ކުށްތައް ފުޅާވެފައިވާއިރު، މި މައްސަލަތައް ހައްލުކުރުމަށް ގައުމީ ފެންވަރުގައި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ފުލުހުންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް މަސްތުވާތަކެއްޗާ ގުޅުން ހުރި 1,121 މައްސަލައެއް އެ މުއައްސަސާއަށް ވަނީ ހުށަހަޅައިފައެވެ. އެހެންކަމުން، އަލަށް ލިބުނު މި ވަސީލަތްތަކުގެ ސަބަބުން، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގާ އޮޕަރޭޝަންތަކަށާއި ތަހުގީގު މަރުހަލާތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ފުލުހުންގެ މުއައްސަސާއިން ކަށަވަރުކޮށްދެއެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
MPL_Ads
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police 12 Sept

ރަސްމީ ފާލަން ހިމެނޭ ސަރަހައްދުން އުޅަނދުތައް ނަގަން އަންގައިފި

ބަނގުރާ ގެންގުޅެ، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1އިން ދެ މީހުން ހައްޔަރުކޮށްފި

ކޮލެޖު އޮފް ޕޮލިސިންގެ 2 ކޯހަކުން 54 ފުލުހުން ދަސްވެނިވެއްޖެ

ސައިބަރ ޑްރިލްއާއި، ސައިބަރ ކްރައިސިސް ޕްރޮގްރާމް ކުރިއަށް ގެންގޮސްފި