ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުލުހުންގެ ހަގީގީ ކާމިޔާބީއަކީ ރައްޔިތުންގެ އިތުބާރާއި ހިނިތުންވުން: ޕޮލިސް ކޮމިޝަނަރު

Io
Maldivian_Ads
TTH_Ads
STO_Ads
Advertisement

ފުލުހުންގެ ހަގީގީ ކާމިޔާބީއަކީ ކޮނޑުގައި ޖަހާ ރޭންކެއް ނުވަތަ މެޑެއްޔެއް ނޫން ކަމަށާއި، އެއީ ކުށުގެ ނުރައްކަލުން ސަލާމަތްވުމުން ރައްޔިތެއްގެ މޫނުމަތިން ފެންނަ އުފާވެރި ހިނިތުންވުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ މިހެން ވިދާޅުވީ ފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ގޮތުން ބޭއްވި ފާސިންގ އައުޓް ޕެރޭޑްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ ލޭބަރ އެންޑް ޓެކްނޮލޮޖީ އަލީ އިހްސާނެވެ. ކޮމިޝަނަރ ވަނީ މިނިސްޓަރ ވަޑައިގެންދެއްވި ކަމަށްޓަކައި މުޅި މުއައްސަސާގެ ނަމުގައި ޝުކުރު ދަންނަވައިފައެވެ.

HajjCop_ads
Advertisement

ކޮމިޝަނަރ ވިދާޅުވީ ތަމްރީނުގެ ދުވަސްތަކުގައި ހޫނު އަވީގައާއި ފިނި ރޭގަނޑުތަކުގައި ދަސްކުރި އުކުޅުތަކާއި ހުނަރުތަކަކީ ފުލުހުންގެ ހަށިގަނޑުގައި ހިނގަންޖެހޭނެ ގައުމީ ލޭ ކަމުގައި ހަދަންޖެހޭނެ ކަމަށެވެ. “ތަމްރީނު މައިދާނުގައި އޮހޮރުވާލި ކޮންމެ ދާ ތިއްކަކީ މަގުމަތީގެ އަމާންކަމާއި ރައްޔިތުންގެ ހިތްހަމަޖެހުމަށްޓަކައި ވާންޖެހޭ ގުރުބާނީގެ ފެށުން” ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ޒުވާން އޮފިސަރުންގެ ހިތްތަކުގައި ބެހެއްޓުމަށް އެންމެ ބޭނުންފުޅުވާ ވާހަކައެއްގެ ގޮތުގައި ކޮމިޝަނަރ ފާހަގަކުރެއްވީ ނޫކުލައިގެ ޔުނީފޯމުގެ މާނައެވެ. “ތިޔަ ލައިގެން ތިބި ނޫކުލައިގެ ޔުނީފޯމަކީ ހަމައެކަނި ފޭރާމެއް ނޫން. އެއީ މަގުމަތީގެ ބިރުވެރިކަމާއި ނާމާންކަމުގެ ތެރެއިން ރައްޔިތުންނަށް ފެންނާނެ ސަލާމަތާއި ރައްކާތެރިކަމުގެ ސޫރަ” ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ކޮމިޝަނަރ ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ މާނައަކީ ހަމައެކަނި ގާނޫނު ތަންފީޒު ކުރުމެއް ނޫނެވެ. ފުލުހުންނަކީ މުޅި މުއައްސަސާގެ ލޯގަނޑު ކަމަށާއި ރައްޔިތުންގެ ތެރޭގައިވާ ހިތްތަކަށް އަމާންކަން ގެނެސްދޭނެ ފަރުވާއަކަށް ފުލުހުން ވާންޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޝަރަފާއި ކަރާމާތް ހިފެހެއްޓުމަކީ ކޮންމެ ފުލުހެއްގެ ބޮލުގައި އެޅިފައިވާ ވާޖިބެއް ކަމަށް ވިދާޅުވެ ﷲ ސުބްހާނަހޫ ވަތައާލާ ހިތާއި އަމަލުތައް މޮޅަށް ބައްލަވާ ވޮޑިގެންވާ ކަން އަބަދުމެ ހަނދާނުގައި ބެހެއްޓުމަށް ކޮމިޝަނަރ އިލްތިމާސް ކުރެއްވިއެވެ.

ކޮމިޝަނަރ ވަނީ، އަސާސީ ތަމްރީނުތައް ޒަމާނީ ފެންވަރަށް މަތީ ހަރުފަތަކަށް ގެންދިއުމަށް ފުލުހުންގެ ކޮލެޖުގެ އިސްވެރިންނާއި މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފައެވެ. ކޮމިޝަނަރގެ އެންމެ ބޮޑު އެދިވަޑައިގަތުމެއްގެ ގޮތުގައި ވިދާޅުވީ ކުރިއަށް އޮތް 43 ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހާ އެކު ޒަމާނީ ބަދަލުތައް އަމަލީ ގޮތުން ތަންފީޒުވާން ފެށުން ކަމަށެވެ. އަލަށް އެކުލަވައިލެވޭ މަންހަޖުގެ ދަށުން އަމަލީ މައިދާނުގައި ފެންވަރު ރަނގަޅު ނަމޫނާ އޮފިސަރުން ބިނާކުރުމަށް ހާއްސަ އިސްކަމެއް ދެއްވުމަށް ވެސް ކޮމިޝަނަރ އެދިވަޑައިގެންނެވިއެވެ.

ކޮމިޝަނަރ ވަނީ ފުލުހުންގެ 93 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގެ މަތިން ހުރިހާ މުވައްޒަފުން ހަނދާންކޮށްދެއްވައިފައެވެ. އެގޮތުން ތަމްރީނު މަރުކަޒުތައް ފެންވަރު ރަނގަޅު ޒަމާނީ ވަސީލަތްތަކުން ފުރިގެންވާ ތަންތަނަށް ބަދަލުވެގެންދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށާއި ޒަމާނީ ބަދަލުތަކާ އެކު ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ އިތުބާރާއި ގަދަރު ލިބިގެންވާ ތަނަކަށް ހައްދަވާނެ ކަމަށް ރައީސް ވިދާޅުވި ކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.

ވާހަކަފުޅު ނިންމަވައިލައްވަމުން ކޮމިޝަނަރ ވަނީ ފުލުހުންގެ ހިދުމަތް ތަރައްގީކޮށް ބޭނުންވާ ވަސީލަތްތައް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކޮށްދެއްވާ މަސައްކަތްޕުޅަށް ޝުކުރު ދަންނަވައިފައެވެ. އަދި ކޮލެޖުގެ ހިންގުންތެރި ވެރިންނާއި ކޯހުގެ މުދައްރިބުން ކުރެއްވި ބުރަ މަސައްކަތަށާއި ރޭދުވާލު ވަރުބަލިކަމެއް ނެތި ފެސިލިޓީ ކުރިއަށް ގެންދިއުމަށް ކޮށްދެއްވި މަސައްކަތަށް ވެސް ކޮމިޝަނަރ ޝުކުރާއި ސާބަސް ދެންނެވިއެވެ. މީގެ އިތުރުން ދަސްވެނިވި ހުރިހާ އޮފިސަރުންނަށާއި އެ އޮފިސަރުންގެ ބެލެނިވެރިންނަށް ތަހުނިޔާ އާއި މަރުހަބާ ވިދާޅުވިއެވެ.

MWSC_ads
MPL_Ads
Ads_MTCC
Advertisement
STO_Ads
Maldivian_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Police 12 Sept

ރަސްމީ ފާލަން ހިމެނޭ ސަރަހައްދުން އުޅަނދުތައް ނަގަން އަންގައިފި

ބަނގުރާ ގެންގުޅެ، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1އިން ދެ މީހުން ހައްޔަރުކޮށްފި

ކޮލެޖު އޮފް ޕޮލިސިންގެ 2 ކޯހަކުން 54 ފުލުހުން ދަސްވެނިވެއްޖެ

ސައިބަރ ޑްރިލްއާއި، ސައިބަރ ކްރައިސިސް ޕްރޮގްރާމް ކުރިއަށް ގެންގޮސްފި