ތޫނު ހަތިޔާރު ބޭނުންކޮށްގެން ނުރައްކާތެރި މާރާމާރީއެއް ހިންގަން ރާވަމުންދާ ކަމުގެ ތުހުމަތުގައި 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، މި މީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 2 ވަނަ ދުވަހުގެ ރޭ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަނަކީ މާރާމާރީއެއް ހިންގަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ރައިވެރި ހިންގުމުގައި ހުންނަ ގެސްޓް ހައުސްއަކާއި އެ ސަރަހައްދު ބަލައި ފާސްކުރުމަށްފަހު ހިންގި އޮޕަރޭޝަނެކެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ. އޭގެ ތެރޭގައި ހިމެނެނީ:

އިޝްތިހާރު އިޝްތިހާރު

30 އަހަރުގެ ދެ މީހުން

23 އަހަރުގެ މީހަކު

21 އަހަރުގެ މީހަކު

34 އަހަރުގެ މީހަކު

32 އަހަރުގެ މީހަކު

ފުލުހުން ވިދާޅުވި ގޮތުގައި، މި އޮޕަރޭޝަނުގައި އެ ސަރަހައްދު ބަލައި ފާސްކުރިއިރު، އެ މީހުންގެ އަތުން ފަތްޖެހި ވަޅިއަކާއި 39,695 ދިވެހި ރުފިޔާ ވަނީ ފެނިފައެވެ.

މި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭގެ ތެރެއިން 4 މީހަކު 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި ބާކީ ތިބި 2 މީހުންނަށް ވަކި ޝަރުތުތަކެއް ކުރުމަށްފަހު ވަނީ ދޫކޮށްލާފައެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ. ސަރުކާރުން ދަނީ މާލެ ސަރަހައްދުގައި އަމާންކަން ގާއިމުކުރުމަށްޓަކައި ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.